Advertisement

ފޮޓޯ: ސީބީއެސް ނިއުސް

17 Aug 2023
ދުނިޔެ

ވިހެއުމުގެ ތެރޭގައި ކުއްޖާގެ ބޯ ބުރިވުމުގެ ސަބަބުން ޑޮކްޓަރު ވަޒީފާއިން ވަކިކޮށްފި

މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު ސަދާން ރީޖަނަލް މެޑިކަލް ސެންޓަރ ކިޔާ ޔޫއެސްގެ ކްލޭޓަން ކަންޓްރީގެ ހޮސްޕިޓަލެއްގައި އުފަންވުމުގެ ތެރޭގައި ކުއްޖާގެ ބޯ ވަކިވުމުން ވިއްސުމުގައި ބައިވެރިވި ޑޮކްޓަރާއި އޭނާއަށް އެހީވުމުގައި މަސައްކަތްކުރި ނަރުހުންތަކެއް ޝަރީޢަތަށް ހާޒިރުކޮށްފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ޑޮކްޓަރު މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މި މުވައްޒަފުންގެ އިތުރަށް ހޮސްޕިޓަލާ ދެކޮޅަށް ވެސް ކޯޓުގައި މައްސަލަތަކެއް އުފުލާފައި ވެއެވެ.

މި މައްސަލަ އުފުލާފައިވަނީ ކުއްޖާގެ މަންމައާއި ބައްޕައެވެ. މި މައްސަލަ އާއިލާއިން އުފުލަންޖެހިފައިވަނީ ކުއްޖާ މަރުވީމައެއް ނޫނެވެ. ނަމަވެސް ވިއްސުމުގެ ތެރެއިން ވެސް ކުއްޖާގެ މަންމަ ޖެސިކާއާ މެދު ޑޮކްޓަރ ޓްރޭސީ އަނިޔާވެރި ގޮތްގޮތަށް އަމަލުކޮށްފައި ވާތީއެވެ. ހަމައެއާއެކު މި ދިމާވި ހާދިސާ ފޮރުވުމަށް ޑޮކްޓަރު ވަނީ މަސައްކަތް ކޮށްފައެވެ. ޑޮކްޓަރުގެ އިތުރަަށް އޭނާއާއެކު މަސައްކަތް ކުރި ނަރުހުންތަކެއްވެސް މި އަމަލުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވިފައިވެއެވެ. 
ހޮސްޕިޓަލުން ކުއްޖާގެ ފުރާނަ ނެތް މަސްގަނޑު ނެރުނު އިރު ވެސް އާއިލާއަށް ކުއްޖާގެ ކަރު ވަކިވެފައިވާކަން ނޭނގޭކަމަށް އާއިލާއިން ފާހަގަކުރެއެވެ. އަދި މިކަން ހާމަވީ ޖަނާޒާގެ ކަންކަން ފެށި ފަހުން ކަމަށް އާއިލާއިން ބުނެއެވެ.

މި މައްސަލައާ ބެހޭ އިތުރު މައުލޫމާތު ކޯޓުން އަދި މީޑިއާތަކާ ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް އާއިލާއިން ތިބީ އިހުމާލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ އުންމީދުގައެވެ.

Advertisement

އިތުރު އާޓިކަލް
02 Oct 2023
ޚަބަރު
އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޔޮ ވެރިކަމެއް ކޮށްދެވުން: ރައީސް
ފާއިތުވި ފަސް އަހަރު ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށާއި އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
02 Oct 2023
ޚަބަރު
ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރ 11 ގައި ވެރިކަން ބަދަލުވާނެ: ރައީސް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ނޮވެމްބަރު 11 ވަނަ ދުވަހު ބަދަލުކުރުމަށް ޤާނޫނީ ހުރަހެއް ނެތްނަމަ އެގޮތަށް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
02 Oct 2023
ޚަބަރު
އިންތިހާބުގެ ދާއިމީ ނަތީޖާ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރާނެ: އީސީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ވަގުތީ ނަތީޖާ އަދި ޖުމްލަ ނަތީޖާ އިޢުލާންކޮށް މިހާރު ވަނީ ނިމިފައެވެ.
02 Oct 2023
ޚަބަރު
ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރީގެ ސީއެޗްއެސްއީ އިމާރާތައް
މާލެއިން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށްދާނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައިކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ. މި މަސައްކަތް މިހާތަނަށް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ސިންތެޓިކް ޓްރެކްގައެވެ.