Advertisement

އައިސްޓޮކް ފޮޓޯ

08 Aug 2023
ލައިފްސްޓައިލް

ދަތް އުނގުޅަނީ އަސްލު އެކަން ކުރަންޖެހޭގޮތަށް ތަ؟

ދަތް އުނގުޅުމަކީ އަހަރެމެން ހަނދާން ހުންނަން ފެށި އިރުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އެހެންކަމުން މި ކަން މި ކުރެވެނީ އެންމެ ރަނގަޅު ގޮތުގައިތޯ ގިނަ މީހުން ހިތަށް ވެސް ނާރާނެއެވެ. ނަމަވެސް ދަތް އުނގުޅުމުގައި ސަމާލުކަންދޭންޖެހޭ  ކަންތައްތަކެއް އެބަ ހުއްޓެވެ.

ދަތް އެނގުޅާ ބުރުހުގެ ނަރުގަނޑަކީ ތިމާގެ އަނގައިގެ ހަންގަނޑާއި ދަތްތަކަށް އެކަށީގެންވާ ނަރުގަނޑެއްތޯ ކަށަވަރުކުރުމަކީ މިގޮތުން ވަރަށް މުހިންމު އެއް ކަމެވެ. ބައެއް ބުރުސްތަކުގެ ނަރުގަނޑު ވަރަށް މަޑު އިރު، ބައެއް ބުރުހުގެ ނަރުގަނޑު އާދައިގެ މިންވަރަކަށް ހަރެވެ. އަދި ވަރަށް ހަރު ނަރުގަނޑުލީ ބުރުސް ވެސް ބާޒާރުން ލިބެން ހުރެއެވެ. ގިނަ ފަހަރު އަހަރެމެންނަށް ހީވެފައި އޮންނަނީ ބުރުހުގެ ނަރުގަނޑު މަޑުވެއްޖެ ނަމަ އެ ބުރުހަކީ އެއްވެސް ފައިދާއެއް ނެތް ބުރުހެއްގެ ގޮތުގައެވެ. ނަމަވެސް ބުރުހުގެ ނަރުގަނޑު ހަރުވުމާއި މަޑުވުމުގައި އުފެއްދުންތެރިންގެ މަޤްޞަދެއް ވެއެވެ. އެކި އިންސާނުންގެ އަނގައިގެ ހިރުގަނޑު އުފެދިފައި ވަނީ އެކި ގޮތްގޮތަށެވެ. ބޭނުން ކުރެވޭ ބުރުހުގެ ނަރުގަނޑަކީ ތިބާގެ އަނގައިގެ ހަންގަޑާއި ނަރުގަނޑަށް އެކަށީގެންވާ ވަރަށް ވުރެ ހަރު ނަރުގަނޑަކަށް ވެއްޖެ ނަމަ، ދަތްތަކުގެ ބޭރު ފަށަލަ ހަލާކުވެ ނެތިގެން ހިނގައިދާނެއެވެ. އެހެންކަމުން ތިބާގެ ދަތްތަކަށް އެކަށީގެންވާ ނަރުގަނޑެއް އެކުލެވޭ ބުރުހެއް ހޯދުމުގައި ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

ބައެއް މީހުންނަކީ ހެނދުނު ހޭލާ ގޮތަށް ދަތް އުނގުޅައިގެން އެ ދުވަހުގެ ރޭގަނޑު ނިދަންވަންދެން ވެސް އުޅޭ ބައެކެވެ. މީގެތެރެއިން ގިނަ މީހުން ނިދާނީ ވެސް ދަތް ނުއުނގުޅައެވެ. މިއީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. ދަތް ނުއުނގުޅާ 8 ގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެ ނަމަ ދަތްތަކުގެ އެތެރޭގައި ހަރުލާފައި ހުންނަ ކާއެއްޗެހިން އަނގައާއި ދަތްތަކުގައި ބެކްޓީރިއާ އުފެއްދުމަށް މަގުފަހިވެއެވެ. މިއަށް އިނގިރޭސި ބަހުން ކިޔަނީ 'ޕްލޭކް'އެވެ. އެހެންކަމުން 'ޕްލޭކް'އިން ސަލާމަތްވުމަށް މަދުވެގެން ދުވާލަކު ދެ އިރު ދަތް އުނގުޅުން އާދައަކަށް ހަދަން އެބަ ޖެހެއެވެ.

Advertisement

ދަތްއުނގުޅުމުގައި ބޭނުން ކުރާ ބޭހަކީ ވެސް ބޭނުންވާ މާއްދާތައް އެކުލެވޭ ބޭހެއްތޯ ކަށަވަރު ކުރުން މުހިންމެވެ. އެގޮތުން ކެމިކަލްގެ ބާވަތެއް ކަމަށްވާ 'ފްލޮރައިޑް' އެކުލެވެ ބޭހެއް ބޭނުންކުރުން ވަރަށް މުހިންމެވެ. މީގެ ސަބަބުން ކުރިން ބަޔާންކުރެވުނު 'ޕްލޭކް'އިން އަނގަތެރެ ސަލާމަތްކޮށްދީ ދަތްތައް ވަރުގަދަކޮށްދޭނެއެވެ. އެހެންކަމުން ބޭނުން ކުރާ ބޭހުގެ ވަހާއި އޭގެން އަނގަޔަށް ދޭ ރަހައަށް ބެލުމުގެ ބަދަލުގައި އޭގައި އެކުލެވޭ މާއްދާތަކަށް އިސްކަންދެވޭތޯ ބަލާށެވެ.

ދަތް އުނގުޅާ އިރު އަތުގައި ހުރި ބާރެއް ލާފައި ދަތް އުނގުޅުން ވެސް ރަނގަޅެއް ނޫނެވެ. އެކަށީގެންވާ މިންވަރަކަށް ވުރެ ބާރަށް އަނގައިގެ ދަތްތަކާއި ހިރުގަނޑުގައި އުނގުޅޭކަމުގައިވާނަމަ ދަތްތަކުގެ ބޭރުގައިވާ ތުބި ފަށަލަ ގޮސް ދަތްތަކުގެ އޮފްކަން ގެއްލުމާއި އަނގައިގެ ހިރުގަނޑު ހަލާކުވުމަށް މަގުފަހިކޮށްދެކެވެ. އެހެންކަމުން އަނގައިގައި ނަރުގަނޑު އުނގުޅާ އިރު ވީހާވެސް މަޑުން އުނގުޅޭތޯ ބެލުން މުހިންމެވެ. ދުލަކީވެސް ދަތް އުނގުޅުމުގެ ތެރޭގައި ހިމެނޭ ބައެކެވެ. އަދި ރަނގަޅު ގޮތުގައި ދޫ ސާފުނުކުރެވިއްޖެ ނަމަ ދުލުގެ މަތީގައި އުފެދޭ ބެކްޓީރިއާތަކަކީ ސާފުކުރަން ވަރަށް އުނދަގޫ އެއްޗެކެވެ. މިއީ މި ޒަމާނުގައި ބޭނުން ކުރެވޭ އަނގަދޮވުމަށް ބޭނުންކުރާ އާލާތްތަކުން އެންމެ އެކަށީގެންވާ މިންވަރަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން 'މައުތްވޮޝް' ބޭނުން ކުރާ ފަރާތްތަކުން ވެސް ބުރުހެއްގެ ބޭނުން ކޮށްގެން ދޫ އުނގުޅާލުން މުހިންމެވެ.

އިތުރު އާޓިކަލް
02 Oct 2023
ޚަބަރު
އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޔޮ ވެރިކަމެއް ކޮށްދެވުން: ރައީސް
ފާއިތުވި ފަސް އަހަރު ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށާއި އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
02 Oct 2023
ޚަބަރު
ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރ 11 ގައި ވެރިކަން ބަދަލުވާނެ: ރައީސް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ނޮވެމްބަރު 11 ވަނަ ދުވަހު ބަދަލުކުރުމަށް ޤާނޫނީ ހުރަހެއް ނެތްނަމަ އެގޮތަށް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
02 Oct 2023
ޚަބަރު
އިންތިހާބުގެ ދާއިމީ ނަތީޖާ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރާނެ: އީސީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ވަގުތީ ނަތީޖާ އަދި ޖުމްލަ ނަތީޖާ އިޢުލާންކޮށް މިހާރު ވަނީ ނިމިފައެވެ.
02 Oct 2023
ޚަބަރު
ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރީގެ ސީއެޗްއެސްއީ އިމާރާތައް
މާލެއިން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށްދާނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައިކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ. މި މަސައްކަތް މިހާތަނަށް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ސިންތެޓިކް ޓްރެކްގައެވެ.