Advertisement

06 Oct 2023
މުނިފޫހިފިލުވުން

ނެޓްފްލިކްސް އިން ހަފްތާ ބަންދުގައި ބަލާލަން ރަނގަޅު ފިލްމު/ސީރީސްތައް

ނެޓްފްލިކްސްއަށް ކޮންމެ ބުރާސްފަތި އަދި ހުކުރެއްގައި އައު ކޮންޓެންޓް އާދެއެވެ. އެކި ގައުމުތަކުގެ އެކި ވައްތަރުގެ ފިލްމު ތަކާއި ސީރީސްތަކެވެ. އެގޮތުން މިހާރު ސްޓްރީމް ކުރަމުންދާ ފަރާތްތަކަށް މިއޮތީ ރަނގަޅު ލިސްޓެކެވެ.

ކޫފިޔާ

ވިޝާލް ބަރްދަވާޖްއަކީ އިތުރު ތަޢާރަފަކަށް ބޭނުންނުވާވަރުގެ މޮޅު ފިލްމުތައް ގެނެސްދީފައިވާ ފަރާތެކެވެ. އޭގެތެރޭގައި 'އޯމްކާރާ'، 'ކަމީނޭ' އަދި 'ހައިދަރު' ހިމެނެއެވެ. މިފަހަރު ވިޝާލް މިގެނެސްދޭ ފިލްމަކީ ވެސް ތްރިލާ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ރަނގަޅު ފިލްމަކަށް ވާނެއެވެ. ލީޑް ރޯލުން ތާބޫ، ވަމިކާ އަދި އަލީ ފަޒަލް ފަދަ ތަރިން ފެނިގެންދާ މި ފިލްމަކީ ފެށިގެން ނިމެންދެން ވެސް ޝައުގުވެރި ފިލްމެކެވެ

ލުޕިންޕާޓް 3

ލުޕިން އަކީ މަޤްބޫލުކަން މިހާރުވެސް ހޯދާފައިވާ ފްރެންޗް ސީރީސްއެކެވެ. ބައްޕަގެ ބޮލުގައި ވައްކަމުގެ ތުހުމަތެއް އަޅުވައިގެން އެކަމުގެ ބަދަލު ހިފުމަށް އޭނާގެ ދަރި ނުކުމެ ކުރާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ސީރީސްއަކީ ފްރާންސްގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ޝައުގުވެރި ސީރީޒްއެކެވެ. އަދި ޕާޓް 3 އިން އަނެއްކާވެސް އައު ކަންތައްތަކެއް ފެނިގެންދާނެއެވެ.

އާރް.ޑީ.އެކްސް

މިއީ ބަލާލަން އެއްވަނައިގެ މަލަޔާލަމް ފިލްމެކެވެ. މާޝިއަލް އަރޓްސްއަށް މޮޅު ތިން ބެއިންގެ ވާހަކަ ދައްކުވައިދޭ މި ފިލްމު ވެސް ބިނާވެފައިވަނީ ބަދަލު ހިފުމެއްގެ މައްޗަށެވެ. އަދި މީގެ އެކްޝަން ސީންތަކާއި ކްލައިމެކްސް އަށް ފުރިހަމަ ތަޢުރީފް ހައްގެވެ.

ބެކަމް

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ހަޔާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސީރީސްއަކީ ފުޓުބޯޅަ އަދި ހާއްސަކޮށް ބެކަމްގެ ފޭނުން ބަލާލަން ރަނގަޅު ޑޮކިއުމަންޓްރީއެކެވެ. މި ސީރީސްގައި ބެކަމްގެ ކެރިއަރގެ އެންމެ ކުރިން ފެށިގެން އަދާ ހަމައަށް ނޭނގޭ އެތައް ވާހަކަތަކެއް ހިއްސާކޮށްފައި ވެއެވެ.

ހުޝީ

ވިޖޭ ޑުވަރަކޮންޑަރ އަދި ސަމަންތާގެ ފޭނުންނަށް މިއީ ބަލާލަން ރަނގަޅު ލޯބީގެ ފިލްމެކެވެ. ފިލްމުގައި ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ވަރަށް ރަނގަޅު ސޯޝަލް މެސެޖާއެކު ފޯރުކޮށްދީފައި ވެއެވެ. އަދި މިއީ އަމިއްލަ ޕާޓްނަރާއެކު ބަލާލަން ރަނގަޅު ފިލްމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.