ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
29 Sep 2023
ޚަބަރު
ގޯތި އަތުނުލާނަމޭ އިދިކޮޅުން ބުންޏަސް ގަބޫލުކުރާނީ ކިހިނެތް: ރައީސް
މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯތި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އަތުނުލާނެ ކަމަށް ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިޔަސް ހައުސިން މިނިސްޓަރަކަށް ހުންނަވައި މާލޭގެ ރައްޔިތުންނާ މެދު އަމަލުކޮށްފައިވާ ގޮތުން އެކަން ގަބޫލުނުކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
26 Sep 2023
ޚަބަރު
ރައީސްގެ ނިންމެވުމާއި އެއްގޮތައް ޓްރެފިކް ޖޫރިމަނާ މައާފްކުރަން އެދެން ހުޅުވާލައިފި
ޓްރެފިކް ގަވައިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ލުއިކޮށްދެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް އެ ޖޫރިމަނާތައް ލުއިކޮށްދިނުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ރައީސް ވަނީ ޕާކިން ސްޓިކާގެ ޖޫރިމަނާގެ ތެރެއިން މިދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތަށް ނުލިބި ހުރި ފައިސާ މައާފުކޮށްދެއްވުމަށް މިމަހުގެ 5 ވަނަ ދުވަހު ނިންމަވާފައެވެ.
24 Sep 2023
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
އުތުރު ތިލަފަޅުގައި ދިރިއުޅޭނީ ދިވެހިން: ރައީސް
އުތުރު ތިލަފަޅުގައި ދިރިއުޅޭނީ ދިވެހިންކަމަށާއި، ފްލެޓާއި ގޯތި ދިނުމަށް ސަރުކާރުން އަލަށް ހުޅުވާލާ ހައުސިން ސްކީމްގެ ދަށުން އުތުރު ތިލަފަޅުން ގޯތި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާން ކުރެއްވީ، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނާއި ގުޅުން ފާހަގަކުރުމަށް ރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
24 Sep 2023
ޚަބަރު
އަޅުގަނޑު ނިންމީ ހާލަތުގެ އަޅަކަށް ނުވެ، ރިފޯމްކޮށް އިސްލާޙުކުރާ އެޖެންޓަކަށް ވާން: އަމީން
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރެއްވި ޤާސިމް އިބްރާހިމްގެ ރަނިންމޭޓް އަމީން އިބްރާހިމް ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ނިންމަވައިފިއެވެ. އަމީން ރައީސް ސާލިހްއަށް ތާއީދުކުރާކަން ހާމަކުރެއްވީ ރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައެވެ.
24 Sep 2023
ޚަބަރު
ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަލުން ހޯއްދަވައިދެއްވީ ރައީސް ޞާލިހް: މިނިސްޓަރ ޝާހިދު
ެންމެ މުހިންމު ކަމަކަށް ފާހަގަކުރެއްވީ 2015 ވަނަ އަހަރު ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭނެ ގޮތަށް ރައީސް ޔާމީން ޤާނޫނަށް ގެންނެވި އިސްލާހާ ގުޅޭގޮތުންނެވެ. މިކަން ބަދަލުކުރީ 2019 ވަނަ އަހަރު ރައީސް ސާލިޙް އެވެ. މި އިސްލާހާއެކު ދިވެހި ރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭގޮތަށް ނުދެވޭނެއެވެ.
24 Sep 2023
ޚަބަރު
ވަޒީފާގައި ދެމިހުއްޓަސް 65 އަހަރުން ފެށިގެން އަސާސީ ޕެންޝަން ލިބޭނެ
ބުރާސްފަތި ދުވަހުގެރޭ ވެރިކަން ކުރާ އެމްޑީޕީއިން ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ، ދޮށީ އުމުރުގެ އެލަވަންސާއި އަދި ވަޒީފާއިން ރިޓަޔާކުރާ އުމުރާ ގުޅޭ އުއްމީދީ ނިންމެވުންތަކެއް ނިންމެވިކަން އިޢުލާން ކުރައްވާފައެވެ.
22 Sep 2023
ޚަބަރު
އަޅުގަނޑުމެން ވައުދުވަނީ ހިސާބު ޖަހައިގެން: އަމީރު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ހަފްތާއަކަށްވެފައިވާއިރު، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު އަންނަނީ ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވަމުންނެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ފަރުދީ ފުދުންތެރިކަމާ ގުޅުންހުރި ގިނަ ވަޢުދުތަކެއް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ވެސް މިވަނީ ވެފައެވެ.
22 Sep 2023
ޚަބަރު
ކަރަންޓް ކިތަންމެ ގިނައިން ބޭނުންކުރިއަސް ބިލް ބޮޑުނުވާގޮތަށް ރޭޓެއް ކަނޑައަޅާނަން: ރައީސް
ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ފީގެ ރޭޓު ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅައި ލުޔެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމްޑީޕީން މާވެޔޮ މަގު ހުވަދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
22 Sep 2023
ޚަބަރު
ޖުމްހޫރީ ޕާޓީގައި ހުންނެވި އިލްހާމް އަހްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވާ ކެމްޕެއިންގައި އެމްޑީޕީ ހުވަދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.
22 Sep 2023
ޚަބަރު
ޑޯ-ޓު-ޑޯ ގައި މާލޭގެ ވިޔަފާރި ވެރިއަކަށް އޭރު ކުރެވުނު ބިރުވެރި ތަޖުރިބާ
މާލޭގައި ހުންނަ ހުވަދޫ ޖަގަހައިގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވަމުން، އެ ދުވަހުގެ ޑޯ-ޓު-ޑޯ ހަރަކާތުގެ ތަޖުރިބާއެއް ޙިއްސާ ކުރެއްވެވިއެވެ. ރައީސްއާއި ޑޯ-ޓު-ޑޯ އިން ބައްދަލުވީ އެމް.ޑީ.ޕީ. އުފެއްދުމުގައި އިސްކޮށް އުޅުއްވި ވިޔަފާރިވެރިއަކާއެވެ.
21 Sep 2023
ޚަބަރު
ރިޔާޒް ރަޝީދު ރައީސް ސާލިހްއަށް ތާއީދުކުރަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަވަޑައިގަންނަވާ ރިޔާޒް ރަޝީދު ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ. އޭނާ ވިދާޅުވީ ރައީސް ޞާލިހަށް ތާއީދުކުރައްވަން ނިންމެވީ އެއީ މިވަގުތު އެންމެ ރަނގަޅު ގޮތްކަމަށް ފެނިވަޑައިގަންނަވާތީކަމަށެވެ.
20 Sep 2023
ޚަބަރު
މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދީ އުސޫލެއްގެ ދަށުން ސްޓޫޑަންޓް ލޯނު މާފުކޮށްދޭނަން: ރައީސް
ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށާއި އެކަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ރޭ ގަލޮޅުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
20 Sep 2023
ޚަބަރު
ވިނަރެސް އަދި އެމްޕީއެލް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ލުއިގޮތެއް ހަމަޖައްސަދޭނަން: ރައީސް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި އެމްޕީއެލް ޕްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ދައްކަންޖެހޭ އަގު ކުޑަކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމްޑީޕީން ގަލޮޅު ކަންމަތީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
19 Sep 2023
ޚަބަރު
ކައުންސިލްތަކުގެ މުވައްޒަފުންނަށް %35 އެލަވަންސް ދެއްވުމަށް ރައީސް ނިންމަވައިފި
މިއެލަވަންސް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ސަރުކާރުގެ ވުޒާރާތަކުގެ %35 އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް މިދިޔަ މެއި މަހުން ފެށިގެން އެއެލަވަންސް ހަމަޖެހިގެން ދިޔައިރު، މީގެތެރޭގައި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައިނުވާތީ މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރެއްވުމަށްފަހުއެވެ.
19 Sep 2023
ޚަބަރު
ކައުންސިލްތަކަށް މިނިސްޓްރީއެއް އުފެއްދުން ބިރުވެރި، ދެވޭނީ ފަހަތައް: ރައީސް
މިހާރަށް ވުރެ ބޮޑަށް ރަށްރަށުގެ ކައުންސިލްތައް ބާރުވެރިކުރުމަށް ޓަކައި ވަކިން ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަކީ "ވަރަށް ވަރަށް ބިރުވެރި" ވާހަކައެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
19 Sep 2023
ޚަބަރު
ދައުރު ނިމުމުގެ ކުރިން ނިޒާމީ ވޯޓެއް ނެގިދާނެ: ރައީސް
ރިޔާސީ އިންތިހާބަށްފަހު ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ހެންވޭރުގެ ބައެއް ގޭގެއަށް ކުރެއްވި ޒިޔާރަތަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުންނެވެ.