Advertisement

29 Aug 2023
ޚަބަރު

ލ. އަތޮޅުގައި މިއަހަރު އާރުޓީއެލްގެ ހިދުމަތް ފަށާނަން: ރައީސް

ލ.އަތޮޅުގައި މިއަހަރު ނިމުމުގެ ކުރިން އާރުޓީއެލްގެ ޚިދުމަތް ފަށާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ.އަތޮޅަށް މިހާރު ކުރައްވަމުންގެންދާ ދަތުރުފުޅުގައި ލ. މާބައިދޫގައި ވާހަކަފުޅުދައްކަވަމުންނެވެ.

ލޯކަލް ޓުއަރިޒަމް ވިޔަފާރި ފަށާ ފުޅާކުރުމަށް އެންމެ ބޭނުންވަނީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ލ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާނެކަމަށެވެ. ލ. އަތޮޅަކީ ރަނގަޅު ދަތުރުފަތުރަކާއިއެކު ފަތުރުވެރިކަން ފުޅާކުރެވިދާނެ ރަށެއްކަން ފަތުރުވެރިކަމުގެ މާހިރުން ވިދާޅުވެފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މާބައިދޫގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އެރަށު ސިއްޙީމަރުކަޒުގެ ޚިދުމަތް ފުޅާކޮށް ސައުވީސް ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ޕްލޭންކޮށް ކޮންސެޕްޓް ހަދާފައިވާ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެގެ މަސައްކަތާއެކު މޫދަށް އެރޭނެ ސަރަހައްދެއް ތަަރައްގީ ކުރުމާ ޒުވާނުންނަށް ޚާއްސަކޮށް ޖިމަކާއި، ޔޫތް ސެންޓަރެއް އެރަށުގައި ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.