Advertisement

21 Aug 2023
ޚަބަރު

މިއަދު ބޭނުންވަނީ ޤައުމު ދެކެ ލޯބިވާ، ޤައުމުގެ މައްސަލަތައް ހައްލުކޮށްދެވޭނެ މީހެއް - ޑރ ވަހީދު

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން، ވެރިކަމަށް ވާދަކުއްވާ ފަރާތްތަކުގެ ތެރެއިން ޤައުމު ދެކެ އެންމެ ލޯބިވާ، ޤައުމުގެ މައްސަލަތައް ހައްލުކޮށްދެވޭނެ މީހަކީ ގާސިމް އިބްރާހިމް ކަމަށް ކުރީގެ ރައީސް ޑރ ވަހީދު ވިދާޅުވެއްޖެއެވެ. ޑރ ވަހީދު މިހެން ވިދާޅުވެފައި ވަނީ އިންތިހާބާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ފަރާތުން ރަށްރަށަށް ކުރަމުން ގެންދާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ށ އަތޮޅު ފުނަދޫގައި ބޭއްވި ޖަލްސާއެއްގެ ތެރެއިންނެވެ.
ވަހީދު ވިދާޅުވެފައިވަނީ އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ހުންނެވި މަދު ދުވަސްކޮޅުގެ ތެރޭގައި ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭގެ މިހާރުގެ ހާލަތު ބަދަލުކޮށްލުމަށް އެންމެ އެކަށީގެންވަނީ ކާކުކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެ ބޭފުޅަކީ ޖޭޕީގެ ކެނޑިޑޭޓު ގާސިމް އިބްރާހިމްކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ. އަދި މިހާރު ކުރިމަތިލައްވާފައި ތިއްބެވި ކެނޑިޑޭޓުންނަށް ވިސްނާކަމަށް ވާނަމަ އެމްޑިޕީއާއި ޕީޕީއެމްގެ ފަރާތުން ނުކުންނަވާ ތިއްބެވި ކެނޑިޑޭޓުންނަކީ ނެތްބައެއް ކަމަށް ވިސްނެވުމަށް ވަހީދު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ. 
ވަހީދު މިހެން ވިދާޅުވެފައިވާ އިރު ޕީޕީއެމްގެ ޓިކެޓުގައި ވެރިކަމަށް ކުރިމަތިލެއްވުމަށް އެ ބޭފުޅާ ވިސްނެވިކަމަށާއި އަދި އެ މަގާނު އެ ބޭޅުއާއަށް ދެއްވާނެކަމަށް އުންމީދު ކުރެއްވިކަމަށް ވެސް މީގެ ކުރިން ޖަލްސާއެއްގައި އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރިޔާސީ ޓިކެޓު މުއިއްޒުއަށް ދޭން ނިންމި ހިސާބުން ފެނިގެންދިޔައީ، ޑރ ވަހީދު ޕީޕީއެމް ދޫކުރައްވާ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން މަންޒަރެވެ. އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ މީގެ ކުރިން ޑރ ވަހީދު ޕީޕީއެމަށް ތާއީދު ކުރެއްވީ ހަމަ ޙަޤީޤަތުގައި ވެސް ޕީޕީއެމްގެ ސިޔާސަތުތައް ހަރުދަނާ ވީމަބާއެވެ. ނުވަތަ ރިޔާސީ ޓިކެޓުގެ ބޭނުމުގަބާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.