Advertisement

މަހިބަދޫ. ފޮޓޯ: ސޯޝަލް މީޑިއާ

16 Nov 2023
ޚަބަރު

މާފަރުފަޅު ހިއްކާ މަހިބަދޫ ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދެއްވަނީ

އަރިއަތޮޅު ދެކުނުބުރި މަހިބަދޫ ކައިރީގައި އޮތް މާފަރުފަޅު ހިއްކާ، މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި އެތަން ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވައިފިއެވެ.

ރައީސް ޞާލިޙު މިގޮތަށް ކަނޑައެޅުއްވީ މަހިބަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކާއެވެ.

އދ. މަހިބަދުއަކީ އެ އަތޮޅުގައި އޮންނަ އެންމެ އާބާދީ ބޮޑު އެއްރަށެވެ. ރަށުގެ އާބާދީ 2000 އިން މައްޗަށް އަރާއިރު، ރަށުގެ ބޮޑުމިނަކީ 22.3 ހެކްޓަރެވެ.

ޢުމްރާނީ ތަރައްޤީގެގޮތުން ބަލާއިރު މިއީ މި އަތޮޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ރަށުގެ ބިން މިހާރު ވަނީ އެއްކޮށް ފުރިފައެވެ. ދިރުއުޅުމަށް ގޯތި ދޫކުރާނެ ބިމެއް އަދި ސިނާޢީ މަސައްކަތްތަކާއި އެނޫންވެސް އިޤްތިޞާދީ އެކިއެކި މަސައްކަތްތަކަށް ދޫކުރާނެ ބިމެއްވެސް ރަށަކު ނެތެވެ. އެހެންކަމުން މާފަރުފަޅު ހިއްކާ، މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި އެތަން ތަރައްޤީކުރުމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު އުފަލަކަށްވާނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.