Advertisement

04 Oct 2023
ޚަބަރު

ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް، ނިޒާމު އެގޮތުގައި ބޭއްވުމަށް މަސައްކަތް ކުރާނަން: ރައީސް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ބޭއްވުމަށް، ޢަމަލީގޮތުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރާއި ގުޅިގެން އެމްޑީޕީން ގޮތެއް ނިންމުމަށް ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށާއި، ރާއްޖެއަށް އެންމެ ފައިދާހުރި ނިޒާމަކީވެސް ރިޔާސީ ނިޒާމުކަމަށެވެ. 

"ދެ ނިޒާމުގައި ވެސް ރަނގަޅާއި، ގޯސް އެބަހުރި. އެކަމަކު މިރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމުކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށް." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމައިފިކަމަށާއި، ދެން އޮތީ ޒިންމާދާރުކަމާއެކު އިދިކޮޅު ޕާޓީއެއްގައި އޮވެގެން ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށެވެ. އެމަނިކުފާނުގެ ޢަމާޒަކީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އަޣްލަބިއްޔަތު އެމްޑީޕީއަށް ހޯދައިދީ، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެޕާޓީއަށް ކާމިޔާބުކޮށްދިނުންކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެކަމަށް އެޕާޓީއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާއެކު ނާކާމިޔާބީއާވެސް ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ ނާކާމިޔާބިއަކީ އެޕާޓީއަށް އައު ކަމެއް ނޫންކަމަށެވެ. ޑިމޮކްރަސީގައި އިދިކޮޅުގެ ދައުރަކީވެސް މުހިންމު ދައުރެއްކަމަށާއި، އެއީ ވެރިކަން ހިންގުމުގެ އެއް ބާރުކަމަށް ރައީސް ވިދާޅުވިއެވެ.

އިންތިހާބުން ނާކާމިޔާބު ވުމަށްފަހު ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ އެމްޑީޕީ ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށެވެ. 

 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.