Advertisement

21 Oct 2023
މުނިފޫހިފިލުވުން

ސަލްމާންގެ 'ޓައިގަރ 3' އަށް ޝާހްރުކް ޚާންގެ 'ޕަޓާން' އަދި 'ޖަވާން'ގެ ރެކޯޑުތައް މުގުރާލެވިދާނެބާ؟

ޔަޝް ރާޖް ފިލްމްސްގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒް ކަމުގައިވާ ސަލްމާން ޚާންގެ 'ޓައިގަރ' ފްރެންޗައިޒްގެ 3 ވަނަ ފިލްމު 'ޓައިގަރ 3' ގެ ޓްރެއިލަރ ދައްކާލައިފިއެވެ. މީގެ ކުރިން މި ފިލްމް ސީރީޒްގެ ނުކުމެފައި ވަނީ 'އޭކް ތަ ޓައިގަރ (2012)' އަދި 'ޓައިގަރ ޒިންދާ ހޭ (2017)' އެވެ. ތިންވަނަ ފިލްމެއްގެ ގޮތުގައި 'ޓައިގަރ 3' އަންނައިރު މިފިލްމުން ވެސް ފެނިގެންދާނީ ސަލްމާން ޚާން އަދި ކެޓްރީނާ ކައިފް އެވެ. ނަމަވެސް، މިފިލްމުގެ ވިލަންގެ ރޯލުން މިފަހަރު އިމްރާން ހަޝްމީ ފެނިގެންދާނެވެ. މިއީ ސަލްމާން އަދި ކެޓްރީނާއާއެކު ވެސް އިމްރާން ސްކްރީން ޝެއަރކުރާ ފުރަތަމަ ފަހަރެވެ.

'ޓައިގަރ 3' އަށް ގިނަބަޔަކު މަޑުކުރަމުންދާއިރު، އެންމެންގެ ސުވާލަކީ ސަލްމާން ޚާންއަށް މިއަހަރު ޝާހްރުކްގެ ރެކޯޑުތައް މުގުރާލެވިދާނެތޯ ކުރެވޭ ސުވާލެވެ. ޝާހްރުކް ޚާންގެ 'ޕަޓާން' އަދި 'ޖަވާން' ވެސް 500 ކްރޯރ އަށްވުރެ ގިނަ ފައިސާ އިންޑިއާއިން ހޯދާފައިވާއިރު، ސަނީ ޑިއޯލްގެ 'ގަދަރު 2' ވެސް ވަނީ 500 ކްރޯރ މިއަހަރު ހޯދާފައެވެ. މިއީ މުޅިން ވެސް ބޮލީވުޑަށް އައު ރެކޯޑުތަކެކެވެ. އެހެންކަމުން، މިހާރު އެންމެން ވެސް ކެތްތެރިކަމާއެކު ބަލަމުން އެދަނީ ސަލްމާން ޚާންގެ ފިލްމަށް އޮތް ސަޕޯޓަށެވެ.

ޔަޝް ރާޖް ފިލްމްސް އިން ވަނީ އެމީހުންގެ ސްޕައި ތްރިލާތައް އެއްކޮށްލުމަށް ރާވައި، ސްޕައި ޔުނިވަރސްއެއް ޕަތާންއާއެކު ފަށާފައެވެ. އެގޮތުން، ޕަތާންގައި ސަލްމާން ޚާން 'ޓައިގަރ' ގެ ގޮތުގައި ހާއްސަ ފެނިލުމަކުން ފެނިގެންދިޔައިރު، 'ޓައިގަރ 3' ގައި ޝާހްރުކް ޚާން ވެސް ޕަޓާންގެ ގޮތުގައި ފެނިގެންދާނެ ކަމަށްވެއެވެ. މިއީވެސް، މިދެ އެކްޓަރުންގެ ފޭނުން މިފިލްމަށް އިންތިޒާރުކުރާ އެއް ސަބަބެވެ. މި ސްޕައި ޔުނިވަރސްގައި ދެން ހިމެނޭ ފިލްމަކީ ރިތިކް ރޯޝަންގެ 'ވަރ' އެވެ.

'ޓައިގަރ 3' ރިލީސްކުރުމަށް ހަމަޖެހިފައިވަނީ 12 ނޮވެމްބަރުގައި ދިވާލީ ތެރޭގައެވެ. އެހެންކަމުން، އަހަރެމެން ޖެހޭނީ މި ފިލްމުން މުގުރާ ރެކޯޑުތައް ބަލާލަން އަދި ކުޑަކޮށް އިންތިޒާރުކޮށްލާށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.