ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
17 Jul 2023
ޚަބަރު
މިހާތަނަށް ސަތާރަހާހަށް ވުރެން ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީ
ހަމައެކަނި ހިލޭ ޑިގްރީއަށް ބަލާލިޔަސް, ދެމެހެއްޓެނިވި ތަރައްގީއަށް މި ސަރުކާރުން ކުރާ މަސައްކަތް ފެނިވަޑައިގަންނަވާނެކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެގޮތުން މިހާތަނަށް 17،858 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަން ފަށާފައިވާކަމަށާއި, އެތަނުން 6,540 ދަރިވަރުން މިހާރު މި މަރުހަލާ ނިމިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
12 Jul 2023
ވިދާޅުވި
"ވަންގަވް" އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު
"މިއަދު މި ތަޢާރުފްކުރާ "ވަންގަވް" އަކީ، ޑިޖިޓަލް ސަރުކާރެއްގެ ފެށުން. މި ސަރުކާރުގެ އެންމެ ޚާއްޞަ ސިފަޔަކީ، ދިވެހި ސަރުކާރުގެ ފަރާތުން އެ މީހަކު ހޯދަން ބޭނުންވާ ޚިދުމަތެއް، އެ މީހަކު ހުރި ތަނަކުން އެ މީހެއްގެ އިނިގިލިކުރިއަށް ތިލަވެގެން އައުން. ރާއްޖެ ކަހަލަ ގިނަ އަތޮޅުތަކެއްގެ އަދި އެއަށްވުރެ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ރާއްޖެއަކަށް ޑިޖިޓަލް ސަރުކާރެއްގެ މުހިންމުކަން ވަރަށްބޮޑު."
03 Jul 2023
ވިދާޅުވި
ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވުން
ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކަށް އަންނަމަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
22 Jun 2023
ވިދާޅުވި
ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި އެޖަމުޢިއްޔާގެ 13 ވަނަ އަހަރީ ޖަލްސާ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ ފަންނުތައް ދިރުވައި އާލާކުރުމަކީ، ދިވެހި ޤައުމިއްޔަތު ނެގެހެއްޓުމުގެ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ދިވެހި ބަސް ދިރުވައި އާލާކުރުމާއި އަދަބީ ދާއިރާތަކުން، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކުރައްވާ އަގުހުރި މަސައްކަތްތައް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމް ދީނުގެ ހިދާޔަތަށް ފަހުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ ދިވެހިންގެ މާދަރީ ބަސްކަން ފާހަގަކުރައްވައި ދިވެހިންގެ އަމިއްލަ ޅެންވެރިކަމާއި ލިޔުންތެރިކަމާއި އަދި ވަކި ފަންނެއްގެ ގޮތުގައި ވާހަކަ ދެއްކުންތެރިކަމާއި ބަހުސްކުރުން ފަދަ ދިވެންނަށް ލިބިފައިވާ އަދަބިއްޔާތުގެ މުއްސަނދިކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
29 May 2023
ވިދާޅުވި
ފ. މަގޫދޫގައި ބޭއްވި ޙާއްސަ ރަސްމިއްޔާތު
ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި، އަޅުގަނޑުމެން ތަރައްޤީ ގެންނަ ވާހަކަ މި ދައްކަނީ، އެ ރަށް ރަށުގައިވެސް އުޅެނީ ދިވެހި ރައްޔިތުން ކަމަށްވާތީ، އެ މީހަކު އުޅޭ ތަނެއްގެ ސަބަބުން، އެ މީހެއްގެ ވިސްނުން ހުރި ގޮތެއްގެ ސަބަބުން އެ މީހަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެގެނެއް ނުވާނެ.
28 May 2023
ވިދާޅުވި
ދަރަނބޫދޫ ބަނދަރު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތު
ރައްޔިތުން ސަރުކާރެއް ހޮވަނީ، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ހޯދައިދޭން. އަޅުގަނޑުމެންގެ އެ ދުވަހުގެ އަމާޒަކީ، ވަޢުދަކީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި، އެއީ ދިރިއުޅޭ ރަށެއް، އަދި އެ މީހެއްގެ ފިކުރު ހުރިގޮތް ބެލުމެއްނެތި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން.
01 May 2023
ޚަބަރު
މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި އިންސާނީ ޙައްގުތައް ފުރިހަމައަށް ލިބިދިނުމަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށާއި، އެމީހުންގެ އިންސާނީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވައިފިއެވެ.
30 Apr 2023
ޚަބަރު
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.