Advertisement

26 Sep 2023
ލައިފްސްޓައިލް

އެއީ ތެދެއްކަން އެނގޭތަ؟

އާޓިފިޝަލް އިންޓެލިޖަންސް (އޭ.އައި) ގެ ބޭނުން ފުޅާވެ ފެތުރެމުންދާ މިޒަމާނުގައި ދޮގު ޚަބަރުތަކާއި ގޯސް މައުލޫމާތާއި އޮންލައިން ސްކޭމްތައް މިދަނީ އަހަރުމެން ބިރުގަންނަންޖެހޭ ފަދަ ހަލުވި މިނެއްގައި ފެތުރެމުންނެވެ. ރާއްޖޭގެ ބޮޑު އާބާދީއަކީ މިހާރު ސްމާޓް ފޯނު ގެންގުޅޭ އަދި އެއަށް އަހުލުވެރި ބައެއް ކަމުން، ފޭސްބުކް ފަދަ އޭ.އައި ޓޫލްތަކުގައި ފެތުރޭ  ދޮގު ޚަބަރުތަށް އަހަރެމެންނާއި ހަމައަށް އައުމަށް މި ނަގަނީ ހަމަ ސިކުންތު ކޮޅެކެވެ. ގިނަ ފަހަރަށް އޭގެ ތެދު ދޮގު ބަލާނުލާ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް އެކަން ޤަބޫލު ކުރެވެނީއެވެ

ޝައްކެތްވެސް ނެތް ގޮތުގައި އަހަރުމެން މިފަދަ ދޮގު ޚަބަރުތަކާއި އޮންލައިން ސްކޭމް އަދި ގޯސް މައުލޫމާތާއި ހަނގުރާމަ ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މިހާރު ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުން އަންނަ ChatGPT ފަދަ އޭ.އައި ޓޫލްތަކަށް މިފަދަ ދޮގު ޚަބަރާއި މަޢުލޫމާތުތަކާއި ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން މިފަދަ ދޮގު ޚަބަރުތަކާއި މައުލޫމާތުގެ މައްސަލަތަކާއި މެދު ތަންކޮޅެއް ފުންކޮށް ވިސްނާ މިފަދަ މައްސަލަތައް ހައްލުކޮށް ކަންބޮޑުވުންތައް ކުޑަކުރެވޭނެ ބައެއް ގޮތްތަކަކީ ކޮބާތޯ އަހަރުމެންނަށް މިވަނީ ވިސްނަންޖެހިފައެވެ

ޓެކްނޮލޮޖީގެ މިޒަމާނުގައި އަހަރުމެން ގަބޫލުކުރަންވީ އެންމެ ބޮޑު އެއްކަމަކީ ދޮގު ޚަބަރުތައް ދެނެގަތުމުގައި އޭ.އައި ޓޫލްތަކަށް ލިބިފައިވާ ފަދަ ބާރު ސްޕީޑެއްގައި އަހަރުމެން އިންސާނުންނަށް ނުހިނގޭކަމެވެ. އޭގެ ބަދަލުގައި އަހަރުމެން ސަމާލުކަން ދޭންވީ ޚަބަރާއި މައުލޫމާތު ދެނެގަތުމުގައި އެއީ ޞައްޙަ އަދި ރަނގަޅު މައުލޫމާތުކަން ކަށަވަރުކުރުމަށެވެ. އަހަރުމެން ChatGPT ފަދަ އޭ.އައި ޓޫލްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުންދާއިރު ބައެއް ފަރާތްތަކަށް މިފަދަ ޓޫލްތަކަކީ ބިރުވެރި އެއްޗަކަށް ނުވަތަ ކަމަކަށް ވެދާނެއެވެ. މީގެ ސަބަބަކީ ދުނިޔެ ހިނގަމުންމިދަނީ މިފަދަ ޓޫލްތަކުގެ ބާރުމިނުގައި ކަމަށްވާތީއެވެ. އަހަރުމެން އިންސާނުންނަށް މިއާއި އެއްހަމަ ކުރުމަކީ އުނދަގޫ ކަމެކެވެ. އަދި މިފަދަ ޖެނެރޭޓިވް ޓޫލްތަކުން އިންޓަރނެޓްގައި އަހަރުމެންނަށް ދައްކާ މަންޒަރުތަކާއި ޚަބަރުތަކަކީ ތެދު އަދި ޞައްޙަ މައުލޫމާތުކަން ދައްކަން ކުރެވޭ މަސައްކަތުގެ ސަބަބުން އަހަރުމެންނަށް ފެންނަ އެއްޗެހި ޤަބޫލުކުރަން ދަތިވާ ހިސާބަށް ގޮސްފައިވާކަމީ ވެސް މިހާރު ޝައްކެތް އޮތްކަމެއް ނޫނެވެ.

އޭ.އައި ޓޫލްތަކުން ދޮގު ނުވަތަ ގޯސް މައުލޫމަތު ފެތުރުމުގައި ބޮޑު ރޯލެއް ކުޅެމުންދާކަމަކީވެސް އަހަރުމެން ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާކެމެކެވެ. އަދި މިފަދަ ޓޫލްތައް ބޭނުންކޮށްގެން ޚަބަރު ފަތުރާ ބައެއް ސައިޓްތަކުންވެސް ދޮގު ޚަބަރާ މައުލޫމާތު ފެތުރުމަށް ބާރުއަޅަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ. އެހެންކަމުން ޚަބަރާއި މައުލޫމަތު ހިއްސާކުރުމުގެ ކުރިން އަހަރުމެން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ޚަބަރެއް އެހެން ފަރާތަކާއި ހިއްސާ ކުރުމުގެ ކުރިން މުޅި އެތި ރަނގަޅަށް ކިޔާލަން މުހިންމެވެ. ލިޔެފައިވާ މައުލޫމާތަކީ ކިހާވަރެއްގެ ހަޤީޤަތެއްވާ ވާހަކައެއްތޯ ޔަގީންކޮށްލާށެވެ. މިފަދައިން ޔަގީންކުރުމަށް ވެސް ބައެއްކަހަލަ ވަސީލަތްތައް އިންޓަނެޓުގައި އަހަރުމެންނަށް މިހާރު ލިބެން އެބަހުއްޓެވެ. އަދި މިނޫނަސް ތަފާތު ވަސީލަތްތަކުގެ އެހީގައި މައުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރެވެން އޮތް މިންވަރަކުން ޞައްހަކަން ހޯދާ ކަށަވަރުކުރާށެވެ. އަދި ތިމާއަށް ލިބޭ މައުލޫމާތަކީ ދޮގު ޚަބަރާ މައުލޫމާތުކަން އިނގޭނަމަ އެފަދަ މައުލޫމާތު ރިޕޯޓުކުރާށެވެ

އަހަރުމެންނަށް ސާފުވާއެއްކަމަކީ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ މިޒަމާނުގައި އަހަރުމެންނާއި އިންޓަނެޓްގެ މިދުނިޔެއާއި ދެމެދު އޮތް އިތުބާރަށް ހަމަލާތަކެއް އަންނަމުންދާކަމެވެ

އިންޓަނެޓުގައި އޭ.އައި ޓޫލްތަކުން އަހަރުމެންނަށް އިވޭ އަޑުތަކާއި ފެންނަ މަންޒަރާއި ކަންތައްތަކަށް އިތުބާރު ކުރެވޭނީ ކިހިނެތް ހެއްޔެވެ؟ ޙަބަރެއް ނުވަތަ މައުލޫމާތެއް ލިބުމުން އެފޮނުވީ ކާކުތޯ ބަލާ އޭގެ މަސްދަރަކީ ކޮބައިތޯ ބަލަނީ ކިތައްމީހުން ހެއްޔެވެ؟ އެޙަބަރެއްގައިވާ މައުލޫމާތަށް ބަދަލު ގެނެސްފައިވޭތޯ ބަލަނީ ކިތައް މީހުންތޯއެވެ. އެޚަބަރު ނުވަތަ މައުލޫމާތަކީ އަހަރުމެންގެ ސަމާލުކަން ހޯދަން ނުވަތަ ޝައުގުވެރިކަން އަތުލައިގަނެ އިންޓަނެޓްގައި ގިނަ "ކްލިކް" ތަކެއް ހޯދުމުގެ މަޤްޞަދުގައި ގެނެސްފައިވާ ވާހަކައެއްތޯ ބަލާ މީހުން އުޅޭތޯއެވެ؟ މިކަހަލަ ގިނަ ސުވާލުތަކަކަށް އޭ.އައިގެ މިދުނިޔޭގައި ޖަވާބު ހޯދާ ޔަޤީން ކުރުން ވަނީ ވަރަށް ބޮޑު ދަތިކަމަކަށް ވެފައެވެ. ނަމަވެސް އެންމެ ކުޑަ މިނުން ޚަބަރުތަކުގެ ތެދު ދޮގު ނުބަލާ އެހެން މީހުންނާއި ޙިއްސާކުރުން ހުއްޓާލުން މުހިންމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.