Advertisement

Photo: Andulla Hafeez

26 Sep 2023
ޚަބަރު

ރައީސްގެ ނިންމެވުމާއި އެއްގޮތައް ޓްރެފިކް ޖޫރިމަނާ މައާފްކުރަން އެދެން ހުޅުވާލައިފި

ޓްރެފިކް ގަވައިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ލުއިކޮށްދެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް އެ ޖޫރިމަނާތައް ލުއިކޮށްދިނުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް ވަނީ ޕާކިން ސްޓިކާގެ ޖޫރިމަނާގެ ތެރެއިން މިދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތަށް ނުލިބި ހުރި ފައިސާ މައާފުކޮށްދެއްވުމަށް މިމަހުގެ 5 ވަނަ ދުވަހު ނިންމަވާފައެވެ.

ޕާކިން ސްޓިކާގެ ޖޫރިމަނާ ފިޔަވައި ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ކޮށްފައިވާ އެހެނިހެން ޓްރެފިކް ޖޫރިމަނާތައް ވެސް، އެ ޖޫރިމަނާއެއްގެ ބާވަތަށް ބަލައި ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން މައާފުކޮށްދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ 17 ނޮވެމްބަރު 2018 އިން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދިނުމަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާކަމަށެވެ. މިނިސްޓްރީގެ އިއުލާނުގައި ބުނީ، ރައީސްގެ ނިންމެވުމާ އެއްގޮތަށް ޓްރެފިކް ޖޫރިމަނާ މައާފުކޮށްދިނުމަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 25އާ ހަމައަށް އޮންނާނެ ކަމަށެވެ. 

ރައީސްގެ ނިންމެވުމާ ގުޅިގެން މައާފުކޮށްދޭ ޓްރެފިކް ޖޫރިމަނާތަކަކީ:

- ލައިސަންސްއާ ގުޅޭ ޖޫރިމަނާތައް

- ގަވައިދާ ހިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ

- އުޅަނދުގައި ހުންނަން ޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުން ކުރުން

- ޓެކްސީއާ ގުޅޭ ގޮތުން ކޮށްފައިވާ ޖޫރިމަނާ

ޖޫރިމަނާ މައާފުކޮށްދިނުމަށް އެދެން ޖެހެނީ ސިމްސް ޕޯޓަލް މެދުވެރިކޮށެވެ. ޖޫރިިމަނާ މައާފުކޮށްދެނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ކުރިއަށް ގެންދާ 20 ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.