Advertisement

އަލީ ރަމީޒް

22 Nov 2023
ލައިފްސްޓައިލް

"ޓަޗް" ހުރިތޯ ބަލާލަން އަލީ ރަމީޒް ކިޔާލި މަދަހައަށް ތައުރީފު އޮހިއްޖެ

ލަވަ ކިޔުމުގެ ދުނިޔޭގެ އެންމެ އުހުގައި އުދުހުމަށްފަހު، އެކަން ހުއްޓާލާ ފަހުން ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ އަލީ ރަމީޒް، އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އަޖުމަ ބަލާލުމަށް ކުރި ޕޯސްޓަކަށް އެތައް ބައެއްގެ ތައުރީފު އޮހިއްޖެއެވެ.

"ޓަޗް" ހުރިތޯ ބެލުމަށް ކަމަށް ބުނެ އަލީ ރަމީޒް ޙިއްސާކުރީ "ތިޔައޭ ރަސޫލަކީ" މި މަދަހައިގެ ކުޑަ ތަންކޮޅެއް ކިޔާލުމަށްފަހުއެވެ. މި ވީޑިއޯ ހިއްސާކުރުމާ އެކީ ގިނަ މީހުން ބުނަމުން ދިޔައީ، އަލީ ރަމީޒްގެ ރަން އަޑަށް އަދިވެސް ބަދަލެއް ނާންނަކަމަށެވެ.

އަލީ ރަމީޒް ސޯޝަލް މީޑިއާގައި ހިއްސާކުރި މަދަހަ

އޭގެ ފަހުން އަލީ ރަމީޒް ބުނެފައިވަނީ، އޭނާގެ ޕޯސްޓަށްފަހު އެ މަދަހަ އެއްކޮށް އަޑު އެހުމަށް ގިނަ ބަޔަކު ބޭނުންވެގެން އެދެމުން ދާތީ، ސްޓޫޑިއޯގައި ރެކޯޑް ކުރުމަށްފަހު ހުރިހާ އަޑު އެހުންތެރިންނަށް މަދަހަ ހަދިޔާ ކުރާނެ ކަމަށެވެ.

މި މަދަހައަކީ މީގެ 23 އަހަރު ކުރިން، 2000 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ރިލީޒްކުރި އަލީ ރަމީޒްގެ އެންމެ ފުރަތަމަ މަދަހައެވެ. މި މަދަހަ ހިމެނޭ "ވިނަވި" މަދަހަ ސީޑީ ނެރުނީ އެ އަހަރުގެ ރަމަޟާން މަހާ ދިމާކޮށެވެ. ރަސޫލާގެ މާތް ސިފަ ފުޅުތަކުގެ މައްޗަށް ހަދާފައިވާ މި ޅެމަކީ، މަޝްހޫރު ޅެންވެރިޔާ އާދަމް ހަލީމް އަދުނާނުގެ ޅެމެކެވެ.

"ވިނަވި" މަދަހަ ސީޑީގެ 500 ކޮޕީ ހިލޭ ބަހާފައިވާއިރު، އަލީ ރަމީޒް ވަނީ މި މަދަހަ ސީޑީ އޭރުގެ ރައީސް، ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ވެދުމަށް ވެސް އަރުވާފައެވެ.

ހަވީރު ނޫސް، 27 ނޮވެމްބަރ 2000

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.