Advertisement

04 Nov 2023
ލައިފްސްޓައިލް

ޑޭވިޑް ލީޗްގެ އައު ފިލްމު 'ދަ ފޯލް ގާއި' އަކީ އޭނާގެ ދިރިއުޅުމާ ގުޅިފައިވާ ފިލްމެއް

ސްޓަންޓް މަނުންނަކީ ވަރުގަދަ އެކްޝަން ފިލްމުތަކުގެ މައިގަނޑު އެއް ތަނބެވެ. ސަބަބަކީ ގިނަ އެކްޓަރުންނަށް މިފަދަ ވަރުގަދަ އެކްޝަން ސީންތައް އަމިއްލައަށް ހަދަން ނުކެރުމެވެ. އަނެއްކަމަކީ މި ސީންތަކުގެ ރިސްކު ބޮޑުވުމެވެ. އެހެންކަމުން އެކްޓަރުންގެ ބޮޑީ ޑަބަލް ހޯދައިގެން މި އެކްޝަން ސީންތައް ކުޅޭއިރު ފިލްމު ބަލާ މީހުނަށް ހަމަ ހީވާނީ މިއީ އެކްޓަރުގެ މޮޅު ސްޓަންޓްތައް ކަމަށެވެ. ނަމަވެސް، ފަރުދާގެ ފަހަތުގައި ފޮރުވިފައިވާ ސްޓަންޓް މަނުންގެ ބުރަ މަސައްކަތް ހަމަ އެގޮތުގައި ފޮރުވިފައި އޮންނަނީއެވެ.

ދަ ފޯލް ގާއި ޓްރެއިލަރ

ޑޭވިޑް ލީޗްއަކީ ހޮލީވުޑް ފިލްމުތައް ބަލާ ފަރާތްތަކަށް އައު ނަމަކަށް ނުވާނެއެވެ. 'ޖޯން ވިކް' ، 'ޑެޑް ޕޫލް' 'އެޓޮމިކް ބްލޮންޑް' ފަދަ ވަރުގަދަ އެކްޝަން ފިލްމުތައް ޑޭވިޑް ލީޗް ވަނީ މިހާތަނަށް ގެނެސްދީފައެވެ. ސްޓަންޓް މަނެއްގެ ގޮތުގައި ކެރިއަރ ފެށި ޑޭވިޑް ލީޗްގެ ކުރިއަށް އޮތް ފިލްމަކީ 'ދަ ފޯލް ގާއި' އެވެ. މި ފިލްމުގައި ރިޔާން ގޯސްލިންގ ކުޅެނީ ސްޓަންޓް މަނެއްގެ ރޯލެވެ. އެހެންކަމުން މިއީ ޑޭވިޑް ލީޗްގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ފިލްމެއްކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. ސްޓަންޓް މަނެއްގެ ގޮތުގައި ކެރިއަރ ފެށި ޑޭވިޑް ލީޗް އަކީ މިހާރު ކާމިޔާބު ޕްރޮޑަކްޝަން ހައުސްއެއް ހިންގާ ފަރާތެކެވެ.

'ދަ ފޯލް ގާއި' ގެ ޓްރެއިލަރ މިހާރު ނެރެފައިވާއިރު، ރިޔާން ގޯސްލިންގ ގެ އިތުރުން މި ފިލްމުގައި އެމިލީ ބްލަންޓް، އާރަން ޓެއިލަރ ވެސް ހިމެނެއެވެ. މި ފިލްމު ރިލީސްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ. މި ފިލްމުގެ ޓްރެއިލަރ އަށް މިހާރުވެސް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.