ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
29 Aug 2023
ޚަބަރު
ލ. އަތޮޅުގައި މިއަހަރު އާރުޓީއެލްގެ ހިދުމަތް ފަށާނަން: ރައީސް
ލ.އަތޮޅުގައި މިއަހަރު ނިމުމުގެ ކުރިން އާރުޓީއެލްގެ ޚިދުމަތް ފަށާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ.އަތޮޅަށް މިހާރު ކުރައްވަމުންގެންދާ ދަތުރުފުޅުގައި ލ. މާބައިދޫގައި ވާހަކަފުޅުދައްކަވަމުންނެވެ.
28 Aug 2023
ޚަބަރު
ރައީސްގެ ވައުދުފުޅާއި އެއްގޮތައް ބިންކަނޑައި ރޯނު ދަމައި ގޯތީގެ ރަޖިސްޓްރީ ހަވާލުކުަރަން ފަށައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވައުދުފުޅާއި އެއްގޮތައް މާލޭގެ ރައްޔިތުންނަށް ބިން ކަނޑައި ރޯނު ދަމައި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފަށައިފިއެވެ. ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފަށާފައިވަނީ އިއްޔެއެވެ.
27 Aug 2023
ޚަބަރު
ކޮޅުމަޑުލާއި ހައްދުންމައްޗަށް ކުރައްވާ ކެމްޕެން ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ފައްޓަވައިފި
27 Aug 2023
ޚަބަރު
ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ: މާރިޔާ
ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މި ބަހުސަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް އާއި ޤައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ބަހުސެކެވެ. މި ބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެނޑިޑޭޓުންނަށް ވަނީ އަރުވާފައެވެ.
27 Aug 2023
ޚަބަރު
ހުވަދޫގެ ދުލުން ތަރުހީބުގެ ތަރާނާ
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް މުޅި ރާއްޖެއަށް ގެނައި ތަރައްޤީ ފެނި, އެކަން ތަޖުރިބާ ކުރަމުންދާ ރައްޔިތެއްގެ ހައިސިއްޔަތުން, އެ މަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ދިވެހިރާއްޖެއަށް ބޭނުންޖެހިފައިވާ މިންވަރު ހާމަކޮށްދީ, ހުވަދޫއިން ރައީސަށް އޮތް ތަރުހީބު ބަރުތީލަކޮށްލަދޭ މާނަ ފުން ލަވައެއް ސޯޝަލް މީޑިއާގައި އާންމުކޮށްފިއެވެ.
27 Aug 2023
ޚަބަރު
ޓޫރިޒަމް މިނިސްޓަރ ޑރ ޢަބުދުﷲ މަޢުސޫމް އެމްޑީޕީއަށް ސޮއެކުރައްވައިފި
ޑރ މަޢުސޫމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ދެވަނަ ދައުަރަކަށް ކުރިމަތިލައްވާނެކަން އިޢުލާނުކުރެއްވުމާއި އެކު، އެކަމަށް ތާއީދު ކުރައްވާކަން އެންމެ ފުރަތަމަ ހާމަކުރެއްވި ޖުމްހޫރީޕާޓީގެ އިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
26 Aug 2023
ޚަބަރު
ތޮއްޑޫ ދާއިރާގެ މެމްބަރު އެމްޑީޕީއަށް ސޮއެކުރައްވައި ކެމްޕޭނަށް ނުކުންނަވައިފި
ރައީސް ނަޝީދަށް ކުރެއްވި ތާއީދު ދޫކޮށްލައްވައި، އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށްފަހު، ޝިޔާން ވިދާޅުވީ، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، އެއީ ދާއިރާގެ ރައްޔިތުންނާއި އަދި މުޅިރާއްޖޭގ ގިނަ ދިވެހި ރައްޔިތުންގެ ވިންދުވެސް ހުރިގޮތަކީ އެއީ ކަމަށްވާތީއެވެ. މީގެ އިތުރުން ތޮއްޑޫދާއިރާ ސާފު ބޮޑު އަޣުަލަބިއްޔަތާއި އެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމުގައިވެސް ޝިޔާން ވަނީ ވިދާޅުވެފައެވެ.
24 Aug 2023
ޚަބަރު
މިއީ ދެވަނަ ބުރެއްނެތި އަނެއްކާވެސް އެމްޑީޕީން ވެރިކަމަށް އަންނާނޭ ފަހަރު: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ އުފާވެރިއަމާން ރާއްޖެ ކެމްޕޭނުގައި، އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ އިޤުތިޞާދީ ސިޔާސަތުތައް ޙާމަކުރުމަށް، "ޒަމާނަކުން އައި ޒަމާނެކޭ"ގެ ނަމުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
24 Aug 2023
ޚަބަރު
އިޤުތިޞާދީ ބޮޑު ބަދަލުގެ ސިޔާސަތުތައް ހާމަކޮށްފި
މެނިފެސްޓޯގެ އިޤުތިޞާދީ ސިޔާސަތުތައް ހާމަކުރީ، އުފާވެރި އަމާންރާއްޖެ ކެމްޕެއިންގެ ދަށުން، މިރޭ "ޒަމާނަކުން އައި ޒަމާނޭ"ގެ ނަމުގައި ބޭއްވި ހަފްލާގައެވެ.
24 Aug 2023
ޚަބަރު
ދުވާފަރަށް އެއަރޕޯޓެއްގެ ފެހި ސިގްނަލް ރައީސް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ 2 ވަނަ ދައުރެއްގައި ދުވާފަރަށް ކޮށްދެއްވާނެ ގިނަ ކަންތައްތައް އެމަނިކުފާނު އިއުލާންކުރައްވައިފިއެވެ. މިއާއިއެކު ޖަލްސާގައި ބައިވެރިވި ދުވާފަރު ރައްޔިތުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
23 Aug 2023
ކީއްވެ އިބޫ؟
މިއީ އަންހެނުން ބާރުވެރި ކުރުމަށް އެންމެ ގިނަ މަސައްކަތްކުރި ސަރުކާރު: ރޮޒައިނާ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރަކީ އަންހެނުން ބާރުވެރި ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު ސަރުކާރު ކަމުގައި އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. މެންބަރު ރޮޒައިނާ މިހެން ވިދާޅުވީ "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ރައީސް ޞާލިޙްގެ މި ދައުރުގައި އަންހެނުން ބާރުވެރި ކުރުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުންނެވެ.
23 Aug 2023
ޚަބަރު
ކައުންސިލްތަކުގެ މާލީ އެހީ އިތުރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ލޯކަލް ކައުންސިލްތަކަށްދޭ މާލީ އެހީ އިތުރު ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިިއަދު ވިދާޅުވެއްޖެ އެވެ.
23 Aug 2023
ޚަބަރު
ދަރަވަންދޫ އަދި ކުޑަރިކިލުގައި ސަރުކާރުން ހިންގި ގިނަ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ، ދަރަވަންދޫ އަދި ކުޑަރިކިލުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.
22 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން
ގުދުރަތީގޮތުން ރާއްޖެއަށް ލިބިފައިވާ އެންމެ މުހިއްމު އެއް ނިއުމަތަކީ ރާއްޖޭގެ ގުދުރަތީ ފެން ފަށަލައެވެ. އެހެންނަމަވެސް އާބާދީ އިތުރުވުމާއި، ރަށުގެ ހުރިހާ ގޭބިސީއެއްގައި ފެންނަގާ ވަޅުގައި ޕަމްޕް ބަހައްޓައިގެން ފެން ނެގުމާއި، ދަނޑުވެރިކަމުގެ ބޭނުމުގައި ބިމަށް ވިހަ މާއްދާތައް ދޫކުރުމާއި، ރައްކާތެރި ނަރުދަމާގެ ނިޒާމެއް ނެތުމާއި، މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑުގެ އަސަރު ކުރާ މިންވަރު އިތުރުވުމުގެ ސަބަބުން މި ގުދުރަތީ ފެންފަށަލަ ވަނީ ވަރަށް ގިނަ ރަށްރަށުގައި ތަޣައްޔަރުވެފައެވެ.
22 Aug 2023
ވިދާޅުވި
އަންނަ އަހަރު ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
22 Aug 2023
ޚަބަރު
އަންނަ އަހަރު ސަރުކާރު ހުރިހާ މުވައްޒަުންގެ މުސާރަ ބޮޑުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މިއަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް %40 މުސާރަ ބޮޑުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ބ. ތުޅާދޫއަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.