Advertisement

01 May 2023
ޚަބަރު
މިފްތާޙް މުޙައްމަދު

މަސައްކަތްތެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ އިލްތިމާސެއް

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށާއި، އެމީހުންގެ އިންސާނީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވައިފިއެވެ. އެމަނިކުފާނު ފާހަގަ ކުރެއްވިގޮތުގައި ބައިނަލްއަގްވާމީ ގޮތުން މަސައްކަތްތެރިންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ, މުޖުތަމަޢުގެ ކުރިއެރުމާއި ޤައުމުތަކުގެ ތަރައްޤީގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރުމާއި, ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި ޤައުމުތަކުގެ ޤާނޫނުއަސާސީތަކާއި ޤާނޫނުތަކުން މަސައްކަތްތެރިންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ބާރުއެޅުމާއި, މަސައްކަތްތެރިންގެ ވަޒީފާގެ މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި އަދި މަސައްކަތްތެރިންގެ ޙައްޤު އުޖޫރަ ލިބިދިނުމަށް މަސައްކަތް ކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މި ފާއިތުވި ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހު، މަސައްކަތްތެރިންގެ ޙައްޤުގައި، ދިވެހި ސަރުކާރުގެ ފަރާތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ވިހެއުމާ ގުޅިގެން ކޮންމެ މަންމައަކަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް ސަރުކާރުން، ހަމަޖެއްސަވާފައިވުމާއި މިނިމަމް ވޭޖް ކަނޑައެޅުއްވުމާއި އަދި ސާވިސް ޗާޖްގެ ފައިދާ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ޤާނޫނަށް ގެންނެވި ބަދަލު އެމަނިކުފާނު ފާހަގަކުރެއްވިއެވެ

މީގެ އިތުރުން ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެއްކަން ވެސް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ޕްރައިވެޓް ސެކްޓާގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި، އެމީހުންނަށް ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކަށް ފުރިހަމައަށް ލިބިދިނުމަށް ވެސް އިލްތިމާސް ކުރައްވާފައިވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވީ, ޕްރައިވެޓް ސެކްޓަރގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ޙައްޤުތައް ވެސް، އެމީހުންގެ އިންސާނީ ކަރާމާތާއި، ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން ލިބިދިނުމަށާއި, ވަޒީފާ އަދާކުރާ އެންމެހައި މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެ މީހުންގެ އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި، އެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.