Advertisement

ފޮޓޯ: އެމްޓީސީސީ

18 Aug 2023
ޚަބަރު

އާރުޓީއެލް ފެރީގެ ޚިދުމަތް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ފަށައިފި

އާރުޓީއެލް ފެރީގެ ޚިދުމަތް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ދެމުންގެންދަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.

އެންމެ ދެކުނުގަ އޮތް ޒޯން 6 ގައި ހިމެނޭ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި އެމްޓީސީސީން މިއަދު އާރުޓީއެލްގެ ހިދުމަތް ފަށާފައިވާއިރު ޒޯން 5ގައި ހިމެނޭ ގއ.އަދި ގދ.އަތޮޅާއި ޒޯން 6 ގައި ހިމެނޭ ފުވައްމުލައް ސިޓީއަށް ސީދާ ފެރީތައް ބޭއްވުމަށް ހައިވޭ ލިންކަކުންވަނީ ގުޅާލާފައެވެ. މިއާއެކު މިހާރު ގއ. އަތޮޅުން ފެށިގެން އައްޑޫއާއި ހަމައަށް އާރުޓީއެލް ފެރީގައި ދަތުރުކުރެވޭނެއެވެ.

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާނީ ޓެސްޓް ދަތުރުތަކެވެ. އެހެންކަމުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ކަސްޓަމަރުންނަށް ހިލޭ ދަތުރުކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ މައިގަނޑު ބޭނުމަކީ ކަސްޓަމަރުން ފެރީގެ ޝެޑިއުލަށް އަހުލުވެރިކުރުވާ، މި ޚިދުމަތް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލު ހޯދުމަށްކަމަށް އެމްޓީސީސީން ބުނެއެވެ. ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ފެރީގެ ޓިކެޓް ހޯދުމަށް ކޮންމެ ރަށެއްގެ ރައްޔިތުންވެސް ގުޅާނީ އެރަށެއްގެ ކައުންސިލް އިދާރާއަށްކަމަށް އެމްޓީސީސީން ބުނެއެވެ.

ފެރީގެ ރަސްމީ ދަތުރުތައް ފެށުމުން، ޓިކެޓު ގަތުމަށް ކަސްޓަމަރުން ބޭނުންކުރަންވާނީ، އެމްޓީސީސީގެ އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕެވެ. އެމްޓީސީސީން ބުނީ ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ދޭން ފެށިނަމަވެސް ޢުމުރުން 3 އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާގައި ރަޖިސްޓަރކޮށްފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފެރީގައި ހިލޭ ދަތުރުކުރެވޭނެކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.