Advertisement

19 Dec 2023
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

މި އަހަރު ގޫގުލްއިން އެންމެ ގިނަ މީހުން ހޯދާފައިވަނީ ކޮން ޙަބަރުތަކެއްކަން އެނގޭތަ؟

އިންޓަނެޓަކީ މިހާރު އަހަރެމެންގެ ދިރިއުޅުމުގެ އެއްބައެވެ. މޫނިފޫހިފިލުވުމަށާއި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ހާދިސާތަކުގެ ޚަބަރުތައް ދިރާސާ ކުރުމަށާއި އަދި ކަންކަން ދަސްކުރުމަށް ވެސް މިހާރު އިންޓަނެޓަކީ އެންމެ ގާތް އެކުވެރިޔާއެވެ.

ފާއިތުވެގެން މިދާ 2023 ވަނަ އަހަރަކީ ދުނިޔޭގެ މަޝްރަހުގައި ގިނަ ކަންތައްތަކެއް ހިނގާފައިވާ، އަދި ހިނގަމުންދާ އަހަރެކެވެ. އެގޮތުން މި އަހަރު އެންމެ ގިނަ ބަޔަކު ގޫގުލް މެދުވެރިކޮށް ހޯދާފައިވާ ހަބަރުތަކަށް ބަލާލަމާ ހިނގާށެވެ. މި މައުލޫމާތު މި ހިއްސާކުރަނީ "ގޫގުލް ޓްރެންޑްސް" ގެ ތަފާސް ހިސާބުތަކަށް ރިއާޔަތްކޮށެވެ.

1.       "War in Israel and Gaza"

އިޒްރޭލުން ޣައްޒާއަށް މިހާރު ދެމުންގެންދާ ހަމަލާތަކުގެ ޙަބަރުތައް އެންމެ ގިނަ ބަޔަކު ހޯދާފައިވަނީ އޮކްޓޯބަރ 8-14 އާއި ދެމެދުއެވެ. ނަމަވެސް އޮކްޓޯބަރ ފަހުކޮޅަށް އައިއިރު މި އަދަދު ވަނީ %75 އަށް މަދުވެފައެވެ.

2023 އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަކާ ގުޅިގެން އިޒްރޭލު ސިފައިން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ. އަދި އެދުވަހުގެ ފަހުން މިއަދާއި ހަމައަށް އައިއިރު އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.

މި ގަތުލްއާންމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އަޑުއުފުލަމުންނެވެ. ނަމަވެސް އިޒްރޭލުން އަންނަނީ ހުއްޓުމެއްނެތި ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދެމުންނެވެ.

2.       "Titanic submarine"

ގޫގުލްގައި "ޓައިޓޭނިކް ސަބްމެރިން" ޖަހައިގެން މީހުން ހޯދަންފެށީ ޓައިޓޭނިކް ފެތިފައި އޮތް ސަރަހައްދު ބަލަން، ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަބްމެރިންއެއް ގެއްލިގެން އެޓްލާންޓިކް ކަނޑުގެ މެދުގައި "ސާޗް އެންޑް ރެސްކިއު" އޮޕަރޭޝަނެއް ފެށުމާއި ގުޅިގެންނެވެ. މި ސަބްމެރިން ގެއްލުނުއިރު އޭގައި 5 މީހުން ތިއްބެވެ.

މި ސަބްމެރިންގެ ބައިތައް ފަހުންވަނީ ޓައިޓޭނިކް އަޑިއަށް ދިޔަ ހިސާބުން ފެނިފައެވެ. އަދި އޭގައި ތިބި ފަސް މީހުންގެ ތެރެއިން އެކަކުވެސް ސަލާމަތްވެފައެއް ނުވެއެވެ.

މި ޙަބަރާ ގުޅޭ މަޢުލޫމާތު އެންމެ ގިނަ ބަޔަކު ހޯދާފައިވަނީ ޖޫން 18-24 އާއި ދެމެދުއެވެ.  

ގެއްލުނު ސަބްމެރިންގެ ފޮޓޯއެއް

3.       "Turkey earthquake"

މި އަހަރުގެ ފެބުރުއަރީ މަހު ތުރުކީއަށް އައި ބިންހެލުމަކީ މުޅި ދުނިޔެއަށް ސިހުން ލިބުނު ކަމެކެވެ. މި ބިންހެލުން އައިސްފައިވަނީ ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރު ކައިރިއަށެވެ. މި ބިންހެލުމުގެ ފުރަތަމަ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2،800 އަށް ވުރެން ގިނަ މީހުން މަރުވެފައިވެއެވެ. އަދި 8،000 އަށް ވުރެން ގިނަ މީހުން ޒަހަމްވެފައިވެއެވެ.

މި ޙަބަރު އެންމެ ގިނަ މީހުން ހޯދާފައިވަނީ ފެބުރުވަރީ 5-11 އާއި ދެމެދުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.