ލައިފްސްޓައިލް
17 Mar 2024
ލައިފްސްޓައިލް
ފްލައިޓްގެ ވިންޑް ޝީލްޑް ނެއްޓި، 17000 ފޫޓު މަތިން ވިއްސައިގެން ދިޔަ ޕައިލެޓް ސަލާމަތްވި ގޮތް!
ބްރިޓިޝް އެއާވެސްގެ ފްލައިޓް 5390 އިނގިރޭސި ވިލާތުގެ ބަރމިންގހަމް އެއާޕޯޓުން ސްޕެއިންގެ މަލާގާ އެއާޕޯޓަށް ފުރީ،1990 ވަނަ އަހަރުގެ ޖޫން 10 ވަނަ ދުވަހުގެ ހެނދުނު 8:20 ގައެވެ. ބޯޓު ފުރި އިރު ބޯޓުގައި 6 ކްރޫއިންނާއި 81 ފަސިންޖަރުން ތިއްބެވެ.
15 Mar 2024
ލައިފްސްޓައިލް
އާބާދީއާ ތަރައްޤީ އެއް އިމާރާތަކަށް! މި އިމާރާތުގައި 20 ހާސް މީހުން ދިރިއުޅޭ!
މިއިމާރާތް ފަރުމާކޮށްފައި ވަނީ އިމާރާތުން ބޭރަށް ނުގޮސްވެސް އާއްމު ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް ފުއްދޭ ގޮތަށެވެ. މިގޮތުން މިއިމާރާތުގެ ތެރޭގައި ޝޮޕިން މޯލްތަކާއި، ސުޕަމާކެޓްތަކާއި، ރެސްޓޯރެންޓްތަކާއި، ކިޔަވައިދޭ ތަންތަނާއި، ބިއުޓީ ސެލޫންތަކާއި ސްޕާތައް އަދި ބާރ ވެސް ހުރެއެވެ.
14 Mar 2024
ލައިފްސްޓައިލް
ހިޖާބު ސްޓައިލްސް: ޓަރބަން އަދި ސިލްކް ސްކާފް ސްޓައިލިންގ
މި ސްޓައިލްތައް ގުޅޭނީ ކޮންކަހަލަ އޮކޭޝަންތަކަކަށްތޯ އެހުމުން، ރާޔާ ބުނީ ކެޝުއަލް، އެވްރިޑޭ ވެއަރ، އަދި އޮފީހަށް ދިއުމަށް ވެސް އަސްލު މި ސްޓައިލް ހަމަ ރީތިވާނެކަމަށެވެ. މި ސްޓައިލް ރާޔާ ގެނެސްދީފައިވަނީ ޖާޒީ މެޓީރިއަލްގެ ޝޯލަކުންނެވެ. އެހެންކަމުން، މި ސްޓައިލް ކުރުމަށް އިތުރަށް ޕިނެއް ނުވަތަ ދައްޗެއް ބޭނުމެއްނުވެއެވެ.
14 Mar 2024
ލައިފްސްޓައިލް
ބޭނުމެއް ނުކުރެވޭ އަގުބޮޑު ތަކެތި، 20 މިލިއަން ޑޮލަރުގެ ފައިވާނެއް!
ދުނިޔޭގެ އެންމެ އަގުބޮޑު ފައިވާނަކީ، މޫން ސްޓަރ ގެ ނަންދީފައިވާ ފައިވާނެކެވެ. މިފައިވާނަކީ، މިހާތަނަށް ދުނިޔޭގެ އެންމެ އަގުބޮޑު ފައިވާނަށް ވާއިރު، މިފައިވާނުގެ އަގު ޖުމުލަ 19.9 މިލިއަން ޑޮލަރަށް އަރައެވެ.
10 Mar 2024
ލައިފްސްޓައިލް
މިސް ވޯލްޑް 2024ގެ މަގާމު ޗެކް ރިޕަބްލިކްގެ ކްރިސްޓީނާ ޕިޒްކޯވާއަށް
މިސް ވޯލްޑް ހޮވަނީ ގިނަ ދާއިރާތަކަކުން ވާދަވެރިންގެ ހުނަރު ޓެސްޓު ކުރުމަށްފަހުއެވެ. އެގޮތުން ފިޓްނަސް އާއި ރީތިކަމާއި ހުނަރާއި އަދި ޕަބްލިކް ސްޕީކިންގެ ހުނަރުތައް ޓެސްޓުކޮށްފައިވެއެވެ. މި ނަތީޖާތަކަށް ބަލައި، މިސް ވޯލްޑާއި އެންމެ ކައިރިން ވާދަކުރާ 40 ނަމެއް، ހޮނިހިރު ދުވަހުގެރޭ ބޭއްވި ހަފްލާ ފެށިއިރު ވަނީ އިއުލާންކޮށްފައެވެ.
07 Mar 2024
ކުޅިވަރު
މެސީގެ ބޮޑީގާޑުގެ މުސާރަ އެނގޭތަ؟
އެމެރިކާގެ އިންޓަ މިއާމީއަށް ބަދަލުވިފަހުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ އާދައިގެ މީހެއް ނޫނެވެ. ޔާސިން ޗެއުކޯ ނަމަކަށް ކިޔާ މި މީހާއަކީ އެމެރިކާގެ ނޭވީ ސީލްއެކެވެ.
05 Mar 2024
ލައިފްސްޓައިލް
އަހަރު ތަކަކަށްފަހު މުކޭޝް އަންބާނީގެ ދަރިފުޅަށް ބޭއްވި ޕާޓީގައި ރިހާނާ ޕާފޯމްކޮށްފި
އޭޝިއާގެ އެންމެ މުއްސަނދި އަދި ބިލިއަނަރެއް ކަމުގައިވާ، މުކޭޝް އަމްބާނީގެ ފިރިހެން ދަރިފުޅު، އަނަންތު އަންބާނީގެ ކައިވެނީގެ ކުރިން ބޭއްވި ވަރުގަދަ ހަފްލާގައި ގިނަ ދުވަސްތަކަކަށްފަހު ރިހާނާ ޕާފޯމްކޮށްފިއެވެ. ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޕާޓީގައި ރިހާނާ ޕާފޯމްކޮށްފައިވަނީ 5 މިލިއަން ޕައުންޑަށެވެ.
28 Feb 2024
ލައިފްސްޓައިލް
ޗާލު: ކޮންމެ ދުވަހަކުވެސް ކޮޓޮން ޝޯލެއް އަޅާލެވިދާނެ
މި ވީޑިއޯގައި މުޅިން އައު ހިޖާބު ސްޓައިލެއް ގެނެސްދިނުމަށް ކްލެރިސާ މޯލްޑިވްސްގެ ފަރާތުން ބައިވެރިވަނީ ނިއުމާއެވެ. ނިއުމާ ގެނެސްދޭ ސްޓައިލަކީ ކޮޓޮން ޝޯލެއް ބޭނުންކޮށްގެން އާއްމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް އަޅާލެވިދާނެ ކަހަލަ ސްޓައިލެކެވެ.
15 Feb 2024
ލައިފްސްޓައިލް
ޗާލު: މޮޑެސްޓް ހިޖާބު އަޅާނެ ގޮތް
މި ސްޓައިލް ކޮންމެ ވައްތަރެއްގެ ހިޖާބު މެޓީރިއަލް އަކުން ވެސް އެޅިދާނެއެވެ. މި ވައްތަރު ސްޓައިލް ކޮށްލާނެގޮތް ވީޑިއޯގައި ވަރަށް ސާފުކޮށް ރިޒްނާ ވަނީ ކިޔައިދީފައެވެ. އަދި މި ސްޓައިލް މޮޑެސްޓްކޮށް، އިވެންޓަކަށް ނުވަތަ ފޯމަލްކޮށް އަޅާއިރު އެޑްޖަސްޓް ކުރަންވީ ގޮތާއި، އިތުރަށް ބޭނުންނަމަ، ކުޑަކުޑަ ޓްވިސްޓެއް ހިޖާބް އެޅުމުގައި ގެނެވިދާނެ ގޮތެއް ވެސް ރިޒްނާ ކިޔައިދީފައިވެއެވެ.
28 Dec 2023
ލައިފްސްޓައިލް
އެމްއޭސީއެލްގެ 2024 ކަލަންޑަރު ހާއްސަކުރީ އޯޓިޒަމް ކުދިންގެ ކުރެހުންތަކަށް
އޯޓިޒަމްކުދިންގެ ހުނަރު ދައްކުވައިދޭ ގޮތަށް ފަރުމާކޮށްގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ތައްޔާރުކޮށްފައިވާ 2024 ވަނަ އަހަރުގެ ކަލަންޑަރު މިއަދު އިފްތިތާހުކޮށްފިއެވެ.
21 Dec 2023
މުނިފޫހިފިލުވުން
އުފަން މަންމަ ހޯދުމަށް މުމްބާއީގައި
ސްވިޒަލޭންޑުގެ ރަށްވެހިކަން އޮންނަ ވިދްޔާ ފިލިޕޮންގެ މަންމަ ހޯދުމަށް އޭނާ މުމްބާއީގައި މަސައްކަތް ކުރަމުންދާތާ 10 އަހަރު ވެއްޖެއެވެ. ވިދްޔާގެ މަންމަ ހޯދުމަށް އެހީތެރިވެދޭނެ ހަމައެކަނި މައުލޫމާތަކަށް އޭނާގެ އަތުގައި މިވަގުތު އޮތީ މަންމަގެ އާއިލީ ނަމާއި، ގޭގެ އެޑްރެހެވެ.
19 Dec 2023
ލައިފްސްޓައިލް
މި އަހަރު ގޫގުލްއިން އެންމެ ގިނަ މީހުން ހޯދާފައިވަނީ ކޮން ޙަބަރުތަކެއްކަން އެނގޭތަ؟
ފާއިތުވެގެން މިދާ 2023 ވަނަ އަހަރަކީ ދުނިޔޭގެ މަޝްރަހުގައި ގިނަ ކަންތައްތަކެއް ހިނގާފައިވާ، އަދި ހިނގަމުންދާ އަހަރެކެވެ. އެގޮތުން މި އަހަރު އެންމެ ގިނަ ބަޔަކު ގޫގުލް މެދުވެރިކޮށް ހޯދާފައިވާ ހަބަރުތަކަށް ބަލާލަމާ ހިނގާށެވެ. މި މައުލޫމާތު މި ހިއްސާކުރަނީ "ގޫގުލް ޓްރެންޑްސް" ގެ ތަފާސް ހިސާބުތަކަށް ރިއާޔަތްކޮށެވެ.
17 Dec 2023
ލައިފްސްޓައިލް
ބަރުދަން ލުއި ކުރުމަށް އެންމެ މޮޅީ ޑިޓޮކްސް ފެންތަ ނޫނީ އާންމުންކޮށް ގޭގައި ބޯން ބޭނުންކުރާ ފެންތަ؟
ފެން ބުއިމުން ގިނަ ފައިދާތަކެއް ކުރާނެކަމަށް ސިއްހީ މާހިރުން ކަށަވަރުކޮށްދީފައިވާއިރު، ޑިޓޮކްސް ފެން ބުއިމަކީ މި ފައިދާތައް އިތުރުކޮށްދޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެ ފަރާތްތަކުން ބުނަމުންދާ ގޮތުގައި ޑިޓޮކްސް ފެން ބޭނުން ކުރުމުން، ހަށިގަނޑު ލުއިކޮށްދިނުން އިތުރުކޮށްދީ ހަށިގަނޑުގެ އެތެރޭގައި ހުންނަ ވިހަ މާއްދާތައްވެސް ބޭރުކޮށްދެއެވެ. އެހެންކަމުން މިކަމުގެ ހަގީގަތް ކުޑަކޮށް ބަލާލަމާ ހިނގާށެވެ.
05 Dec 2023
ލައިފްސްޓައިލް
އަނގައިން ނުބައި ވަސް ދުވާނަމަ އެކަން ހައްލުކުރާނީ ކިހިނެއް؟
ގިނަ މީހުންނަށް މިއީ އާންމު ކަމަކަށް ނުވިނަމަވެސް، އަބަދުހެން އަނގައިން ނުބައި ވަސްދުވާ މީހުން ވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ. މިކަމުގައި އޮތް އެންމެ ބޮޑު ލަދުވެތިކަމަކީ، ބައެއް މީހުންނަށް އެކަން އަމިއްލައަށް ދެނެނުގަނެވުމެވެ. ނޫންނަމަ، އެހެން މީހުން އެވާހަކަ ނުދައްކާތީ އެކަން އެހެން މީހުންނަށް ނޭންގޭނެކަމަށް ބަލައި، އެ މައްސަލައަށް ހައްލެއް ހޯދުމަށް މާ ބޮޑު ސަމާލުކަމެއް ނުދެވުމެވެ.
28 Nov 2023
މުނިފޫހިފިލުވުން
ޑާކް ރެއިން އެންޓަރޓެއިމަންޓްގެ 'ނޮވެމްބަރ' އަޅުވާނީ ޑިސެމްބަރ 04 ގައި
'ނޮވެމްބަރ' އަކީ ކޯވިޑް-19 ގެ ކުރިން ޝޫޓްކޮށް މަސައްކަތް ނިމި ނޭޅުވި ދެތިން އަހަރެއް ވެފައިވާ ފިލްމެކެވެ. ނަމަވެސް، މި ފިލްމަށް ގިނަބަޔަކު ކުރަމުން އައި އިންތިޒާރަށް ހުއްޓުމެއް ނާދެއެވެ. އެހެންކަމުން، ޑިސެމްބަރ މަހުގެ 04 ވަނަ ދުވަހު އެންމެންގެ އިންތިޒާރަށް ނިމުމެއް އަންނާނެއެވެ.
27 Nov 2023
ލައިފްސްޓައިލް
'އެނިމަލް'ގެ ޓްރެއިލަރ - ރަންބީރު ކަޕޫރު އަނެއްކާވެސް ތަފާތު ވަރުގަދަ ކެރެކްޓަރ އަކުން
ޑިސެމްބަރ 1 ވަނަ ދުވަހު ސިނަމާތަކަށް އަންނަ 'އެނިމަލް' ފިލްމުގެ ޓްރެއިލަރ އާއެކު ގިނަބަޔަކު ދަނީ މި ފިލްމުގެ މޮޅު ވާހަކަ މިހާރުވެސް ދައްކަމުންނެވެ. ރަންބީރު ކަޕޫރު މުޅިން ތަފާތު ރޯލަކުން ފެނިގެން ދާއިރު ދެން މި ފިލްމުގައި ފެނިގެންދާނީ އަނިލް ކަޕޫރާއި ބޮބީ ޑިއޯލްއެވެ. އަދި އަންހެން ތަރިއެއްގެ ގޮތުގައި ޓަމިލް ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ރަޝްމިކާ ފެނިގެންދާނެއެވެ.