Advertisement

28 Nov 2023
މުނިފޫހިފިލުވުން

ޑާކް ރެއިން އެންޓަރޓެއިމަންޓްގެ 'ނޮވެމްބަރ' އަޅުވާނީ ޑިސެމްބަރ 04 ގައި

ދިވެހި ފިލްމް އިންޑަސްޓްރީއަށް މި އަހަރަކީ އުއްމީދީ އަހަރެކެވެ. ކޯވިޑް-19 އާ ގުޅިގެން އޮލިމްޕަސް އެތައް ދުވަހެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު އަލުން މަރާމާތަށްފަހު ހުޅުވުނީ މިއަހަރުއެވެ. އޮލިމްޕަސް ހުޅުވައިގެން އެންމެ ފުރަތަމަ ވެސް އެޅުވީ ޑާކް ރެއިން އެންޓަރޓެއިމަންޓްގެ ފިލްމެއް ކަމުގައިވާ 'ބީވީމާ' އެވެ. އަދި އަހަރު ނިންމާލަން ވެސް މިއޮތީ ހަމަ ޑާކް ރެއިން އެންޓަރޓެއިމަންޓްގެ ފިލްމަކުންނެވެ. 'ނޮވެމްބަރ' އަކީ ކޯވިޑް-19 ގެ ކުރިން ޝޫޓްކޮށް މަސައްކަތް ނިމި ނޭޅުވި ދެތިން އަހަރެއް ވެފައިވާ ފިލްމެކެވެ. ނަމަވެސް، މި ފިލްމަށް ގިނަބަޔަކު ކުރަމުން އައި އިންތިޒާރަށް ހުއްޓުމެއް ނާދެއެވެ. އެހެންކަމުން، ޑިސެމްބަރ މަހުގެ 04 ވަނަ ދުވަހު އެންމެންގެ އިންތިޒާރަށް ނިމުމެއް އަންނާނެއެވެ.

ޑާކްރެއިން އެންޓަރޓެއިމަންޓަކީ އެންމެ ފެންވަރު ރަނގަޅު ދިވެހި ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ އެއް ޕްރޮޑަކްޝަން ހައުސްއަށް ހަމަ ޔަގީނުންވެސް ވާނެއެވެ. 'ނޮވެމްބަރ' އަކީ ޑާކް ރެއިން އިން ބުނާގޮތުގައި މިހާތަނަށް އެފަރާތުން އުފައްދާ އެންމެ އަގުބޮޑު ފިލްމެވެ. އެގޮތުން ފިލްމުގެ އަގު މިލިއަނަކަށްވުރެ މައްޗަށް ގޮސްފައިވާއިރު ފިލްމުގެ ގިނަ މަންޒަރުތަކެއް ނަގާފައިވަނީ ސިންގަޕޫރުގައެވެ.

'ނޮވެމްބަރ' ފިލްމުގެ ޓީޒާ ޓްރެއިލަރ

މި ފިލްމުން ވެސް ފެނިގެންދާނީ ޑާކް ރެއިންގެ އެންމެ ހިޓް ޕެއަރ ކަމުގައިވާ ޖުމައްޔިލް އާއި މަޖޫއެވެ. ލޯބީގެ ވާހަކައަކަށް ބިނާކޮށް އުފައްދާ މި ފިލްމަކީ އޮރިޖިނަލް ސްކްރީންޕްލޭ އެއް ކަމަށާއި މި ފިލްމުން މަޖޫގެ މޮޅު އެކްޓިންގއެއް ފެނިގެން ދާނެކަމަށް ޑާކް ރެއިން އިން ބުނެއެވެ. މިހާތަނަށް ޑާކް ރެއިން އިން ގެނެސްދީފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 'އެންމެ ފަހު ވިންދާ ޖެހެންދެން'،  'ވާށޭ މަށާ އެކީ'، 'މީ ލޯތްބަކީ' ފަދަ ފިލްމުތައް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.