ލައިފްސްޓައިލް
03 Nov 2023
މުނިފޫހިފިލުވުން
ޝާހްރުކް ޚާންގެ އުފަންދުވަހު ފޭނުންނަށް 'ޑަންކީ' ގެ ފުރަތަަމަ ޓީޒާ ދައްކާލައިފި
ބޮލީވުޑްގެ ކިންގް ޚާންގެ އުފަންދުވަސް އޭނާގެ ފޭނުން އަބަދުވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. ފޭނުން އުފާ ކޮށްދިނުމަށް ޝާހްރުކް ޚާން ވަނީ ވަރަށް ހާއްސަ ދެކަމެއް ކޮށްފައެވެ. ފުރަތަމަ ކަމަކީ މިއަހަރުގެ އެންމެ ބޮޑު ހިޓު 'ޖަވާން'ގެ އެކްސްޓެންޑެޑް ކަޓެއް ނެޓްފްލިކްސް އަށް ދޫކޮށްލުމެވެ. އަނެއް ކަމަކީ އޭނާގެ ކުރިއަށް ނުކުންނަން އޮތް ފިލްމު 'ޑަންކީ'ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދޫކޮށްލުމެވެ.
28 Oct 2023
ލައިފްސްޓައިލް
ފަލަސްތީނަށް އެހީވުމަށް ހާއްސަ ދިވެހި ފިލްމު ފެސްޓިވަލެއް
ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހިން ދަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެތައް ހަރަކާތަކާއި އިވެންޓްތައް ހިންގާފައިވާއިރު މިހާތަނަށް އެތައް މިލިއަން ފައިސާގެ އެހީ ހޯދާފައިވެއެވެ. ހަމަ މިގޮތަށް ދިވެހި ފިލްމީ ފަންނާނުން ވެސް ވަނީ 'އިންސާނިއްޔަތަށްޓަކައި' ގެ ނަމުގައި ފަލަސްތީނަށް އެހީވުމަށް ހާއްސަ ހަރަކާތްތަކެއް ފަށާފައެވެ. މީގެތެރެއިން މިހަފްތާގައި، ކުރިއާއި ފަހުގެ ތިޔަބޭފުޅުންގެ މެދުގައި މަގުބޫލު ފިލްމުތައް ހިމެނޭ ގޮތަށް ހާއްސަ ފިލްމު ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
22 Oct 2023
މުނިފޫހިފިލުވުން
ޔާރާގެ ސީޒަން-2 ފަށައިގެން ކުރިއަށް ދަނީ
މި އަހަރު ޔާރާ ޕްރޮޑަކްޝަންސް އިން ބައިސްކޯފް މެދުވެރިކޮށް ގެނެސްދޭންފަށާފައިވާ 'ޔާރާ' ގިނަބައެއްގެ ލޮލުގައި އަޅައިގަތީ މި ޕްރޮޑަކްޝަން ހައުސް އާއްމުންގެ މެދުގައި އެންމެ މަޝްހޫރުވެފައިވާ ނަން ބޭނުންކޮށްގެން ސީރީޒް އެއް ހަދާތީއެވެ. ދެން އަނެއްކާވެސް ފެނުނީ ރިޝްމީ އާއި އައްޒަ ދެބެންގެ ރޯލް ކުޅެ، އެމީހުންގެ މަންމަ އައިމިނަތު ރަޝީދާ ހަމަ މަންމަގެ ރޯލުން ފެނިގެންދާތަނެވެ. މިފަދަ އެތައް ކަމަކާ ގުޅިގެން ޔާރާ ސީރީޒް އޮތީ ވަރަށް ހާއްސަވެފައެވެ.
21 Oct 2023
މުނިފޫހިފިލުވުން
ސަލްމާންގެ 'ޓައިގަރ 3' އަށް ޝާހްރުކް ޚާންގެ 'ޕަޓާން' އަދި 'ޖަވާން'ގެ ރެކޯޑުތައް މުގުރާލެވިދާނެބާ؟
'ޓައިގަރ 3' އަށް ގިނަބަޔަކު މަޑުކުރަމުންދާއިރު، އެންމެންގެ ސުވާލަކީ ސަލްމާން ޚާންއަށް މިއަހަރު ޝާހްރުކްގެ ރެކޯޑުތައް މުގުރާލެވިދާނެތޯ ކުރެވޭ ސުވާލެވެ. ޝާހްރުކް ޚާންގެ 'ޕަޓާން' އަދި 'ޖަވާން' ވެސް 500 ކްރޯރ އަށްވުރެ ގިނަ ފައިސާ އިންޑިއާއިން ހޯދާފައިވާއިރު، ސަނީ ޑިއޯލްގެ 'ގަދަރު 2' ވެސް ވަނީ 500 ކްރޯރ މިއަހަރު ހޯދާފައެވެ.
07 Oct 2023
ލައިފްސްޓައިލް
ބެކަމްއަށް 'މަރުދިން' ކުދިން އެ ހަނދާންތައް އާކޮށްލަންވީ ވަގުތު އައިސް ޖެހިއްޖެ
ދުނިޔެ ދުށް މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޑޭވިޑް ބެކަމްގެ ތަރި އުދަރެހުން އެރީ 1996 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޕްރިމިއަރ ލީގު މެޗެއްގައި ދަނޑުގެ މެދު ރޮނގާއި ހިސާބުން އޭނާ ކާމިޔާބު ކޮށްދިން މޮޅު ގޯލުންކަން ގިނަ މީހުން ގަބޫލު ކުރެއެވެ. މި ތަރީގެ ބެބުޅުން ގަދަވެގެން ދިޔައީ އޭނާގެ ފުޓުބޯޅަ ކުޅުމުގެ މޮޅު ހުނަރުގެ އިތުރުން، އޭނާ ލޯބީގެ ގޮތުން ސްޕައިސް ގާލްސްގެ ވިކްޓޯރިޔާއާ ގުޅުނު ހިސާބުންނެވެ.
06 Oct 2023
މުނިފޫހިފިލުވުން
ނެޓްފްލިކްސް އިން ހަފްތާ ބަންދުގައި ބަލާލަން ރަނގަޅު ފިލްމު/ސީރީސްތައް
ނެޓްފްލިކްސްއަށް ކޮންމެ ބުރާސްފަތި އަދި ހުކުރެއްގައި އައު ކޮންޓެންޓް އާދެއެވެ. އެކި ގައުމުތަކުގެ އެކި ވައްތަރުގެ ފިލްމު ތަކާއި ސީރީސްތަކެވެ. އެގޮތުން މިހާރު ސްޓްރީމް ކުރަމުންދާ ފަރާތްތަކަށް މިއޮތީ ރަނގަޅު ލިސްޓެކެވެ.
06 Oct 2023
ލައިފްސްޓައިލް
ކުރީގެ ދަރިވަރަކު މުދައްރިސަކަށް ފޮނުވަން ލިޔުނު ސިޓީ
މުދައްރިސުންނަކީ އަހަރެމެންނަށް ގިނަ ކަންތައްތަކެއް ދަސްކޮށްދިން ބައެކެވެ. ތައުލީމީ މަންހަޖުގެ އިތުރުން ދިރިއުޅުމާ ގުޅުންހުރި ގިނަ ކަންތައްތައް ވެސް މެއެވެ. ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި އެއީ މުދައްރިސުންގެ ވަޒީފާއެވެ. އެކަމުގައި ކޮންމެހެން އެމީހުންނަށް އިތުރަށް ޝުކުރު އަދާކުރަންޖެހޭ ކަމެއް ނެތެވެ. ނަމަވެސް ގިނަ މީހުންގެ ހިޔާލު މިކަމުގައި ތަފާތެވެ.
05 Oct 2023
ލައިފްސްޓައިލް
ޓީޗަރުން - އަހަރެމެންގެ ދެވަނަ ބެލެނިވެރިން
ތައުލީމަކީ ދިރިއުޅުން އާރާސްތުކުރުމުގެ ދަންމަރަށް ވީހިނދު، އެކުއްޖެއްގެ ބެލެނިވެރިން ފިޔަވާ ދެން އެކުއްޖެއްގެ ދިރިއުޅުން ބައްޓަން ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ޓީޗަރުންނެވެ. ފޮތުގައި އޮންނަ މަންހަޖުގެ އިތުރުން، ދިރިއުޅުމުގެ މުހިންމު ފިލާވަޅުތައް ވެސް އުނގަންނައިދެނީ ޓީޗަރުންނެވެ.
26 Sep 2023
ލައިފްސްޓައިލް
އެއީ ތެދެއްކަން އެނގޭތަ؟
ޓެކްނޮލޮޖީގެ މިޒަމާނުގައި އަހަރުމެން ގަބޫލުކުރަންވީ އެންމެ ބޮޑު އެއްކަމަކީ ދޮގު ޚަބަރުތައް ދެނެގަތުމުގައި އޭ.އައި ޓޫލްތަކަށް ލިބިފައިވާ ފަދަ ބާރު ސްޕީޑެއްގައި އަހަރުމެން އިންސާނުންނަށް ނުހިނގޭކަމެވެ. އޭގެ ބަދަލުގައި އަހަރުމެން ސަމާލުކަން ދޭންވީ ޚަބަރާއި މައުލޫމާތު ދެނެގަތުމުގައި އެއީ ޞައްޙަ އަދި ރަނގަޅު މައުލޫމާތުކަން ކަށަވަރުކުރުމަށެވެ.
09 Sep 2023
ލައިފްސްޓައިލް
އިޙްތިރާމް ބޭނުންނަމަ މި ކަންކަން ކުރާށެވެ.
އިޙްތިރާމް ކުރުމާއި އިޙްތިރާމް ހޯދުމަކީ އަހަރެމެންގެ އާންމު ދިރިއުޅުމުގައި ވަރަށް މުހިންމު ކަމެކެވެ. އަނެކާއަކީ ކުޑަ ކުއްޖަކަށް ވުމުން، ނުވަތަ މުސްކުޅިއަކަށް ވުމުން، ނުވަތަ ނިކަމެއްޗަކަށް ވުމުން، ނުވަތަ ތިމާއަށް ވުރެން އާދައިގެ ވަޒީފާއެއް އަދާކުރަމުންދާ މީހަކަށްވުމުން ނުވަތަ ސިޔާސީ ގޮތުން ތިމާއާ ޚިޔާލު ތަފާތު މީހަކަށް ވުމުން އެމީހަކަށް އޮންނަ އިޙްތިރާމް ކުޑަކޮށްގެން ނުވާނެއެވެ.
03 Sep 2023
ލައިފްސްޓައިލް
ޖަލުގައި ބަފާއަށް ވީގޮތުގެ ވާހަކަ ލަބާންގެ ދުލުން
އަދުގެ ސަރުކާރުގައި ބިރުވެރިކަމެއް ނެތި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުގެ މާނައަކީ ބިރުވެރިކަންމަތީ ޖަލުގައި ދުވަސްތަކެއް ހޭދަކުރުން ނޫންކަން ލަބާން ވަނީ އޭނާގެ ޓުވިޓަރ އެކައުންޓުގައި ހާމަކޮށްފައެވެ. މިމޭރުމުން ވާހަކަ ދައްކަމުން ޒުވާންނުނަށް މިހާރު އަސްލު މިނިވަންކަން ލިބިފައިވާކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ.
01 Sep 2023
ކީއްވެ އިބޫ؟
ރާއްޖެއިން ބޭރުގައި ހުއްޓަސް، ދިވެއްސަކަށް ވީތީ އެ ދުވަހު މިކީގެ އަތުން ދުލެއް ނުކުރި
ޒަމާން ބަދަލުވެ، ދުނިޔެ ތަހުޒީބުވަމުންދާ ބާރު މިނުގައި އަހަރެމެންގެ ބޭނުންތައް ވެސް އަންނަނީ ބަދަލުވަމުންނެވެ. އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި، މުހިންމު ކަންކަން ގިންތި ކުރުމުގައި ގެންގުޅޭ މިންގަނޑު ވެސް މިހާރު ބަދަލުވެއްޖެއެވެ. އެއީ އިނގިލި ކުރީގައި މިއޮތް ދުނިޔެ އެނބުރެމުންދާ ބާރު މިނުގައި، އަހަރެމެންގެ ދިރިއުޅުން ކުރިޔަށް ގެންދިއުމަށް ކޮންމެހެން އެކަން މިހާރު ކުރަންޖެހޭ ގޮތް ވެސް މެއެވެ.
20 Aug 2023
ލައިފްސްޓައިލް
ނިކުތީ ކޮފީއެއް ބޯލާ ރަނގަޅަށް ސިޔާސީ ވާހަކަ ދައްކާލަން
ހޮނިހިރު ދުވަހެވެ. ހޫނު މެންދުރަކަށްފަހު ހަވީރުގެ ފިނިކަން އޭރު އޮތީ އިހްސާސްވާން ފަށާފައެވެ. ގާތް ރަޙްމަތްތެރިއަކާއިއެކު އަޅުގަނޑު ނިކުތީ ކޮފީއެއް ބޯލުމަށް މާލެއިން ހުޅުމާލެއަށް ދިއުމަށެވެ. ސިޔާސީ ހަލަބޮލި ދުވަސްވަރެއްކަމުން، ހިފެހެއްޓުމެއްނެތި ގާތް ރަޙްމަތްތެރިންނާ ޙިއްސާކޮށްލަން ބޭނުން ލައްކަ ވާހަކަ ހުއްޓެވެ.
17 Aug 2023
ލައިފްސްޓައިލް
އެސްޓީއޯގެ މުވައްޒަފުން ބޭނުންކުރުމަށް ޖިމެއް ހުޅުވައިފި
އެސްޓީއޯ ސްޓާފް ޖިމް އެސްޓީއޯ ގްރޫޕްގައި ހިމެނޭ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.
11 Aug 2023
ލައިފްސްޓައިލް
ހަދިޔާ ކުރީ ކިޑްނީ، ބަދަލުގައި ވަކިކޮށްލީ ވަޒީފާއިން
ީ ނިއުޔޯކްގެ އެޓްލާންޓިކް އޮޓޮމޯތިވް ގްރޫޕް ކިޔާ ކާރު ކުންފުންޏެއްގައި މަސައްކަތްކުރި ޑެބީ ސްޓީވެން ނަމަކަށް ކިޔުނު އަންހެނަކު، ވެރިޔާއަށް ކިޑްނީ ހަދިޔާކުރުމަށް ފަހު ބަލިވުމުން ވަޒީފާއިން ވަކިކުރި ވާހަކަ.
08 Aug 2023
ލައިފްސްޓައިލް
ދަތް އުނގުޅަނީ އަސްލު އެކަން ކުރަންޖެހޭގޮތަށް ތަ؟
ދަތް އުނގުޅުމަކީ އަހަރެމެން ހަނދާން ހުންނަން ފެށި އިރުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އެހެންކަމުން މި ކަން މި ކުރެވެނީ އެންމެ ރަނގަޅު ގޮތުގައިތޯ ގިނަ މީހުން ހިތަށް ވެސް ނާރާނެއެވެ. އެހެންނަމަވެސް ދަތް އުނގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ.