Advertisement

04 Sep 2023
ޚަބަރު

ގޮތް ނުނިންމާ ތިބި މީހުންވެސް އެމްޑީޕީއަށް ވޯޓުދޭން އަންނަނީ ނިންމަމުން: ރައީސް

ރިޔާސީ އިންތިހާބުގައި ވޯޓުލުމާ މެދު ވަކި ގޮތެއް ނުނިންމާ ތިބި މީހުން ވެސް އެމްޑީޕީއަށް ވޯޓު ދޭން މިހާރު ނިންމަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ހދ.ކުމުންދޫގައި ބޭއްވި ކެންޕެއިން ހަރަކާތެއްގައެވެ.

ރައީސް ވިދާޅުވީ، ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން ފެނިވަޑައިގަންނަވަނީ ގިނަ ބަޔަކު އެމްޑީޕީއާ އެކު، އެއް ބުރުން އިންތިހާބު ނިންމަން ތައްޔާރަށް ތިބި ތަން ކަމަށެވެ.

ކުމުންދޫ އިން ރައީސް އަށް މަރުހަބާ ކިއުން

ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް ފެނިވަޑައިގަންނަވަނީ އެ މަންޒަރު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

"ދަތުރުކުރަމުން މި ދާއިރުގައި މިހާރު ފެންނަ ބަދަލެއް އަޅުގަނޑަށް އެބަ ހާމަވޭ. ކުރިން ބައެއް ރަށްރަށުގައި ވަކި ގޮތެެއް ނުނިންމާ ތިބި ބޭފުޅުން ގޮތް ނިންމަމުން ދާތަން. ބޮޑުކޮށް، ބޮޑުކޮށް ކޮންމެ ރަށަކުން އެބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެން މިކަން ނިންމަން އެއްބުރުން ހިފާފައި ތިބި ތަން އަޅުގަނޑަށް ފެންނަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކެންޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފޯޜީގައި ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން މިހާރުވެސް އެމަނިކުފާނު ވަނީ ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށައް ވަޑައިގެންފައެވެ.

ކެމްޕޭނުގައި ރަށްރަށަށް ވަޑައިގެން ރައީސް ގެންދަވަނީ އަންނަ ދައުރަށް އިންތިހާބުވެވަޑައިގެންފި ނަމަ، އެ ރަށަކަށް ކޮށްދެއްވާނެ ކަންތައްތައް ވިދާޅުވަމުންނެވެ. 

ކުމުންދޫގެ ދޮށީ އުމުރުގެ ބަޔަކު ރައީސްއަށް މަރުހަބާ ކިޔުމަށް ނިކުމެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.