Advertisement

ފޮޓޯ: އިންޑިއާ ޓައިމްސް

11 Aug 2023
ލައިފްސްޓައިލް

ހަދިޔާ ކުރީ ކިޑްނީ، ބަދަލުގައި ވަކިކޮށްލީ ވަޒީފާއިން

އެއީ 2011 ވަނަ އަހަރުގެ އޯގަސްޓް މަހެވެ. ޑެބީ ސްޓީވަން ނަމަކަށް ކިޔާ މި އަންހެނާ މަސައްކަތްކުރަމުން ދިޔައީ ނިއުޔޯކްގެ އެޓްލާންޓިކް އޮޓޮމޯޓިވް ގްރޫޕް ކިޔާ ކާރު ކުންފުންޏެއްގައެވެ.

ޑެބީގެ ލޯޔަރ ބުނާގޮތުގައި ޑެބީގެ ބޮސްއެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ބްރޫސިއަރއަށް ކިޑްނީ ހަދިޔާ ކުރުމަށް ޑެބީ ނިންމީ 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭރު ޑެބީ އެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔައީ ކޮންޓްރެކްޓް އުސޫލުންނެވެ. ނަމަވެސް ޑެބީގެ މި ނިންމުމުގެ ސަބަބުން ދާއިމީ ވަޒީފާއަކަށް ޑެބީ ޕްރޮމޯޓްވެގެންދިޔައެވެ.

ނަމަވެސް ސާޖަރީއަށް ފަހު ޑެބީއަށް ކުރިމަތިވީ އުނދަގޫ ދުވަސްތަކެކެވެ. އެގޮތުން ދަށްބަނޑަށް ތަދުވުމުގެ އިތުރަށް ކާއެއްޗެހި ހަޖަމްވުމުގައި ވެސް މައްސަލަތައް ކުރިމަތިވިކަމަށް ޑެބީގެ ލޯޔާ ފައިލްކޮށްފައިވެއެވެ. ހަމައެއާއެކު ބަރު އެއްޗެހި އެއްގޮތަކަށް ވެސް ނުއުފުއްލޭ ހާލަތަށް ޑެބީ ދިޔައެވެ. މި ހާލަތުގައި ވެސް ބްރޫސިއަރގެ އެންގުމުގެ މަތިން އެ އަހަރުގެ ސެޕްޓެމްބަރު މަހު ޑެބީ މަސައްކަތަށް ނުކުތެވެ. އެ ވަރުން ނިމުނީކީ ނޫނެވެ. ޑެބީއާ މެދު ބްރޫސިއަރ އަމަލުކުރީ އެއްވެސް މީހަކު މި ހާލަތުގައި އުންމީދު ނުކުރާނެފަދަ ގޮތަކަށެވެ. އާންމު ހާލަތުގައި ހުރި މީހަކާ ޑެބީގެ މަސައްކަތާ އެއްވެސް ތަފާތުކަމެއް ނެތި ބުރަކޮށް މަސައްކަތްކުރަން ޑެބީއަށް ޖެހުނެވެ. އެންމެ ކުޑަމިނުން ބްރޫސިއަރގެ ހުއްދަ ނެތި ފާޚާނާއަށް ވެސް ޑެބީއަކަށް ނުދެވެއެވެ.

ކުޑަ ދުވަސްކޮޅަކަށް ފަހު ޑެބީގެ މަސައްކަތުގެ ޙާއްސަ ދާއިރާ ނޫން މަސައްކަތެއް ކުރަން ޖެހުނު ސެކްޝަނަކަށް ޑެބީ ބަދަލުކުރެވިގެން ދިޔައެވެ. އެއީ ބްރޫސިއަރގެ އަމަލުތަކާ މެދު ޑެބީ ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. ނަމަވެސް މި ބަދަލު ވެސް ވީ ޑެބީއާ އެންމެ އެކަށީގެންވާ ބަދަލަކަށް ނޫނެވެ. ދެތިން ހަފްތާ ފަހުން ޑެބީ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެކަށީގެންވާ މިންވަރަށް ޑެބީއަށް މަސައްކަތް ނުކުރެވޭތީއެވެ. އެއީ 2012 ވަނަ އަހަރުގެ މާރިޗު މަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.