Advertisement

03 Nov 2023
މުނިފޫހިފިލުވުން

ޝާހްރުކް ޚާންގެ އުފަންދުވަހު ފޭނުންނަށް 'ޑަންކީ' ގެ ފުރަތަަމަ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ކިންގް ޚާންގެ އުފަންދުވަސް އޭނާގެ ފޭނުން އަބަދުވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. ހާއްސަކޮށް، އެދުވަހު އޭނާ ދިރިއުޅޭ ގެ ކަމުގައިވާ 'މަންނަތު' ކައިރިއަށް އެތައް ހާސް ބަޔަކު އެއްވެއެވެ. މިފަހަރު ވެސް އެ ހުރިހާ ކަމެއް އޮތެވެ. ނަމަވެސް ފޭނުން އުފާ ކޮށްދިނުމަށް ޝާހްރުކް ޚާން ވަނީ ވަރަށް ހާއްސަ ދެކަމެއް ކޮށްފައެވެ. ފުރަތަމަ ކަމަކީ މިއަހަރުގެ އެންމެ ބޮޑު ހިޓު 'ޖަވާން'ގެ އެކްސްޓެންޑެޑް ކަޓެއް ނެޓްފްލިކްސް އަށް ދޫކޮށްލުމެވެ. އަނެއް ކަމަކީ އޭނާގެ ކުރިއަށް ނުކުންނަން އޮތް ފިލްމު 'ޑަންކީ'ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދޫކޮށްލުމެވެ.

'ޑަންކީ' އަކީ ދެވަނަ ތަޢާރަފަކަށް ބޭނުންނުވާ ޑައިރެކްޓަރެއް ކަމުގައިވާ ރާޖްކުމާރް ހިރާނީ އެނބުރި ޑައިރެކްޝަނަށް އަންނަ ފިލްމެވެ. މިއީ މިހާތަނަށް މުޅިން ވެސް ސުޕަރހިޓް ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 'މުންނާ ބާއީ އެމް.ބީ.ބީ.އެސް' ، '3 އީޑިއަޓްސް' އަދި 'ޕީކޭ' ފާހަގަކޮށްލެވެއެވެ. ރާޖްކުމާރް ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ އޭނާާގެ ގިނަ ފިލްމުތަކުން ފެނިގެންދިއަ ސަންޖޭ ދަތްގެ މައްޗަށް އުފެއްދި ބަޔޮޕިކް ކަމުގައިވާ 'ސަންޖޫ' އެވެ. 2018 ވަނަ އަހަރުގެ މި ފިލްމަށް ވެސް ބެލުންތެރިންގެ އެތައް ސަޕޯޓެއް ލިބުނެވެ. އަދި ރަންބީރް ކަޕޫރުގެ އެކްޓިންގއަށް އެތައް ތައުރީފެއް ލިބުނެވެ.

'ސަންޖޫ' އަށް ފަހު ރާޖްކުމާރް ހިރާނީ މި ގެނެސްދެނީ 'ޑަންކީ' އެވެ. މިއީ ރާޖްކުމާރް ހިރާނީ އާއި ޝާހްރުކްޚާންގެ ފުރަތަމަ ކޮލަބޮރޭޝަނެވެ. އެހެންކަމުން، ގިނަބަޔަކު އަނެއްކާވެސް އުއްމީދު ކުރަނީ މޮޅު ޖަޒުބާތުން ފުރިގެންވާ ފިލްމަކަށް މި ފިލްމު ވެސް ވެގެންދާނެ ކަމަށެވެ. 'ޑަންކީ' ގައި ޝާހްރުކް ޚާންގެ އިތުރުން ތާޕްސީ ޕައްނޫ، ވިކީ ކައުޝަލް އަދި ބޮމަން އިރާނީ ވެސް ފެނިގެންދާނެއެވެ. މި ފިލްމު ބެލުންތެރިންނަށް ފެނިގެންދާނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.