Advertisement

22 Oct 2023
މުނިފޫހިފިލުވުން

ޔާރާގެ ސީޒަން-2 ފަށައިގެން ކުރިއަށް ދަނީ

މި އަހަރު ޔާރާ ޕްރޮޑަކްޝަންސް އިން ބައިސްކޯފް މެދުވެރިކޮށް ގެނެސްދޭންފަށާފައިވާ 'ޔާރާ' ގިނަބައެއްގެ ލޮލުގައި އަޅައިގަތީ މި ޕްރޮޑަކްޝަން ހައުސް އާއްމުންގެ މެދުގައި އެންމެ މަޝްހޫރުވެފައިވާ ނަން ބޭނުންކޮށްގެން ސީރީޒް އެއް ހަދާތީއެވެ. ދެން އަނެއްކާވެސް ފެނުނީ ރިޝްމީ އާއި އައްޒަ ދެބެންގެ ރޯލް ކުޅެ، އެމީހުންގެ މަންމަ އައިމިނަތު ރަޝީދާ ހަމަ މަންމަގެ ރޯލުން ފެނިގެންދާތަނެވެ. މިފަދަ އެތައް ކަމަކާ ގުޅިގެން ޔާރާ ސީރީޒް އޮތީ ވަރަށް ހާއްސަވެފައެވެ.

އެޕްރީލް މަހު ސްޓްރީމްކުރަން ފެށި މި ސީރީސްގެ ފުރަތަމަ ދެ އެޕިސޯޑު އޮލިމްޕަހުގައި ޕްރެމިއަރ ކުރިއެވެ. އަދި ފުރަތަމަ އެޕިސޯޑުގައި ވެސް ވަނީ ވަރަށް ހާއްސަ ލަވަ ސެޓެއް ހިމެނިފައެވެ. 2000 ވަނަ އަހަރުގެ ކުރީކޮޅުގައި މަޝްހޫރުވި ޔާރާ ލަވަ ސީޑީތަކުގައި ހިމެނޭ ލަވަތައް މިލަވަ ސެޓުން ފެނިގެންދިއައެވެ.

ސީޒަން 01 ގެ ބާރަ އެޕިސޯޑު ނިންމާލުމަށްފަހު، މިސީރީޒްގެ 02 ވަނަ ސީޒަންގެ އެޕިސޯޑުތައް ސްޓްރީމްކުރަން ފަށާފައިވަނީ އޮކްޓޫބަރު 05 ވަނަ ދުވަހުއެވެ. އެގޮތުން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ 9 ޖަހާއިރު އައު އެޕިސޯޑެއް އަނެއްކާވެސް ބެލުންތެރިންނަށް ބަލާލަން ލިބޭނެއެވެ.

04 ސީޒަނަކަށް ބަހާލައިގެން ނެރޭ މިސީރީޒް ޑައިރެކްޓު ކުރަނީ އައިޝަތު ރިޝްމީއެވެ. އަދި ލިޔުނީ އަހުމަދު އިޤްބާލްއެވެ. ޔާރާގެ އެޕިސޯޑުތަކުން ގާތްގަނޑަކަށް 90 އަށްވުރެ ގިނަ މަޝްހޫރު ފަންނާނުން ފެނިގެންދާނެއެވެ. މިއީ އާއިލީ މައްސަލަތަކާއި ދެމަފިރިންނާއި ލޯބިވެރިން އަދި ރައްޓެހިންގެ މެދުގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ސީރީޒްއެކެވެ. ސީރީޒްގެ ކޮސްޓިއުމާއި ސެޓްތަކަށް ވަރަށް މަސައްކަތް ކޮށްފައިވާއިރު މި ސީރީޒް އަކީ މިހާރު ބައިސްކޯފުގައި އެންމެ ހިނގަމުންދާ ޝޯވއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.