Advertisement

ޑޭވިޑް ބެކަމް އާއި ވިކްޓޯރިއާ ބެކަމް

07 Oct 2023
ލައިފްސްޓައިލް

ބެކަމްއަށް 'މަރުދިން' ކުދިން އެ ހަނދާންތައް އާކޮށްލަންވީ ވަގުތު އައިސް ޖެހިއްޖެ

ޑޭވިޑް ބެކަމްއަކީ ގިނަ ބަޔަކު މެންޗެސްޓަރ ޔުނައިޓެޑަށާއި އަދި އިންގްލެންޑްގެ ގައުމީ ޓީމަށް ލޯބި ޖެހުނު އެއް ސަބަބޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. މީގެއިތުރުން ބެކަމް ފުޓުބޯޅަ ކުޅޭތީ މި ކުޅިވަރު ބަލަން ފެށި ފިރިހެން ކުދިންނަށް ވުރެން، މި ޝައުގު ބޮޑަށް އުފެދުނީ އަންހެން ކުދިންގެއެވެ. ހަމަގައިމުވެސް ރާއްޖޭގައި ބެކަމްއާ ހެދި "މޮޔަވި" އަންހެން ކުދިން މަދެއް ނޫނެވެ. ބެކަމް ފުޓުބޯޅަ ކުޅުން ހުއްޓާލުމާއެކީ، އެ ކުދިންނަށް ލިބުނު މޮޅިވެރިކަން ފިލުވާލަންވީ ވަގުތު މިއޮތީ އައިސްފައެވެ. ބެކަމްގެ ދިރިއުޅުމާއި ފުޓުބޯޅަ ހަޔާތުގެ މުހިންމު ވާހަކަތަކެއް ގެނެސްދޭ އޭނާގެ ޑޮކިއުމެންޓަރީ މިދިޔަ ބުދަ ދުވަހު ނެޓްފްލިކްސް އިން އާންމުކޮށްފައިވާއިރު، މިއީ އެ ހަނދާންތައް އާކޮށްލަންވީ ވަގުތެވެ

ދުނިޔެ ދުށް މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޑޭވިޑް ބެކަމްގެ ތަރި އުދަރެހުން އެރީ 1996 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޕްރިމިއަރ ލީގު މެޗެއްގައި ދަނޑުގެ މެދު ރޮނގާއި ހިސާބުން އޭނާ ކާމިޔާބު ކޮށްދިން މޮޅު ގޯލުންކަން ގިނަ މީހުން ގަބޫލު ކުރެއެވެ. މި ތަރީގެ ބެބުޅުން ގަދަވެގެން ދިޔައީ އޭނާގެ ފުޓުބޯޅަ ކުޅުމުގެ މޮޅު ހުނަރުގެ އިތުރުން، އޭނާ ލޯބީގެ ގޮތުން ސްޕައިސް ގާލްސްގެ ވިކްޓޯރިޔާއާ ގުޅުނު ހިސާބުންނެވެ.

އެކަޑަމީ އެވޯޑް ހާސިލްކޮށްފައިވާ މަޝްހޫރު ފިޝަރ ސްޓީވެންސް ޑައިރެކްޓްކޮށްފައިވާ މި ޑޮކިއުމެންޓްރީގައި އެއްގަޑިއިރުގެ ހަތަރު އެޕިސޯޑް ހިމެނެއެވެ. މި ޑޮކިއުމެންޓްރީގައި ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރިއަކަށް ވުމަށް ބެކަމް ކުރި ދަތުރާއި، ފުޓުބޯޅަ ކެރިއަރުގައި ލިބުނު ކާމިޔާބީތަކާއި އަދި ކުރިމަތިވި ގޮންޖެހުންތައް ގެނަސްދީފައިވެއެވެ. ހާއްސަގޮތެއްގައި، ބެކަމްއާއި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ސަރ އެލެކްސް ފާގަސަންގެ ގުޅުމާއި، ވިކްޓީރިއާ ބެކަމްއާއެކު ހޭދަކުރަމުން އަންނަ 24 އަހަރުގެ ކައިވެނީގެ ވާހަކަތައް ހިމެނެއެވެ

ބެކަމްގެ ޑޮކިއުމެންޓްރީ ނެޓްފްލިކްސް އިން ދައްކަން ފެށި ހިސާބުން އޭނާއަށް ސޯސަލް މީޑިއާގައި ފޮލޯކުރާ މީހުންގެ އަދަދު ކުރިޔަށް ވުރެން އިތުރުވާން ފަށާފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.