ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
11 Nov 2023
ޚަބަރު
ރައީސްގެ ވާހަކަފުޅަށް މައުމޫނު ފާޑު ވިދާޅުވެއްޖެ
ރައީސް ޞާލިޙްގެ ވާހަކަފުޅަށް ފާޑު ވިދާޅުވެ، ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމުގައި ނުހަނު އިޙްތިރާމާއި އެކުގައި ދަންނަވާ ކަމަށެވެ.
11 Nov 2023
ޚަބަރު
އަމިއްލަ ފުދުންތެރިކަން ނެތި، އަމިއްލަވަންތަކަމެއް ނުދެމެހެއްޓޭނެ: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި ރާއްޖެގެ އިޤުތިޞާދު ރަނގަޅު ކުރެއްވުމަށާއި، ކޯވިޑް-19 މެނޭޖު ކުރުމުގައި ކުރެވުނު މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
11 Nov 2023
ޚަބަރު
ގައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަކީ އެންމެ ބޮޑު ހިތްހަމަޖެހުން: ރައީސް
ފާއިތުވި ފަސް އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާ ސުލްހަ މަސަލަސްކަމަކީ ލިބުނު އެންމެ ބޮޑު ކުރިއެރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.
08 Nov 2023
ޚަބަރު
ފެހުރިހީގެ ހިމާޔަތް ތިމާވެއްޓާއި ބެހޭ ޤާނޫނުގެ ދަށަށް
މިގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ފަހު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
08 Nov 2023
ޚަބަރު
ސަގާފީ އަދި އާސާރީ ތަކެތި ރައްކާތެރި ކުރުމާއި ގުޅޭ މުހިއްމު މުއާހަދާއެއްގައި ސޮއެކުރެއްވުމަށް ނިންމަަވައިފި
"ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިންގ އެންޑް ޕްރިވެންޓިންގ ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓް އެންޑް ޓްރާންސްފަރ އޮފް ކަލްޗަރަލް ޕްރޮޕަރޓީ" މުޢާހަދާގައި ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
05 Nov 2023
ޚަބަރު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނައި އިސްލާޙް ރައީސް ތަސްދީޤު ކުރައްވައިފި
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި، އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން، އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
05 Nov 2023
ޚަބަރު
އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނަށް ގެނައި އިސްލާޙް ރައީސް ތަސްދީޤު ކުރައްވައިފި
މިބިލަކީ، 2023 އޮކްޓޫބަރ 16 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.
31 Oct 2023
ޚަބަރު
ހުކުރު މިސްކިތާއި ވަށައިގެންވާ ސަރަހައްދު ކަލްޗަރަލް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ރައީސްނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
16 Oct 2023
ޚަބަރު
އުޅުންތަކާއި ގުޅުންތައް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިފެހެއްޓުމުގެ ޢަޒުމް އާކުރުމަށް ރައީސް ގޮވާލައްވައިފި
އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ދިވެހިންގެ ކުރިއެރުމާއި ތަރައްޤީއަށް ލިބޭ އެންމެ ވަރުގަދަ ހަކަތައަކީވެސް، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި ސުލްޙަވެރިކަން ކަމަށާއި، އެކަން ބިނާވެފައި ވަނީ، ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހަރުލައްވައި، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަކީ، ދިވެހި އުންމަތުގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި، ކޮްންމެ މީހެއްގެ ކޮނޑުގައިވެސް އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
16 Oct 2023
ޚަބަރު
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކަށް އިންސާފުހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މާތްވެގެންވާ އިސްލާމް ދީނާ ގުޅިފައިވާ މިފަދަ އުފާވެރި ދުވަހެއް އަޅުގަނޑުމެން ފާހަގަކުރާއިރު، އިސްލާމީ އުންމަތުގެ އެތައް މިލިޔަން އަޚުންނާއި އުޚުތުންނެއް، ޣައިރު މުސްލިމުންގެ އަނިޔާވެރި ޙަމަލާތަކުގައި ޝަހީދުވެ އަދި ޒަޚަމްވަމުންދާކަމީ، މުޅި އިސްލާމީ އުންމަތަށް ލިބޭ ނުހަނު ބޮޑު ހިތާމައެކެވެ. އަދި ޒަޔަނިސްޓު ޔަހޫދީން ފަލަސްޠީނުގެ ބިމަށް ވެރިވެގަނެ، ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށް، އެ ބިމުގައިވާ މުސްލިމުންގެ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑަމުން ދިޔުމަކީ، އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ނުހަނު ތޫނު ޚަންޖަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަ ކުރައްވާފައެވެ.
11 Oct 2023
ޚަބަރު
އެއްވެސް މަޝްރޫއެއް ހުއްޓާކަށް ނާންގަން: ޑރ. މުއިއްޒު
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެއްވެސް ރަށެއްގައި ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނުވަތަ މަޑުޖައްސާލަން ބުނެފައި ނުވާނެކަމަށް، އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
11 Oct 2023
ޚަބަރު
ޕާކިސްތާނަށް ކަނޑައަޅާ ސަފީރަކަށް ނަޖީހާ، ރުހުން ހޯދަން ފޮނުވައިފި
ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ އައު ސަފީރަކަށް ހ.ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. ނަޖީޙާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ އިއްޔެއެވެ.
10 Oct 2023
ޚަބަރު
ޔޫއޭއީ އަދި ބަނގްލަދޭޝްއަށް ސަފީރުން އައްޔަންކުރަން ރުހުން ހޯދަން ހުށައަޅައިފި
ދިވެހިރާއްޖެ އިން އެކުވެރި އަރަބި އިމާރާތާއި ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށައަޅައިފިއެވެ.
07 Oct 2023
ޚަބަރު
އިދާރާތަކަށް ރައީސް އެންގެވީ އިންތިހާބީ ރައީސް ބޭނުންވާނެ މައުލޫމާތުތައް އެއްކުރުމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ދެންނެވުމެއްގައި ވަނީ، ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަޤާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތްތަކެއް ކުރަންވަން އަންގާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ފަރާތްތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ނުވަތަ މަސައްކަތްތަކުގެ ސްޓޭޓަސް އެނގޭނޭ ލިޔުންތައް ތައްޔާރުކުރުމަށް ވަނީ އަންގަވާފައެވެ.
05 Oct 2023
ޚަބަރު
ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރީތި މިސާލެއް: އީސީ
ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގެ ނަތީޖާ ގަބޫލުފުޅު ކުރައްވައި އެކަން އިއުލާން ކުރެއްވި ކަމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރެއްވުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް އަމާން ކަމާއި އޮމާންކަމާއިއެކު ނިމިގެން ދިޔަކަމީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.
04 Oct 2023
ޚަބަރު
ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް، ނިޒާމު އެގޮތުގައި ބޭއްވުމަށް މަސައްކަތް ކުރާނަން: ރައީސް
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ބޭއްވުމަށް، ޢަމަލީގޮތުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރާއި ގުޅިގެން އެމްޑީޕީން ގޮތެއް ނިންމުމަށް ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.