Advertisement

ފޮޓޯ: ޔުނިސެފް މޯލްޑިވްސް

06 Oct 2023
ލައިފްސްޓައިލް

ކުރީގެ ދަރިވަރަކު މުދައްރިސަކަށް ފޮނުވަން ލިޔުނު ސިޓީ

މުދައްރިސުންނަކީ އަޅުގަނޑުމެނަށް ގިނަ ކަންތައްތަކެއް ދަސްކޮށްދިން ބައެކެވެ. ތައުލީމީ މަންހަޖުގެ އިތުރުން ދިރިއުޅުމާ ގުޅުންހުރި ގިނަ ކަންތައްތައް ވެސް މެއެވެ. ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި އެއީ މުދައްރިސުންގެ ވަޒީފާއެވެ. އެކަމުގައި ކޮންމެހެން އެމީހުންނަށް އިތުރަށް ޝުކުރު އަދާކުރަންޖެހޭ ކަމެއް ނެތެވެ. ނަމަވެސް ގިނަ މީހުންގެ ހިޔާލު މިކަމުގައި ތަފާތެވެ. މުދައްރިސުންގެ ހައްޓަށް މާ ލުއިކޮށް ކިޔަވައިދެވޭނެ ގިނަ ގޮތްގޮތް ވެސް އޮއްވާ، ގިނަ މުދައްރިސުން ދަރިވަރުންނަށް ކަންތައްތައް ކޮށްދެވެން އޮތް އެންމެ ރަގަޅަކަށް ކަންތައްތައް ކޮށްދެނީ، އެމީހުން ވެސް ކިޔަވައިދިނުމަށް ހުންނަ ޝައުގަކާއި، މާދަމާގެ ޖީލު ބިނާ ކުރުމަށް ބޮލުގާ އެޅިފައިވާ ބޮޑު ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ގޮތުންނެވެ

މުދައްރިސުންގެ މި ލޯތްބަކީ ގިނަ ކުދިންގެ ހިތްތަކުގައި އަބަދުމެ ހަރުލާފައި ހުންނަ ކަންކަމެވެ. އަދި މުދައްރިސުންގެ ދުވަސްފަދަ މުނާސަބު ދުވަސްތަކުގައި މި ހަނދާންތައް އައު ކުރެއެވެ. ނަމަވެސް ކޮންމެ ކުއްޖަކީ ސްކޫލް ނިމުމަށްފަހު، މުދައްރިސުންނާ މާބޮޑަށް ގުޅުން ބާއްވާ ބައެއް ނޫނެވެ. އެއީ ރުޅިއަކުން ނޭނެވެ. ދިރިއުޅުމުގެ ޒިންމާތައް ގިނަ ވުމުންނެވެ. ކަން މިހެން އޮތް ނަމަވެސް، ކުރީގެ ދަރިވަރަކު ބުނެލާ ހެޔޮ ބަހަކީ، މުދައްރިސުން އެ ފޯރީގައި ކުރިޔަށް ދިޔުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނޭކަން ޔަގީނެވެ. އެހެންކަމުން ދެން މި ލިޔުމުގައި މި ގެނަސްދެނީ، ސްކޫލް ނިންމި ދަރިވަރަކު އޭނާ އެންމެ ހަނދާން ހުންނަ މުދައްރިސަށް، މުދައްރިސުންގެ ދުވަހު ފޮނުވުމަށް ލިޔުނު ސިޓީއެކެވެ

ކުރީގެ ދަރިވަރުގެ ސިޓީ

"މުދައްރިސުންގެ ދުވަހުގެ އުފާ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ފާހަގަ ކުރަމުން ދާއިރު އަޅުގަނޑުގެ ހަނދާނަށް އަންނަނީ މަދުރަސީ ހަޔާތުގައި ހަނާ މިސް ގެ ފަރާތުން ލިބިގެން ދިޔަ އަޅާލުމާއި އޯގާތެރިކަން އަދި ދަސްވެގެން ދިޔަ އަގުހުރި ފިލާވަޅުތަކެވެ. ބިޒްނަސް ސްޓަޑީޒް އަޅުގަނޑުގެ އެންމެ ގަޔާވާ މާއްދާޔަށް ވެގެންދިޔައީ މިސްގެ އުފާވެރި މިޒާޖާއި އަޅުގަނޑުމެންނަށް ފިލާވަޅުތައް އުނގަންނައިދިނުމަށް މިސް ދެއްވި އަހަންމިއްޔަތުކަމުގެ ސަބަބުންނެވެ

އެގޮތުން އެންމެ ހަނދާންވަނީ "އެކްސްޓާނަލް ސޯސަސް އޮފް ފައިނާސް ގެ ދަށުން ޑެޕްޓް ފެކްޓާރިން" އޮޅުންފިލުވައި ދިނުމުގެ ތެރެއިން އަޅުގަނޑުމެން ތުއްތު އިރު ބެލި ކާޓޫނެއް ފަދައިން އޮޅުން ފިލުވައިދިން ހަނދާނެވެ. ފައިސާ ރައްދުވާންޖެހޭ މީހާއަކީ ސަލާމަތް ކުރުމަށް ދަރަންޏާ ހަވާލުވާ ސުޕާހީރޯއެއްގެ ގޮތުގައެވެ. މީގެސަބަބުން އެ ފިލާވަޅު އަބަދުވެސް ހަނދާން ހުރެއެވެ.  

މިސް އާއިއެކު ހޭދަކުރެވުނު 2 އަހަރު ތެރޭގައި އެންމެ ހަނދާނުގައި ހުންނަ ދުވަސް ތަކަކީ އައިޖީސީ އެސްއީ އޯލެވެލްއަށް ތައްޔާރުވުމަށް ބޭއްވިގެންދިޔަ ސްޓަޑީ ކޭންޕުތަކެވެ. ދުވަހުގެ ގިނަވަގުތު މިސްއާއެކު ހޭދަކުރުމުގެ ސަބަބުން މިސްގެ ފަރާތުން އުނގެނޭ ފިލާވަޅުތަކުގެ އިތުރުން ސުކޫލު ނިންމާ އަޅުގަނޑުމެން މިހާރު ދުނިޔެއަށް ލޯހުޅުވިގެން ދާއިރު ބޭނުންހިފޭ އެތައް ފިލާވަޅުތަކެއް ދަސްވެގެން ދިޔައެވެ

އަދި އަޅުގަނޑުމެން ކިލާހަކީ ހަލަބޮލި ކުދިން އުޅޭ ކިލާހެއްނަމަވެސް ކެތްތެރިކަން އިސްކޮށް މިސް ދެއްކީ އެހެން މުދައްރިސުންނަށް ނަމޫނާއެވެ. މިހުރިހާ ކަމަކަށްޓަކައި މިސްއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ. އަދި މިސް، އުނގަންނައި ދެއްވި ފިލާވަޅުތަކަކީ އަޅުގަނޑު ހަޔާތުގައި އަބަދަށް ބޭނުން ހިފާނެ ފިލާވަޅުތަކެވެ. އެހެންކަމުން މިސްއަށް މި އުފާވެރި މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފައްފަށުން ބަރުތީލަކުރަމެވެ."

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.