ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
04 Sep 2023
ޚަބަރު
ގޮތް ނުނިންމާ ތިބި މީހުންވެސް އެމްޑީޕީއަށް ވޯޓުދޭން އަންނަނީ ނިންމަމުން: ރައީސް
ރިޔާސީ އިންތިހާބުގައި ވޯޓުލުމާ މެދު ވަކި ގޮތެއް ނުނިންމާ ތިބި މީހުން ވެސް އެމްޑީޕީއަށް ވޯޓު ދޭން މިހާރު ނިންމަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ހދ.ކުމުންދޫގައި ބޭއްވި ކެންޕެއިން ހަރަކާތެއްގައެވެ.
04 Sep 2023
ޚަބަރު
ހިޔާލު ތަފާތު މީހުންނާއިއެކުވެސް ވެރިކަން ކުރެވޭނެ ލީޑަރަކީ ރައީސް އިބޫ: ބިގޭ
ހިޔާލު ތަފާތު އެންމެން ގޮވައިގެން އަދިވެސް ވެރިކަން ކުރެއްވޭނެ ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރު, އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ. ބިގޭ މިހެން ވިދާޅުވީ، މެލޭޝިއާގައި އުޅޭ ދިވެހިންނާ އެކު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
03 Sep 2023
ކީއްވެ އިބޫ؟
ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކަށް އެކަން ކުރެވޭނެ މަގު މި ސަރުކާރުން އޮތީ ތަނަވަސްކޮށްދީފައި
03 Sep 2023
ޚަބަރު
މިލިޓަރީ މަސައްކަތް ކުރާކަށް ބޭރުގެ ސިފައިންނެއް ނެތް: ރައީސް
މިލިޓަރީ މަސައްކަތެއް ކުރުމަށް އެއްވެސް ޤައުމެއްގެ ސިފައިންނެއް ރާއްޖެއަކު ނެތްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ "ސަންގު ރިޔާސީ ބަހުސް" ގައި ވާހަކަދައްކަވަމުންނެވެ.
02 Sep 2023
ޚަބަރު
އަމިއްްލަ އެދުމުން ފުރިގެންވާ ބަޔަކު މަސައްކަތް ކުރަނީ އަނިޔާވެރިކަން އަލުން ގެނައުމަށްކަމުގައި ފައްޔާޒު ވިދާޅުވެއްޖެ
ނިސްޓަރ ފައްޔާޟް ވިދާޅުވީ، އެމަނިކުފާނަކީ ރުޅިގަދަ ބޭފުޅެއް ނޫންކަމަށާއި، އެހެން ނަމަވެސް ބައެއް ބޭފުޅުންނަށް އެހެން ހީވާކަމަށެވެ. އެހެން ނަމަވެސް ރުޅިއާދެވެނީ، އެމްޑީޕީއާއެކު ރައީސް ޔާމީނުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށް، އެކުގައި މަސައްކަތްކުރި ބަޔަކު، އަލުން އެއަނިޔާވެރިކަން އިޢާދަކުރުމަށް މަސައްކަތް ކުރާތީ ކަމަށެވެ.
02 Sep 2023
ޚަބަރު
އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރުމަށް މިދައުރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ގެއްލިދިޔަ ދެއަހަރެއްހާ ދުވަސް ނުހިމަނުއްވައި، މިދައުރުގެ ތެރޭގައި ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވުނު ކަމަށް ޤަބޫލު ކުރައްވާކަމަށެވެ. މިގޮތުން އަތޮޅުތަކުގެ ރަށްރަށުގެ ތަރައްޤީއަށް ކުރެއްވުނު މުހިއްމު ކަންކަމުގެ ތެރޭގައި ރަށްރަށުގައި ފެނާައި ނަރުދަމާގެ ނިޒާމްތައް ޤާއިމްކޮށްދެއްވުމާއި، ބަނދަރުތައް ހެދުމާއި ސްކޫލުތަަކަށް ބޭނުންވާ ކްލާސްރޫމްތަކާއި، މަލްޓިޕަރޕަސް ހޯލުތައް ބިނާކުރެއްވުމާއި، ރަށްރަށުގައި ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށް ކުރެއްވިފައިވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
02 Sep 2023
ޚަބަރު
ޕީޕީއެމްގެ އަނިޔާވެރި ވެރިކަން އަލުން އިޢާދަވާން އެއްވެސް ރައްޔިތަކު ދެން ބޭނުމެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، 2013އިން 2018އަށް ރައީސް ޔާމީން ކުރެއްވި، އަނިޔާވެރި ވެރިކަމާއި، އެވެރިކަމުގެ މުއްދަތުގައި، ގޭންގުމާރާމާރީތަކުގައި މަރާލެވުނު މީހުންނާއި، އަދި އެވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ކައުންސިލްތައް ގަނޑުކޮށް ސަސްޕެންޑްކޮށް އަދި ޝަރުއީދާއިރާގެ އެތައް ބޭފުޅުންނަކާއި، ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުން ޖަލަށްލައި ދިން އަނިޔާތަކުގެ ހަނދާން އައު ކުރައްވާފައެވެ.
02 Sep 2023
ޚަބަރު
މި ދައުރުގައި ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ހިލޭ ޑިގްރީ ޕްރޮގްރާމް: ރައީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ މި ދައުރުގައި ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ހިލޭ ޑިގްރީ ޕްރޮގްރާމްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
02 Sep 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން
ސަރުކާރުގެ ވިސްނުން ހުރީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަމުގެ މަގެއް ކޮށާދިނުމުގެ އިތުރުން ޒުވާން އެތައް ވިޔަފާރިވެރިން އުފެދި އަންހެނުންގެ ހުނަރުވެރި އުފެއްދުންތައް ބާޒާރަށް ގެނެވި ގައުމީ އިގްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަގު ތަނަވަސްކޮށްދިނުމެވެ. މިސަބަބަށްޓަކައި އެސް.އެމް.އީ ލޯނުގެ ވަކި ބައެއް ހާއްސަކުރެވިފައިވަނީ އަންހެނުންނާ، ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.
02 Sep 2023
ޚަބަރު
ދިވެހިންނާ ގާތް މިކޮށްދެނީ އުފާވެރި އަމާން ރާއްޖެއެއް: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުފާވެރި އަމާން ރާއްޖެ ހޯދުމަށް ހުރިހާ ފަރާތްތަކުން ބައިވެރިވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިސަރުކާރުން ގެނައުމަށް ތައްޔާރުވަމުންދާ ހެޔޮބަދަލުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލެއްވިއެވެ.
01 Sep 2023
ކީއްވެ އިބޫ؟
ރާއްޖެއިން ބޭރުގައި ހުއްޓަސް، ދިވެއްސަކަށް ވީތީ އެ ދުވަހު މިކީގެ އަތުން ދުލެއް ނުކުރި
ޒަމާން ބަދަލުވެ، ދުނިޔެ ތަހުޒީބުވަމުންދާ ބާރު މިނުގައި އަހަރެމެންގެ ބޭނުންތައް ވެސް އަންނަނީ ބަދަލުވަމުންނެވެ. އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި، މުހިންމު ކަންކަން ގިންތި ކުރުމުގައި ގެންގުޅޭ މިންގަނޑު ވެސް މިހާރު ބަދަލުވެއްޖެއެވެ. އެއީ އިނގިލި ކުރީގައި މިއޮތް ދުނިޔެ އެނބުރެމުންދާ ބާރު މިނުގައި، އަހަރެމެންގެ ދިރިއުޅުން ކުރިޔަށް ގެންދިއުމަށް ކޮންމެހެން އެކަން މިހާރު ކުރަންޖެހޭ ގޮތް ވެސް މެއެވެ.
31 Aug 2023
ޚަބަރު
ތިނަދޫ ސިޓީގެ ޒުވާނުންނަށް ހާއްސަ މާމުއި ޖަގަހަ ހުޅުވައިފި
ބުދަ ދުވަހުގެރޭ ސިޓީއެއްގެ ދަރަޖަ ދެވުނުކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ގދ. ތިނަދޫގެ ޒުވާނުންނަށް ހާއްސަ މާމުއި ޖަގަހަ ބުދަ ދުވަހުގެރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މި ޖަގަހަ ރަސްމީކޮށް ހުޅުވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީ. ގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި އެމް.ޑީ.އޭ. ގެ ލީޑަރ އަޙްމަދު ޝިޔާމް މުޙައްމަދެވެ.
31 Aug 2023
ޚަބަރު
ރާއްޖޭގެ މުސްތަޤްބަލަށް 17،000 އަށް ވުރެން ގިނަ ބްރިޖް ރައީސް އަޅުއްވައިފި: ހަނަފީ
ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް 17،000 ބްރިޖް އަޅުއްވާފައިވާކަމަށް އެމްޑީޕީގެ މެންބަރު އަދި ކޮންޓްރޮލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދަޅުވީ، ގދ. ތިނަދޫގައި އެމްޑީޕީއިން ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
31 Aug 2023
ޚަބަރު
ކާޑެއްދޫ އެއާޕޯޓް، އިންޓަރނޭޝަނަލް އެއާޕޯޓަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އުފާވެރި އަމާންރާއްޖެ ކެމްޕޭނުގެ ދަށުން، ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމަުންނެވެ. މިޖަލްސާގައި ތިނަދޫއަކީ ސިޓީއެއްގެގޮތުގައި ކަނޑައަޅުއްވާފައިވާ ކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއުލާނުކޮށްދެއްވާފައެވެ.
31 Aug 2023
ޚަބަރު
ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވައިފި
ގދ. ތިނަދޫއަކީ 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުން ފެށިގެން ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވާފައި ވަނީ އެމަނިކުފާނު ސޮއިލުރައްވައި، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނެރުއްވި ޤަރާރުންނެވެ.
31 Aug 2023
ޚަބަރު
އިމިގްރޭޝަންގެ އޮފީހެއް ގދ. ތިނަދޫގައި އިފްތިތާޙުކޮށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފި
މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހެއް ބުދަ ދުވަހު ގދ. ތިނަދޫގައި ހުޅުވައިފިއެވެ. މި އޮފީސް ރަސްމީކޮށް އިފްތިތާހު ކުރެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްއެވެ. އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތަޛާ މާރިޔާ އަހުމަދު ދީދީ އާއި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސައިން އާއި ދިވެހިރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާ ތަމްސީލު ކުރައްވާ ދެ މެމްބަރުންނާއި އަދި ތިނަދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.