Advertisement

ރައީސުލްޖުމްހޫރިއްޔާ ގޮއިދޫ ސްކޭޓްޕާކު ހުޅުއްވައި ދެއްވުން ---

21 Aug 2023
ޚަބަރު

ބ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރައީސް އިފްތިތާޙކޮށް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބ ގޮއިދޫ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އިފްތިތާހްކޮށްދެއްވައިިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެރަށުގައި މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިއަދު މާޅޮސްމަޑުލުގެ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ގޮއިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ގޮއިދޫގެ ފެނައި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ރައީސުލްޖުްހޫރިއްޔާ ވަނީ އެރަށުގައި ސަރުކާރުން ތަރައްޤީކުރެއްވި ސްކޭޓް ޕާކާއި، ވޮލީކޯޓު ހުޅުއްވައި ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވި، ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިންނެވެ. މިގޮތުން މި މަޝްރޫޢުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ގޮއިދޫގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ގޮއިދޫގައި ތަރައްޤީކޮށްފައިވާ ވޮލީކޯޓުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ޙަވާލުކޮށްގެނެވެ. އަދި، އެރަށުގައި ޤާއިމްކޮށްފައިވާ ސްކޭޓް ޕާކް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގާފައި ވަނީ ބްރަދަރސް މޯލް އިންނެވެ. ސްކޭޓް ކުރުމަކީ ގޮއިދޫގެ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ކުޅިވަރެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.