Advertisement

31 Aug 2023
ޚަބަރު

އިމިގްރޭޝަންގެ އޮފީހެއް ގދ. ތިނަދޫގައި އިފްތިތާޙުކޮށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހެއް ބުދަ ދުވަހު ގދ. ތިނަދޫގައި ހުޅުވައިފިއެވެ. މި އޮފީސް ރަސްމީކޮށް އިފްތިތާހު ކުރެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްއެވެ. އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތަޛާ މާރިޔާ އަހުމަދު ދީދީ އާއި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސައިން އާއި ދިވެހިރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާ ތަމްސީލު ކުރައްވާ ދެ މެމްބަރުންނާއި އަދި ތިނަދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ގދ. ތިނަދޫއިން އެންމެ ފުރަތަމަ ޕާސްޕޯޓު ދޫކުރެވުނު ފަރާތަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ފިލައެއް އަރުއްވާފައެވެ. މި ހަނދާނީ ފިލާ އަރުވާފައިވަނީ ގދ. ތިނަދޫ, އޭޖް, އަލްފާޟިލާ އާތިފާ ޤާސިމް އަށެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުން، އެ އިދާރާގެ އޮފީސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވައި، ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ އެ އިދާރާގެ އިސްތިރާޖީ ޕްލޭންގައި އެކުލެވިފައިވާ މުހިންމު އެއްކަމެވެ. އަދި މިހާތަނަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހއ، ހދ، ޏ އަދި އައްޑު އަތޮޅެއްގައި ލިބެމުން ދާއިރު، ހުވަދޫ އަތޮޅުގައި މި ޚިދުމަތް ފެށުން ވެގެން ދާނީ މުޅި ހުވަދޫ އަތޮޅަށް ވެސް އޭގެ ފައިދާ ކުރާނެކަމަކަށެވެ. ހުވަދޫ އަތޮޅަކީ މާލެއާ ދުރުވެފައި، ދަތުރުކުރުމަށް ފުދޭވަރެއްގެ ހޭދައެއް ކުރަންޖެހޭ އަތޮޅެއް ކަމުގައި ވުމުން، މިފަދަ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ދޭން ފެށުމަކީ އެފަރާތްތަކުން އުފުލަންޖެހޭ ތަކުލީފުތަކަށް ލުޔެއް ލިބިގެންދާނެ ކަމެކެވެ

މީގެ އިތުރުން, ބުދަ ދުވަހުގެ ރޭ ތިނަދޫގައި ބޭއްވި އެމް.ޑީ.ޕީ. ގެ ކެމްޕެއިން ޖަލްސާގައި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ޙުސެއިން (ހަނަފީ) ހާމަކުރެއްވި ގޮތުގައި, ތިނަދޫގައި އިމިގްރޭޝަންގެ އިމާރާތެއް ޤާއިމްކޮށް, މާލެ ފިޔަވާ ދެވަނަ އަށް ޕާސްޕޯޓު ޑިސްޓްރިބިއުޝަން ސެންޓަރަކަށް ހެދުމަށް ބޭނުންވަނީ ތިނަދޫ އިމިގްރޭޝަން އޮފީސް ކަމުގައި ފާހަގަ ކުރެއްވިއެވެ.

ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އެދި މިހާރު ހުށަހެޅެނީ، އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް 'އިމުގާ' މެދުވެރިކޮށެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓާއި ހަވާލުވުމަށް މިހާރު ގދ. ތިނަދޫ އިމިގްރޭޝަން އޮފީސް އިޙްތިޔާރު ކުރެވޭނެކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ

އިމިގްރޭޝަނުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އަޅުގަނޑުމެންގެ އަމާޒަކީ އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒީކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.