Advertisement

15 Nov 2023
ލައިފްސްޓައިލް

'ޓައިގަރ 3' ދެ ދުވަސް ތެރޭގައި 100 ކްރޯރ ކުލަބަށް

ނޮވެމްބަރ 12 ވަނަ ދުވަހު އެޅުވި 'ޓައިގަރ 3' އަށް ދެދުވަސް ތެރޭގައި 100 ކްރޯރ އަށް ވުރެ ގިނަ އިންޑިއަން ރުޕީސް ލިބިއްޖެއެވެ. 100 ކްރޯރ އަކީ ގާތްގަނޑަކަށް 12 މިލިއަން ޑޮލަރެވެ. އިންޑިއާގައި 100 ކްރޯރ ހޯދާ ފިލްމުތަަކަށް ހާއްސަ ސަމާލުކަމެއް ލިބޭއިރު ޝާހްރުކް ޚާންގެ 'ޕަޓާން' އަދި 'ޖަވާން' އިން ވަނީ މިއަހަރު 500 ކްރޯރ އަށްވުރެ ގިނަ ފައިސާ ހޯދާފައެވެ. އަދި ސަނީ ޑިއޯލްގެ 'ގަދަރު 2' އަކީ ވެސް 500 ކްރޯރ ކްލަބްގެ ފިލްމެކެވެ.

ދިވާލީ އަށް ހާއްސަކޮށް އެޅުވި 'ޓައިގަރ 3' ގެ ފުރަތަމަ ދުވަހުގެ ކަލެކްޝަން މަދުވާނެކަމަށް ޓްރޭޑް އެކްސްޕާޓުން ބުނަމުން ދިއައީ އެދުވަހަކީ ގޭގޭގައި އާއިލާގެ މީހުންނާއެކު ދިވާލީ ފާހަގަކުރާ ދުވަހަށް ވީމައެވެ. ނަމަވެސް 43 ކްރޯރގެ އޮޕެނިންގ އަކާއެކު 'ޓައިގަރ 3' ވެގެން ގޮސްފައިވަނީ ސަލްމާން ޚާންގެ ކެރިއަރގެ ވެސް މިހާތަނަށް އެންމެ ގިނަ ފައިސާ ފުރަތަމަ ދުވަހުން ލިބުނު ފިލްމަށެވެ. ސަލްމާން ހާން މީގެ ކުރިން ދިއައީ އެތައް ފްލޮޕް ފިލްމުތަކެއް ދެމުންނެވެ. ނަމަވެސް 'ޓައިގަރ 3' އާއެކު އޭނަ ދެމުން އައި ފްލޮޕް ފިލްމުތައް މިވަނީ ނިމުމަކަށް އައިސްފައެވެ.

'ޓައިގަރ 3' ފިލްމުގެ ޓްރެއިލަރ

'ޓައިގަރ 3' ގެނެސްދީފައިވަނީ މިހާރު ޔަޝްރާޖް ފިލްމްސް އިން އުފައްދާފައިވާ 'ސްޕައި ޔުނިވާސް' ގެ ދަށުންނެވެ. މި ބެނަރގެ ދަށުން ޝާހްރުކް ޚާންގެ 'ޕަޓާން' އަދި ރިތިކް ރޯޝަންގެ 'ވަރ' ވެސް ހިމެނެއެވެ. އަދި ދެން މި ފިލްމުތަކުގެ ކޮންމެ އިންސްޓޯލްމެންޓެއްގައި ވެސް އެހެން ފިލްމުތަކުގެ ތަރިންގެ ހާއްސަ ފެނިލުންތައް ހިމެނޭނެއެވެ. 'ޓަރިގަރ 3' ގައި ޝާހްރުކް ޚާންގެ ފެނިލުމަށް ވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

'ޓައިގަރ' ގެ މިފަހަރުގެ ފިލްމުގައި ވެސް ކުރީގެ ދެ ފިލްމާއި ގުޅޭގޮތަށް ވާހަކަ ވަނީ އަތުރާލާފައެވެ. އަދި ފިލްމުގެ ގިނަކަންތައްތަކެއް ރަނގަޅެވެ. ސަލްމާންގެ އެކްޓިންގ އިން ފެށިގެން ކަޓްރީނާގެ އެކްޝަން ސީންތައް ވެސް މޮޅެވެ. އަދި ނެގެޓިވް ރޯލަކުން ފެނިގެން ދިއަ އިމްރާން ހާޝްމީ ވެސް ވަނީ މި ފިލްމުގައި މޮޅު އެކްޓިންގ އެއް ދައްކުވައިދީފައެވެ. ފިލްމު މިހާރު ސިނަމާގައި ދައްކަމުން ދާއިރު މާލޭގެ ޝްވެކް ސިނަމާއިން ވެސް މިހާރު ދަނީ މި ފިލްމު ދައްކަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.