Advertisement

ފޮޓޯ: އެސްޓީއޯ

17 Aug 2023
ލައިފްސްޓައިލް

އެސްޓީއޯގެ މުވައްޒަފުން ބޭނުންކުރުމަށް ޖިމެއް ހުޅުވައިފި

އެސްޓީއޯ ސްޓާފް ޖިމް އެސްޓީއޯ ގްރޫޕްގައި ހިމެނޭ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ. އެސްޓީއޯ ސްޓާފް ކުއާޓާޒްގައި ހުންނަ މިޖިމް ހުޅުއްވައިދެއްވީ އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ އަބްދުﷲ ސައީދުއެވެ.

އެސްޓީއޯ ސްޓާފް ޖިމްއަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ޖިމްއެކެވެ. އަދި މިޖިމަކީ ޖާގައިގެ ގޮތުން ތަނަވަސް، ގިނަ ބަޔަކަށް އެއްފަހަރާ ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.

ޖިމް ހުޅުވުމުގެ ގޮތުން އެސްޓީއޯ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯ އެމްޑީ އަބްދުﷲ ސައީދު ވިދާޅުވީ ޖިމް ބޭނުން ކުރުމަށް އެސްޓީއޯ ގްރޫޕްގެ އެއްވެސް މުވައްޒަފެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެކަމަށެވެ.

އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ އަބްދުﷲ ސައީދު ޖިމް ބައްލަވާލައްވަނީ

ޖިމްގެ އެންޓްރެންސް ފީ ހިލޭ ކުރުމުގެ އިތުރުން، މުވައްޒަފުން ޖިމްގައި ކަސްރަތު ކުރާ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޓްނަސް އިންސްޓްރަކްޓާއެއްގެ ހިދުމަތްވެސް ކުންފުނީގެ ހަރަދުގައި ފޯރުކޮށްދޭނެއެވެ.

މުވައްޒަފުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އިސްކަންދީގެން ޖިމްގައި ފިޓްނަސް އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.