Advertisement

20 Aug 2023
ލައިފްސްޓައިލް

ނިކުތީ ކޮފީއެއް ބޯލާ ރަނގަޅަށް ސިޔާސީ ވާހަކަ ދައްކާލަން

ހޮނިހިރު ދުވަހެވެ. ހޫނު މެންދުރަކަށްފަހު ހަވީރުގެ ފިނިކަން އޭރު އޮތީ އިހްސާސްވާން ފަށާފައެވެ. ގާތް ރަޙްމަތްތެރިއަކާއިއެކު އަޅުގަނޑު ނިކުތީ ކޮފީއެއް ބޯލުމަށް މާލެއިން ހުޅުމާލެއަށް ދިއުމަށެވެ. ސިޔާސީ ހަލަބޮލި ދުވަސްވަރެއްކަމުން، ހިފެހެއްޓުމެއްނެތި ގާތް ރަޙްމަތްތެރިންނާ ޙިއްސާކޮށްލަން ބޭނުން ލައްކަ ވާހަކަ ހުއްޓެވެ.

ރަޙްމަތްތެރިޔާގެ ސައިކަލު ފަހަތަށް އަރައި މަޖީދީ މަގުން ހެންވޭރަށް އަޅުގަނޑުމެން ދުއްވަމުން ދިޔައިރު މަޖީދީ މަގުގައި ފިޔާތޮށި ކުލައިން ދަމާފައި ހުރި ފޮތިތަކެއް ފެނި، ވަރަށް ޝައުގުވެރިކަމާއިއެކު އެ ތަކެތީގައި ލިޔެފައި ހުރި ލިޔުންތައް އަޅުގަނޑު ދިޔައީ ކިޔަމުންނެވެ. ލިޔުންތަކުގެ ބަސްމަގު ހުރީ ސައިކަލު ދުއްވާފަ ދިޔައިރު ކިޔާލަން ވަރަށް ފަސޭހަ ގޮތަކަށް އަމުނާލާފައެވެ. އެހެންނަމަވެސް، ދެވަނަ ވިސްނުމަކުން ވިސްނާލާއިރު އެކަންތައްތައް ކުރާނީ ކިހިނެއްބާއޭ ހިތާ ހިތާ އިންދާ، ދެން ފެނުނީ އެހާ ބަލާލަން ފަސޭހަ މަންޒަރުތަކެއް ނޫނެވެ.

އެ ފޮތިގަނޑުތައް ހަރުކޮށްފައި ހުރީ ޕޭމަންޓަށް ހޮޅިޖަހައިގެންނެވެ. ހޮޅިޖަހާފަ ހުރިއިރު، ޕޭމަންޓުގެ ބައެއް ގާތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި ބައެއް ހޮޅިތައް ޕޭމަންޓުގެ މެދާ ކައިރިޔަށް ޖަހާފައި ހުރުމުން، ހިނގާމީހުންނަށް ވަރަށް އުނދަގޫވަމުން ދިޔަކަން ފާހަގަ ކުރެވުނެވެ. އޭގެ ތެރޭގައި ދޭސީންނާއި ބިދޭސީން އަދި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަޅުގަނޑުގެ ހިތް ނުތަނަވަސް ވެސް ވިއެވެ. އެތަނުން ވަޅުގަނޑަކަށް މީހެއްގެ ފައި އެޅި އަނިޔާއެއް ވެދާނެތީއެވެ. ނުވަތަ، ފޯނަށް ސަމާލުކަން ދެމުން ހިނގަމުންދާ ކުދިން ގިނަ ޒަމާނެއްގައި، މި ތަނުން ކުއްޖެއް ހޮޅިއެއްގައިޖެހި، ގެއްލުމެއް ވެދާނެތީއެވެ.

ހޮޅިޖަހާފައިވުމުން ޕޭމަންޓު ހަލާކުވެ ވަޅުގަނޑު ހެދިފައި

މި މަންޒަރު ފެނިފައި އަޅުގަނޑުގެ ހިތަށް ވަރަށް އުނދަގޫވިއެވެ. އަޅުގަނޑަށް އެހާ އުނދަގޫވީ، ތޮއްޖެހިފައި މިއޮތް މާލޭގައި ހިނގާފައި އުޅޭ މީހުންގެ ތަކުލީފު ލިސްޓަށް އަނެއްކާވެސް ކަމެއް އިތުރުވީމައެވެ. ޕޭމަންޓުތައް ބެދޭ ގޮތަށް ސައިކަލު ޕާކު ކުރުމާއި، ކާރާއި ޕިކަޕުފަދަ ހަތަރު ފުރޮޅީ އުޅަނޑުތައް ޕޭމަންޓު މަތީގައި ބާއްވައިގެން ތިބުމަކީ، މި ދިގު ލިސްޓުގެ ކުޑަ މިންވަރެކެވެ.

ހިނގާ މީހުންނަށް ތަކުލީފުވާގޮތަށް ހުރިކަންކަން ރަގަޅު ކުރުމުގެ މަސައްކަތް ފަށަންޖެހޭނީ އަޅުގަނޑު ދެކޭގޮތުގައި ތިމާ އާއި ހިސާބުންނެވެ. ނަމަވެސް މި ކަމުގައި މާލޭ ސިޓީ ކައުންސިލްގެ ޒިންމާތައް ވެސް ބޮޑެވެ. މާލޭގެ މަގުތައް މަރާމާތުކޮށް ހެދުމަކީ މާލޭ ސިޓީ ކައުންސިލްގެ މުހިންމު އެއް ޒިންމާއެވެ. ނަމަވެސް އަޅުގަނޑަށް މަޖީދީމަގުން މި ފެނުނީ ދިމާ އިދިކޮޅު މަންޒަރެކެވެ. މަގުތައް މަރާމާތު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަންޖެހޭ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު އިސްވެ ހުންނަވައި، އެ ބޭފުޅާގެ ރިޔާސީ ކެމްޕެއިނުގައި މަގުތަކަށް މި ގެއްލުންދެނީއެވެ. މާލޭގެ މަގުތަކަކީ އެނެމެނަށް ފަސޭހަކޮށް ބޭނުން ކުރެވޭނެ ފެންވަރަށް ހުރި މަގުތައްކަމަށް ކަށަވަރުކުރަންޖެހޭ މީހާ މި ކަށަވަރު ކުރަނީ، މަގުތަކުގައި މީހުނަށް ހިނގާބިނގާވެ އުޅެން އުނދަގޫ ވާނެކަމެވެ.

އަޅުގަނޑު މިކަހަލަ ގޮތަކަށް މިވާހަކަތައް މި ހިއްސާކޮށްލީ ސިޔާސީ ގޮތުން ވަކި ކޮޅަކަށް ޖެހިގެނޭ ބައެއް ކިއުންތެރިން ހީކޮށްފާނެއެވެ. އެހެންނަކުން ނޫނެވެ. އަޅުގަނޑަށް ލިބިފައި ހުރި އިލްމުގެ އަލީގައި ޔަގީންވާ އެއްކަމަކީ، ތިމާގެ ސަބަބުން އެހެން ބަޔަކަށް ތަކުލީފެއް އުފުލަންޖެހޭވަރުކަމެއް ކުރުމަކީ އިޖުތިމާއީ ގޮތުން ރަގަޅުކަމެއް ނޫންކަމެވެ. މިއީ އެއްމެނަށް އެއްބަސް ވެވޭނެކަމެއްކަން ޔަގީނެވެ.

ކޮންމެއަކަސް ހުޅުމާލެ ގޮސް ކޮފީއެއް ބޯލަން ކެފޭއެއްގައި އިށީންދެވިއްޖެއެވެ. އޮލަކޮށް ދައްކާލަން ތާޒާ ސިޔާސީ ވާހަކައަކާއި އެކުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.