Advertisement

ފޮޓޯ: ޔުނިސެފް މޯލްޑިވްސް

05 Oct 2023
ލައިފްސްޓައިލް

ޓީޗަރުން - އަހަރެމެންގެ ދެވަނަ ބެލެނިވެރިން

ތައުލީމަކީ ދިރިއުޅުން އާރާސްތުކުރުމުގެ ދަންމަރަށް ވީހިނދު، އެކުއްޖެއްގެ ބެލެނިވެރިން ފިޔަވާ ދެން އެކުއްޖެއްގެ ދިރިއުޅުން ބައްޓަން ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ޓީޗަރުންނެވެ. ފޮތުގައި އޮންނަ މަންހަޖުގެ އިތުރުން، ދިރިއުޅުމުގެ މުހިންމު ފިލާވަޅުތައް ވެސް އުނގަންނައިދެނީ ޓީޗަރުންނެވެ. އެގޮތުން އަހަރެމެންގެ އުމުރުން އެންމެ ތިން އަހަރު ނުވަތަ އެއަށްވުރެ ވެސް ތުއްތު އިރުން ފެށިގެން ޒުވާން އުމުރުފުރައާ ހަމައަށް ޓީޗަރުންގެ އެހީތެރިކަން ލިބެއެވެ. ސްކޫލުން ފެށިގެން ކޮލެޖް، ޔުނިވަރސިޓީތަކާ ހަމައަށް ދާއިރު ވެސް އުނގަންނައި ދިނުމުގައި އަވަދިނެތި އުޅޭ އެކި ޓީޗަރުންނާ ދިމާވެއެވެ. މިއީ އަހަރެމެންގެ ކުރިމަގު ބިނާކުރުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއްބައެވެ.

މިއަދު ޓީޗަރުންގެ ދުވަސް ފާހަގަކުރާއިރު، އެމީހުންގެ ވަޒީފާއިން ބޭރުން ވެސް ގިނަ ވަގުތުތަކެއް އަހަރެމެންނަށްޓަކާ ހުސްކޮށްގެން އެ ކޮށްދޭ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަކީ މުހިންމު ކަމެކެވެ. އެމީހުން އެކޮށްދޭ މަސައްކަތަކީ ގައުމަށް ނުހަނު އަގުހުރި މަސައްކަތެއްކަން ހަނދާންކުރަންޖެހެއެވެ. މިއަދު އެމީހުން އެ ބިނާކުރަނީ މާދަމާ މި ގައުމު ބިނާކޮށް އާރާސްތުކުރަން ތިބި ޒުވާނުންނެވެ. ގައުމުގެ އިޤްތިޞާދުގެ އިންޖީނު ހިންގާލާ ދުވެލި ބާރުކޮށްލަން ތިބޭނެ ސިކުނޑިތަކެކެވެ.

މިދުވަސް ފާހަގަކުރުމަށް އެކި ސްކޫލްތަކުގައި އެކި ކަންތައްތައް ކުރެއެވެ. އެގޮތުން، ހަދިޔާ ބަދަލުކުރުމާއި ބޮޑެތި ކެއުންތައް ބާއްވައި ހަދައެވެ. މިއަދު ތައުލީމު އުނގެނުމުގެ މަރުހަލާ ނިމިފައި ވިޔަސް، ތިމާ ޓީޗަރުންނާއި މެދު ބުނެލާ ކުޑަކުޑަ ތައުރީފުގެ ބަހަކުން ވެސް އެމީހުނަށް އެތައް ހިއްވަރެއް ލިބިގެންދާނެކަން ޔަގީނެވެ

ޕްރައިމަރީ، ސެކަންޑަރީ އަދި ކޮލެޖުން ކަމުގައި ވީނަމަވެސް ކޮންމެ ދަރިވަރެއްގެ ވެސް "ފޭވަރިޓް" ޓީޗަރުން ތިބެއެވެ. މިފަދަ ޓީޗަރެއް މަގުމަތިން ފެނުމުން އަދިވެސް ގޮވާލާ ހީލާ ވާހަކަ ދައްކާލާ ހެދުމަކީ ކިޔެވި ދުވަސްވަރުގެ އެތައް ހަނދާނެއް އާކޮށްދޭ ކަމެކެވެ. ހަމަ އެގޮތަށް، ޓީޗަރުން ވެސް އެމީހުން ކިޔަވައިދިން ކުދިން ބޭރުތެރެއިން އެކި ދާއިރާތަކުގެ ރަނގަޅު ވަޒީފާތަކުގައި އުޅޭތަން ފެނުމުން އުފާކޮށް ހިތްވަރުދެއެވެ. އަދި ގައިމު އެމީހުނަށް ވެސް ގައުމަށް ޙިދުމަތްކޮށްދޭނެ ރަނގަޅު ދަރިއަކު ތަރުބީޢަތު ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވެއެވެ.

ޓީޗަރުން، މުދައްރިސުން ނުވަތަ އެދުރުންނަކީ ޒަމާނުއްސުރެ އަހަރެމެންގެ މުސްތަގުބަލު ބިނާކުރުމުގައި އެހީތެރިވަމުން އަންނަ އަހަރެމެންގެ ދެވަނަ ބެލެނިވެރިންނެވެ. އެމީހުނަށް އިހުތިރާމާއި ލޯބި ދޭންވީ މިއަދު އެކަންޏެއް ނޫނެވެ. އަބަދުވެސް މެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.