Advertisement

ފޮޓޯ: ދޯ އެމްވީ

03 Sep 2023
ލައިފްސްޓައިލް

ޖަލުގައި ބަފާއަށް ވީގޮތުގެ ވާހަކަ ލަބާންގެ ދުލުން

2015 ވަނަ އަހަރު އޭރުގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ހިންގި މުޒާހަރާގައި ހައްޔަރުކޮށް 5 އަހަރުދުވަހުގެ ޖަލުހުކުމެއް އައިސްފައިވާ ލަބާން ޝަރީފް މިއަދު ހުރީ މިނިވަންވެ ސަރުކާރުގެ މަޤާމެއްގައެވެ. ނަމަވެސް ކުރީ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކައަކީ އޭނާގެ ހަނދާނުން ފުހެލަން ދަތި ހަނދާންތަކެއްކަން މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އަދުގެ ސަރުކާރުގައި ބިރުވެރިކަމެއް ނެތި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުގެ މާނައަކީ ބިރުވެރިކަންމަތީ ޖަލުގައި ދުވަސްތަކެއް ހޭދަކުރުން ނޫންކަން ލަބާން ވަނީ އޭނާގެ ޓުވިޓަރ އެކައުންޓުގައި ހާމަކޮށްފައެވެ. މިމޭރުމުން ވާހަކަ ދައްކަމުން ޒުވާންނުނަށް މިހާރު އަސްލު މިނިވަންކަން ލިބިފައިވާކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ. މާފަންނު އުތުރު ކަންމަތީ ޖަލްސާގައި މިދިޔަ ހަފްތާ ބޭއްވި ޖަލްސާގައި އޭނާގެ ދުލުން ރައްޔިތުންނަށް ކިޔާދީފައިމިވަނީ ލަބާން ވެސް ޖަލުގައި ހޭދަކުރި ދުވަސްވަރު އަނިޔާ ލިބި މިދުނިޔެ ދޫކޮށްފައިވާ އެކެއްގެ ވާހަކައެވެ

ލަބާންގެ ޓްވީޓް

ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ލަބާން އާއި އެއް ޔުނިޓެއްގައި ހުރި އަބްދުالله ރަޝީދު, އެންމެން ކިޔާ ގޮތުން ނަމަ ބަފާ, އަކީ މީހުންނާ ގުޅޭ ވަރަށް ހިތްހެޔޮ މިޒާޖެއްގެ މީހެއްކަން ލަބާންގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކުގައި މިހެން އުޅުމުގެ ތެރޭގައި އެއްދުވަހު އަބްދުالله ރަޝީދު އައިސް ވަރަށް ބޮޑަށް ބަނޑަށް އުނދަގޫވާ ވާހަކަ ލަބާން ކައިރީ ބުނެފައިވާކަމަށާއި ޖަވާބުގައި ބޭސް ދޭން އަންނަ ގަޑީގައި ބޭސް ކާލުމުން ރަނގަޅުވެދާނެކަމަށް އޭނާ ގާތު ބުނިކަމަށް ބުންޏެވެ. ދެން އެރޭ ހުރިހާ ގައިދީން ގޮޅިއަށް ވަންނަ ގަޑި ޖެހުމުން ގޮޅިއަށް ވަދެ އެންމެންވެސް ނިދިކަމަށާއި ޖެހިގެން އައި ދުވަހު ހޭލައިގެން ގޮސް އަބްދުالله ރަޝީދުގެ ހާލަކީ ކޮބައިތޯ ބަލާލަން ލަބާން ވެސް ދިޔަކަމަށް އޭނާގެ ވާހަކަގައި ފާހަގަކުރިއެވެ.

އޭރުވެސް އަބްދުالله ރަޝީދުގެ ހާލު ރަނގަޅު ނޫންކަމާއި ރޭގަނޑުވެސް އިރުއިރުކޮޅާ ފާޚަނައަށް ދެވުނުކަން ކައިރީގައި ތިބި އެހެން ޤައިދީން ފާހަގަކުރިކަމާ، އިތުރަށް ބެލުމުން އަބްދުالله ރަޝީދަށް ބޮޑުކަމު ދެވުނުއިރު އެ އެއްޗެހީގައި ލޭހުރިކަން ލަބާން ހާމަކުރިއެވެ. އެވަގުތު ކައިރީގައި އުޅޭ އެންމެނަށްވެސް މިއީ "އިންޓަރނަލް ބްލީޑިންގ" ގެ މައްސަލައެއްކަމަށް އެއްބަސްވެވުނުކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން ޑިއުޓީގައި ތިބި އޮފިސަރުންގެ ސަމާލުކަމަށް މިކަން ގެނެސް އިރުއިރުކޮޅާ އަބްދުالله ރަޝީދުގެ ހާލު ޕްރިޒަން އޮފިސަރުންނަށް ހާމަކުރަމުން ގޮސްފައިވާނެކަމާއި، ނަމަވެސް ޕްރިޒަން އޮފިސަރުންނަށް މިއީ މާބޮޑު ކަމަކަށް ނުވާކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. އަދި ވަގުތީ ލުޔެއް ލިބޭނެ ކަހަލަ ބޭހެއް އަބްދުالله ރަޝީދަށް ދިނުމަށްފަހު އެވަގުތަށް ހަމަޖައްސާލަމުން ގޮސްފައިވާކަމަށް ލަބާން ބުނެފައިވެއެވެ

އެދުވަހުގެ ހަވީރުވީ ފަހުން އަބްދުالله ރަޝީދުގެ ހާލު ވަރަށް ގޯސްވެފައިވާކަން ލަބާންގެ އިތުރުން އެޔުނިޓުގައި ތިބި އެހެން ޤައިދީންނަށް ފާހަގަކުރެވުމުން އަބްދުالله ރަޝީދު އަތްދަނޑި މައްޗަށް ލައިގެން ގޮސް އެންމެންވެގެން ގޭޓުގައި ތަޅާ، ގޭޓު ހުޅުވާ ދިނުމަށާއި އޭނާގެ ހާލު ދެރަވެގެން "މިއޮށް މަރުވަނީ" އޭ ގޮވާ ޕްރިޒަން އޮފިސަރުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރިކަމަށް ބުންޏެވެ. ދެންވެސް އަބްދުالله ރަޝީދަށް އަވަސް ފަރުވާއެއް ހޯދާ ދިނުމަށް ޕްރިޒަން އޮފިސަރުން އަވަސްވެ ގަނެފައި ނުވާކަމާއި، އެތަކެއް އިރެއްވީ ފަހުން ގޭޓު ހުޅުވުމަށްފަހު އަބްދުالله ރަޝީދު ގެންގޮސް ޕްރިޒަން އޮފިސަރުންގެ ބަންކަރެއްގައި ބާއްވާފައިވާކަމާއި، މީގެ ގަޑިއެއްހާ އިރު ފަހުން އަނެއްކާވެސް އަނބުރާ ގޮޅިއަށް ގެންދިޔައީކަމަށް ބުނިއެވެ.

ޖެހިގެން އައިދުވަހު އިރުއެރި ފަހުން ލަބާން މެންނަށް ލިބުނު ހަބަރަކީ އަބްދުالله ރަޝީދު ހެނދުނުގެ ވަގުތެއްގައި ފާޚަނަ ތެރެއަށް ވެއްޓުނުކަމަށާއި އަދި އެމަޖެންސީގައި މާލެ ގެންދިޔަކަމަށެވެ. ހަމަ އޭގެ ކުޑަ އިރުކޮޅެއް ތެރޭގައި އަބްދުالله ރަޝީދު ނިޔާވި ޚަބަރު ވެސް ލިބުނުކަމަށް ބުނިއެވެ. ދެން ހަމަ އެވަގުތު ޕީ.އެސް.ޖީ އައިސް ލަބާންމެން ތިބި ޔުނިޓުގެ ގޮޅިތަކުގެ އެތެރެއާއި އެޔުނިޓުގައި ތިބި ހުރިހާ ޤައިދީން ބަލާ ފާސްކޮށް، މުޅިތަން އެފުށް މިފުށުން ޖެހިކަމަށާއި، މިއީ ލަބާން އާއި ގޮޅީގައި ތިބި އެހެން ޤައިދީންގެ ފަރާތުން ޖަލުން ބޭރަށް މިޚަބަރު ގޮސްދާނެތީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ކުރިކަމެއްކަން ފާހަގަކުރިއެވެ

މިއަދު ލަބާން މިވާހަކަ މިދައްކަނީ "އެދުވަހުގެ އެ އަނިޔާވެރިކަން މިގޮތަށް އިޙްޞާސްވެފަ ހުރީމަ ތިމީހުން މިއަދު އެމަސައްކަތް ކުރަން ނުޖެހޭނެ ގޮތަކަށް މަސައްކަތް ކުރުވަން ވެގެން، އެންމެން ވެސް މިގޮތަށް މަސައްކަތް ކުރަން ބޭނުންވާތީ" ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި ޖަލުގައި އޭރު ފެނުނު ދުވަސްތަކަކީ ޙަޤީގަތުގައި ވެސް ވަރަށް ބިރުވެރި ދުވަސްތަކެއްކަމަށް ވެސް ލަބާން ފާހަގަކޮށްފައިވެއެވެ

ކަންމިހެން އޮތްކަމުގައިވީ ނަމަވެސް އެ އަނިޔާވެރިކަމަށް އަނބުރާ ދިއުމާއި ނުދިއުން މިއަދު އޮތީ އަޅުގަނޑުމެން އެންމެންގެ އަތްމަތީގައިކަމަށާއި، ކުރިއަށް މިއޮތް ރިޔާސީ އިންތިޙާބުގައި ވޯޓު ދެއްވާ އިރު ހުރިހާ ބޭފުޅުން ވެސް މިއަނިޔާވެރިކަމާއި މެދު ކޮންމެވެސް ވަރަކަށް ވިސްނާލުމަށް ފަހު ފާހަގަ ޖަހަން ރަނގަޅުކަމަށް ފެންނަކަމަށް ލަބާން ބުނެފައިވެއެވެ.

ލަބާން ދެކޭ ގޮތުގައި މިހާރު މިވަނީ މަންޒަރު ބަދަލުވެފައެވެ. އަދި މިއީ ބަދަލެއް ގެނައުމަށް ނުވަތަ ކުރިއަށް ދާންޖެހޭކަން ވަގުތުކަން ވެސް އޭނާ ހާމަކޮށްފައިވެއެވެ. ވަކި ބައެއްގެ މަންފާއަށް ކަޅު އަނދިރި މާޒީ އިޔާދަ ވިޔަ ނުދިނުމަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު ވިސްނާލުން ރަނގަޅުކަމަށް ވެސް އޭނާ ބުނިއެވެ.

އިތުރު އާޓިކަލް
02 Oct 2023
ޚަބަރު
އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޔޮ ވެރިކަމެއް ކޮށްދެވުން: ރައީސް
ފާއިތުވި ފަސް އަހަރު ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށާއި އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
02 Oct 2023
ޚަބަރު
ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރ 11 ގައި ވެރިކަން ބަދަލުވާނެ: ރައީސް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ނޮވެމްބަރު 11 ވަނަ ދުވަހު ބަދަލުކުރުމަށް ޤާނޫނީ ހުރަހެއް ނެތްނަމަ އެގޮތަށް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
02 Oct 2023
ޚަބަރު
އިންތިހާބުގެ ދާއިމީ ނަތީޖާ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރާނެ: އީސީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ވަގުތީ ނަތީޖާ އަދި ޖުމްލަ ނަތީޖާ އިޢުލާންކޮށް މިހާރު ވަނީ ނިމިފައެވެ.
02 Oct 2023
ޚަބަރު
ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރީގެ ސީއެޗްއެސްއީ އިމާރާތައް
މާލެއިން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށްދާނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައިކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ. މި މަސައްކަތް މިހާތަނަށް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ސިންތެޓިކް ޓްރެކްގައެވެ.