Advertisement

06 Nov 2023
މުނިފޫހިފިލުވުން

ކަޒްމިކް އިންޓަރނޭޝަނަލްގެ ފުރަތަމަ ފީޗަރ ފިލްމު 'ފްރީ ޑެލިވަރީ' އޮލިމްޕަހުގައި ދައްކަން ފަށައިފި

ކަޒްމިކް އިންޓަރނޭޝަނަލް އޭ ބުނުމުން ނޭނގޭ ފަރާތްތަކެއް ތިބެދާނެއެވެ. ނަމަވެސް، މި ޕްރޮޑަކްޝަން ހައުސް ފަހަތުގައި ވެސް އޮތީ ކާމިޔާބު ފިލްމުތައް އޮލިމްޕަހަށް ގެނެސްދެމުން އަންނަ އައިފިލްމްސްގެ ޓީމެވެ. 'ބަވަތި' 'ނީނާ' ފަދަ މޮޅު ފިލްމުތަކެއް ގެނެސްދީފައިވާ މި ފަރާތްތަކުން މިފަހަރު މި ގެނެސްދެނީ ކަޒްމިކް އިންޓަރނޭޝަނަލްގެ ފުރަތަމަ ފީޗަރ ފިލްމު 'ފްރީ ޑެލިވަރީ' އެވެ.

ޑާކް ކޮމެޑީ ޖޮންރާއަށް ގެނެސްދޭ މި ފިލްމަކީ ކޮމެޑީގެ އިތުރުން ސަސްޕެންސް ހިމެނޭ ފިލްމުތަކަށް ލޯބިކުރާ ފަރާާތްތަކަށް ރަނގަޅު ފިލްމަކަށް ވާނެއެވެ. ފިލްމުގައި ގިނަ ތަރިންތަކެއް ހިމެނޭއިރު ލީޑު ރޯލް ތަކުން ފެނިގެން ދާނީ ތާތި، އައިޝާ، ރައުފަތު، ޝާރިފް އަދި ވާޝިޔާއެވެ. މީގެއިތުރުން ހާއްސަ ފެނިލުންތަކުން އެތައް ތަރިންނެއް މި ފިލްމުގައި ފެނިގެން ގޮސްފައިވެއެވެ.

'ފްރީ ޑެލިވަރީ' ފިލްމުގެ ޓްރެއިލަރ

ފިލްމުގެ ކުޑަ ރިވިއު އަކަށް ދާނަމަ، ގިނަ ކަންތައްތަކެއް ފިލްމުން ކަމުދިއައެވެ. އޭގެތެރޭގައި އުފައްދާފައިވާ ކެރެކްޓަރ ތަކާއި، ހާލަތްތަކުން ބެލުންތެރިންނަށް ފޫހިނުވެ ފިލްމު ފެށިގެން ނިމެންދެން ބަލާލެވޭނެއެވެ. މެއިން ކާސްޓުގެ އެކްޓިންގ ވެސް ޖުމްލަގޮތެއްގައި ވަރަށް ރަނގަޅެވެ. ބައެއް ޑައިލޮގްތަކުން މުޅި ހޯލު ވެސް ހުނުމުގެ އަޑުން ގުގުމާލައެވެ. ގިނަ ބަޔަކަށް ޔަގީނުން ވެސް އައިޝާގެ ކެރެކްޓަރ ވަރަށް ކަމުދާނެއެވެ. ސަޕޯޓިންގ ކާސްޓުންގެ ތެރެއިން އެންމެ ކޮންފިޑެންޓްކޮށް ފެނުނީ ވަރަށް ކުޑަ ރޯލަކުން ބޮޑު އިމްޕެކްޓެއް ކްރިއޭޓް ކުރި ފައިރޫއެވެ. ދެން ކަމުނުދާ ދެތިން ކަމަކަށް ބަލާލާނަމަ، ސައުންޑް މިކްސިންގ ގައި އުދަނގޫ ކަންތައްތަކެއް ހުއްޓެވެ. އަދި ފިލްމުގެ ކަލަރ ގްރޭޑިންގައި ރޭގަނޑުގެ ބައެއް ސީންތަކުގައި ވަރަށް ކުލަ ގަދަކަން ފާހަގަކުރެވުނެވެ. އަދި ބައެއް ޗޭސް ސީންތައް ތަންކޮޅެއް ދިގުލައިގެން ގޮސްފައި ވެއެެވެ. އެކަމަކު މިއީ އެންމެން އެއްކޮށް ބަލާލަން މަޖާ ދިވެހި ފިލްމަކަށް ވާނެއެވެ. ހުސް ވަލްގަރ ޑަބަލް މީނިންގ ޑައިލޮގްސް ލައިގެން ނޫނަސް ކޮމެޑީ ހެދިދާނެކަން އިއްލެ މިވަނީ މި ފިލްމާއެކު ސާބިތު ކޮށްދީފައެވެ.

'ފްރީ ޑެލިވަރީ' ނޮވެމްބަރ މަހުގެ 04 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، ޓިކެޓް ބުކް ކުރުމަށް ގުޅުއްވާނީ 7242555 އަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.