ރޯދަމަހު އުމުރާއަށްދާ މީހުންނަށް ޑެބިޓްކާޑުން އިތުރު 1500 ޑޮލަރުގެ ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، 1446 ވަނަ އަހަރު (މިއަހަރު)ގެ ރަމަޟާންމަހު ޢުމްރާއަށްދާ މީހުންނަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި MMA އަށް ދަންނަވަވާފައިވާ ކަމަށެެވެ.