Advertisement

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބުދުﷲ--

21 Aug 2023
ޚަބަރު

އައްޝައިޚް އުޘްމާން ޢަބުދުﷲ އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ އަދި، ދީނީ ވަޢުޡުވިދާޅުވުމާއި ނަސޭޙަތްދެއްވުމުގައި ގިނަ ދުވަސްތަކަކު މަސައްކަތްކުރައްވާފައިވާ، މާފަންނު ރިހާބު، ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ ޢުމްރީ އަވަހާރަވެއްޖެއެވެ.

އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ރާއްޖޭގެ މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެމަނިކުފާނު އަވަހާރަވީ ރޭގެ ފަތިސްނަމާދު ވަގުތުގައި ގެކޮޅުގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ، 80 އަހަރެވެ.

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބުދުﷲ އަކީ، މެދުކެނޑުމެއްނެތި ދިވެހި ދައުލަތަށް 37 އަހަރަށްވުރެ ދިގުމުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޒަކާތާއި ބެހޭ ބައިގައެވެ.

މީގެ އިތުރުން އެމަނިކުފާނަކީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ރައްޔިތުންނަށް ދީނީ މަޢުލޫމާތާއި ފިޤުޙީ މައްސަލަތައް އޮޅުންފިލުއްވައި ދެއްވުމުގައިވެސް ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅެކެވެ.

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ ދިވެހި ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، 11 ނޮވެމްބަރު 2012 ގައި ސަރުކާރުން ވަނީ އެމަނިކުފާނަށް ޝަރަފްވެރިކަމުގެ ޤައުމީ އިނާމް އަރުވާފައެވެ.

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށް ފަހުގައި، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު)ގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.