Advertisement

ފޮޓޯ: ސޯސަލް މީޑިއާ

18 Aug 2023
ޚަބަރު

ހުޅުމާލޭގައި އާންމުންގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތައް ބަދަލުކޮށްފި

ހުޅުމާލޭގައި އާއްމުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި 10 ފަންގިފިލާއަށް ޢިމާރާތް ކުރެވޭގޮތަށް އާރބަންކޯއިން ޤަވާއިދަށް ބަދަލު ގެނެސްފިއެވެ. ހުޅުމާލޭގައި ޢާންމު ދިރިއުޅުމަށް މިހާތަނަށް ޢިމާރާތް ކުރުމުގެ ހުއްދަ އޮތީ ޓެރަހާއެކު 7 ފަންގިފިލާއަށެވެ. ނަމަވެސް އިމާރަތް ކުރުމުގެ ޤަވާއިދަށް ގެނައި ބަދަލާއެކު، ހުޅުމާލެއިން ގެދޮރުވެރިކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ގެތައް 10 ފަންގިފިލާއަށް ނުވަތަ 31 މީޓަރަށް ޢިމާރާތް ކުރެވޭނެކަމަށް އާރބަންކޯއިން ބުނެއެވެ.

ހުޅުމާލޭގައި ޢާންމުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ތަކުގައި ޢިމާރާތްކުރެވޭނެ އެންމެ އުސްމިނަށް ބަދަލު ގެނެސްފައިމިވަނީ، ހުޅުމާލެއާއި ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދިނުމަށް ނިންމާ ގޯތި ދޫކުރަން ފަށާފައިވާ ވަގުތެއްގައެވެ. 

އަލަށް އެކުލަވާލި ޤަވާއިދު ބުނާގޮތުން 15 މީޓަރަށްވުރެ އުސް ޢިމާރާތެއްގައިނަމަ ލިފްޓު ބެހެއްޓުން ލާޒިމްކުރެއެވެ. އަދި ލިފްޓްގެ މެޝިން ރޫމް އެންމެ އުސްވެގެން ބެހެއްޓޭނީ ޓެރަހުން ފެށިގެން ހަތަރު މީޓަރަށްކަމަށްވެސް ޤަވާއިދުގައި ބަޔާންކުރެއެވެ.

އައު ޤަވާއިދުގައި ވަނީ ޢިމާރާތުގައި ހުންނަ އެޕާޓޫމަންޓުގެ ޢަދަދަށްބަލައި ޕާކިން ޖާގަ ކަނޑައެޅުމަށްވެސް ލާޒިމްކޮށްފައެވެ. މިގޮތުން، މަދުވެގެން ދެ ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހޭނެކަމަށާއި، ކޮންމެ އެއް ކޮޓަރީގެ އެޕާޓްމަންޓް އަކަށް އެއް ސައިކަލު ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހޭނެ ކަމަށް އާރބަންކޯއިން ބުނެއެވެ.

 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.