Advertisement

ސިނަމާލެ ބުރިޖު --

06 Sep 2023
ޚަބަރު

މިދައުރުގެ ތެރޭގައި ކޮށްފައިވާ ހުރިހާ ޕާކިންގ ޖޫރިމަނާތަކެއް މަޢާފްކޮށްދެއްވުމަށް ރައީސް ނިންމަވައިފި

ޕާކިންގ ޖޫރިމަނާތައްވެފައިވާ މީހުން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ މަޢާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ސަރުކާރުގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޕާކިންގ ޖޫރިމަނާތައް މަޢާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، މާލޭގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަތައް ނެތްނަމަވެސް، ޕާކިން ސްޓިކާތައް ޖަހައި ޖޫރިމަނާކުރަމުންދާތީ، ރައްޔިތުން ކުރާ ޝަކުވާއަކީ ރައީސުލްޖުމްހޫރިއްޔާއަށްވެސް ޤަބޫލު ކުރެއްވޭ ޝަކުވާއަކަށްވާތީ ކަމަށެވެ.

ޕާކިން ޖޫރިމަނާގެ އިތުރު، ޓްރެފިކާއި ގުޅޭ އެހެނިހެން ޖޫރިމަނާތައްވެސް ވަކި އުސޫލެއްގެ ދަށުން މަޢާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމުގައިވެސް ސަރުކާރުން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ރައީސް ޔާމީނުގެ ސަރުކާރުންވެސް ވަނީ، ޓްރެފިކް ޖޫރިމަނާތައް މަޢާފްކޮށްދެއްވާފައެވެ.

ޕާކިންގ ޖޫރިމަނާއާ ލައިސަންސް ޖޫރިމަނާތައް ނުދެއްކި އެކަމުގެ ތަކުލީފު އުފުލަން އެންމެ ބޮޑަށް އުފުލަންޖެހިފައި ވަނީ ފުރާވަރުގެ ޒުވާނުންނަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.