Advertisement

ދުބާއީ މޯލް --

21 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

2023 ވަނަ އަހަރު އެންމެ ގިނަ މީހުން ޒިޔާރަތް ކުރި ތަނަކީ ދުބާއީ މޯލް

ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ތަނަވަސް ޤައުމުތަކުގެ ތެރޭގައި، ޔުނައިޓެޑް އެރެބް އެމިރޭޓްސް ހިމެނޭއިރު، ޔޫއޭއީގެ ދުބާއީ އަކީ ވިޔަފާރީގެ މަރުކަޒީ ރަށެކެވެ. 

18 ވަނަ ޤަރުނު ނިމުނުއިރު، މަސްވެރި ކުޑަކުޑަ އަވަށެއްގެ ގޮތުގައި އޮތް ދުބާއީ އަކީ، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ސިޓީއެވެ. އަދި ދުބާއީ އަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ފަސްތަރީގެ ހޮޓާތައް ހުރި ސިޓީގެ އިތުރުން، ދުނިޔޭގައި މިހާތަނަށް ބިނާކުރެވުނު އެންމެ އުސް އިމާރާތަކީވެސް، ދުބާއީގެ ބުރުޖު ޚަލީފާއެވެ. 

މީގެ އިތުރުން ދުބާއީގެ، ދުބާއީ މޯލްއަކީ، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޝޮޕިންގ ކޮމްޕްލެކްސްއެވެ. ނިމިދިޔަ އަހަރު މުޅި ދުނިޔެއިންވެސް އެންމެ ގިނަ މީހުން ޒިޔާރަތް ކުރި ތަނަކީ، ދުބާއީ މޯލެވެެ. 2023 ވަނަ އަހަރު ދުބާއީ މޯލްއަށް ޒިޔާރަތްކުރި މީހުންގެ އަދަދަކީ، 105 މިލިއަނެވެ. އޭގެ ކުރިން އެވްރެޖްކޮށް އަހަރަކު 54 މިލިއަން މީހުން ދުބާއީ މޯލްއަށް ޒިޔާރަތްކުރަމުން ދިޔައިރުވެސް އެއީވެސް ދުނިޔޭގެ ރެކޯޑެކެވެ.

ދުނިޔޭގައި 2023 ވަނަ އަހަރު އެންމެ ގިނަ މީހުން ޒިޔާރަތް ކުރި ތަނަކީ، ދުބާއީ މޯލްއަށް ވާއިރު، އެއަހަރު، މިސްރުގެ ގީޒާގެ ޕިރަމިޑްތަކަށް ޒިޔާރަތްކޮށްފައި ވަނީ، 14 މިިލިއަން މީހުންނެވެ. މައްކާއަށް ޒިޔާރަތްކޮށްފައި ވަނީ 13.5 މިލިއަން މީހުންނެވެ. ފްރާންސްގެ އެފިލް ޓަވަރަށް ޒިޔާރަތްކޮށްފައި ވަނީ 6.3 މިލިއަން މީހުންނެވެ.

ދުބާއީ މޯލްއަށް މިއަހަރުގެ ޖެނުއަރީ މަހާއި ފެބުރުއަރީ މަހުގައިވެސް ވަނީ، 20 މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައެވެ.

ދުބާއީ މޯލްގެ ބޮޑުމިން، 50 ފުޓުބޯޅަ ދަނޑާއި އެއްވަރަވެ. އެތެރޭގެ ތަޅުމުގައި 5.9 މިލިއަން އަކަފޫޓު ހުންނައިރު، 3.7 މިލިއަން އަކަފޫޓަކީ ވިޔަފާރިއަށް ކުއްޔަށް ދީފައިވާ ތަންތަނެވެ. ދުބާއީ މޯލްގެ އެންމެ ޚާއްޞަ ތަންތަނުގެ ތެރޭގައި، ދުބާއީ އެކުއޭރިއަމް އާއި، ފެނުއަޑީގެ ޒޫ ވާފަހަގަކޮށްލެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.