Advertisement

27 Nov 2023
ލައިފްސްޓައިލް

'އެނިމަލް'ގެ ޓްރެއިލަރ - ރަންބީރު ކަޕޫރު އަނެއްކާވެސް ތަފާތު ވަރުގަދަ ކެރެކްޓަރ އަކުން

ޑިސެމްބަރ 1 ވަނަ ދުވަހު ސިނަމާތަކަށް އަންނަ 'އެނިމަލް' ފިލްމުގެ ޓްރެއިލަރ އާއެކު ގިނަބަޔަކު ދަނީ މި ފިލްމުގެ މޮޅު ވާހަކަ މިހާރުވެސް ދައްކަމުންނެވެ. ރަންބީރު ކަޕޫރު މުޅިން ތަފާތު ރޯލަކުން ފެނިގެން ދާއިރު ދެން މި ފިލްމުގައި ފެނިގެންދާނީ އަނިލް ކަޕޫރާއި ބޮބީ ޑިއޯލްއެވެ. އަދި އަންހެން ތަރިއެއްގެ ގޮތުގައި ޓަމިލް ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ރަޝްމިކާ ފެނިގެންދާނެއެވެ.

ފިލްމުގެ ޓްރެއިލަރ އިން ބައްޕައާއި ދަރިއެއްގެ ވަރުގަދަ ގުޅުން ފެނިގެންދަނީ މުޅިން ތަފާތު ގޮތަކަށެވެ. އަނިޔާވެރިކަމާއި ލޭއޮހޮރުވުން އިންތިހާއަށް ބޮޑު މި ފިލްމުގެ ދިގުމިނަކީ ވެސް މިހާރު އަޅުވާ ފިލްމުތަކަށް ބަލާފައި މީހުން ހައިރާންވި ކަމެކެވެ. އެގޮތުން ފިމްލުގެ ދިގުމިން 3 ގަޑިއިރާއި 21 މިނެޓަށް އަރައެވެ. ނަމަވެސް، މި ފިލްމުގެ ޓްރެއިލަރ އަށްފަހު އެންމެންވެސް ތިބީ މި ފިލްމު ސްކްރީނުން ބަލާލުމަށް ކެތްމަދު ވެފައެވެ. އަދި ފިލްމުގެ އެޑްވާންސް ބުކިންގތައް ވެސް މިހާރު ވަނީ ވަރަށް މައްޗަށް ގޮއްސައެވެ.

'އެނިމަލް' ގެ ޓްރެއިލަރ

'އެނިމަލް' ގެ ޑައިރެކްޓަރަކީ ސަންދީޕް ރެޑީ ވެންގާއެވެ. 'އަރުޖުން ރެޑީ' އަދި އޭގެ ހިންދީ ރިމޭކް 'ކަބީރް ސިންގް' ޑައިރެކްޓް ކޮށްފައިވާ ސަންދީޕްގެ މިފަހަރުގެ ފިލްމަށް ގިނަބައެއްގެ އުއްމީދު ވަރަށް ބޮޑެވެ. 'އެނިމަލް' ވަނީ މާލޭގެ ޝްވެކް ސިނަމާގައި އެޅުވުމަށް ވެސް ހަމަޖެހިފައެވެ. އެހެންކަމުން މި ފެށޭ ޑިސެމްބަރ މަސް އަހަރެމެނާ ބައްދަލު ކުރާނީ 'އެނިމަލް' އާއެކުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.