Advertisement

މެލޭޝިއާގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ބިގޭ ވާހަކަދައްކަނީ. ފޮޓޯ: އެމްޑީޕީ

04 Sep 2023
ޚަބަރު

ހިޔާލު ތަފާތު މީހުންނާއިއެކުވެސް ވެރިކަން ކުރެވޭނެ ލީޑަރަކީ ރައީސް އިބޫ: ބިގޭ

ހިޔާލު ތަފާތު އެންމެން ގޮވައިގެން އަދިވެސް ވެރިކަން ކުރެއްވޭނެ ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރު, އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ. ބިގޭ މިހެން ވިދާޅުވީ، މެލޭޝިއާގައި އުޅޭ ދިވެހިންނާ އެކު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ބިގޭ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަކީ އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތެއް ތަފާތު ނުކުރެއްވި ރައީސްކަމަށެވެ. އެންމެ ކުދި އާބާދީތަކުގެ އަޑުވެސް އެއްސެވީ މި ސަރުކާރުންކަމަށް ބިގޭ ވިދާޅުވިއެވެ.  

އޭނާ ވިދާޅުވީ ވެރިކަމުގެ ދައުރުގެ ތެރޭގައި އެންމެ ބޮޑަށް ވައުދުތަކުގައި ނަތީޖާ ނެރެދެއްވި ލީޑަރަކީ ރައީސް ކަމަށެވެ. އެއާއެކު ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާނުލައި އެންމެން ގޮވައިގެން އުޅުއްވުނު ވެރިއަކު ވެސް އެމަނިކުފާނު ނޫނީ ނެތް ކަން މާޒީގެ ތަޖުރިބާއިން ސާފުވާން އޮތް ކަމަށް ވިދާޅުވި އެވެ.

"އަސާސީ ކަންތައްތަކުގެ އިތުރުން އަދި އުމްރާނީ ތަރައްގީއަށް ބެއްލެވިޔަސް ފަރުދީގޮތުން މީހެއް މީހަކަށް ހެދުމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުން ވިޔަސް ވަރަށް ރަނގަޅަށް މިސަރުކާރުގައި މި އަންނަނީ ފުއްދަމުން," ބިގޭ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ މީގެ 38 އަހަރު ކުރިން 1985 ގައި ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރެއްވި މަސައްކަތުގައި އެމަނިކުފާނު ފެނިވަޑައިގަތީ ކެތްތެރިކަމާއި ވިސްނުންތެރިކަމާ އެކު ކަންކަން ނިންމަވާ ތަން ކަމަށެވެ. ކަމެއް ނިންމެވުމުގެ ކުރިން އެންމެންގެ ވާހަކަ އަޑުއެއްސެވުމަށް ފަހު ސުލްހައަށް އިސްކަންދެއްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބޫއަކީ ކޯލިޝަންއަކާއިއެކު ވެރިކަން ކުރެވޭނެކަން ހާމަކޮށްދީފައިވާ ހަމައެކަނި ލީޑަރު ކަމަށް ބިގޭ ވަނީ ވިދާޅުވެފައެވެ. އެގޮތުން މާޒީގައި ފެނިފައިވަނީ ކޯލިޝަންގައި ތިއްބަވާ އެހެން ޕާޓްނަރުން މަގުމައްޗަށް ނުކުމެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރާތަން ކަމަށާއި ނަމަވެސް ރައީސް އިބޫއަކީ ވައުދެއް ވެވަޑައިގެންފިއްޔާ އެ ވައުދަށް އިހްތިރާމްކުރައްވާ ބޭފުޅެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.