Advertisement

28 Oct 2023
ލައިފްސްޓައިލް

ފަލަސްތީނަށް އެހީވުމަށް ހާއްސަ ދިވެހި ފިލްމު ފެސްޓިވަލެއް

ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހިން ދަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެތައް ހަރަކާތަކާއި އިވެންޓްތައް ހިންގާފައިވާއިރު މިހާތަނަށް އެތައް މިލިއަން ފައިސާގެ އެހީ ހޯދާފައިވެއެވެ. ހަމަ މިގޮތަށް ދިވެހި ފިލްމީ ފަންނާނުން ވެސް ވަނީ 'އިންސާނިއްޔަތަށްޓަކައި' ގެ ނަމުގައި ފަލަސްތީނަށް އެހީވުމަށް ހާއްސަ ހަރަކާތްތަކެއް ފަށާފައެވެ. މީގެތެރެއިން މިހަފްތާގައި، ކުރިއާއި ފަހުގެ ތިޔަބޭފުޅުންގެ މެދުގައި މަގުބޫލު ފިލްމުތައް ހިމެނޭ ގޮތަށް ހާއްސަ ފިލްމު ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމު ފެސްޓިވަލް އޮލިމްޕަސް އަދި ޝްވެކް ސިނަމާ (މާލެ، ހުޅުމާލެ) އަށް ބަހާލާފައި ވާއިރު ކުރިއަށް ދާނީ 29 އޮކްޓޫބަރުން 31 އޮކްޓޫބަރާއި ހަމައަށެވެ. ދެއްކުމަށް ހަމަޖެހިފައިވާ ފިލްމުތަކާއި ވަގުތުތައް ތިރީގައި މިވަނީއެވެ.

ފޮޓޯ: އޮލިމްޕަސް ސިނަމާ

ފޮޓޯ: ބައިސްކޯފް

ޝްވެކް ސިނަމާގައި ދައްކާ ފިލްމުތައް އޮގަނައިޒް ކުރަނީ ބައިސްކޯފުންނެވެ. މި ފިލްމު ފެސްޓިވަލްގައި ދައްކާ ފިލްމުތަކުގެ ޓިކެޓްތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ މޯލްޑިވްސް ރެޑްކްރެސެންޓް މެދުވެރިކޮށް ފަލަސްތީނަށް އެހީވުމަށެވެ. ޓިކެޓް ބުކްކުރުމަށް ޝްވެކް ސިނަމާ އަށް ނަމަ ގުޅުއްވާނީ 9758808 އަދި އޮލިމްޕަހަށް ނަމަ ގުޅުއްވާނީ 9911000 އަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.