Advertisement

ޗޮކްލެޓް ބާރތަކެއް --

20 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ދުނިޔެއިން ޗޮކްލެޓް ހުސްވެދާނެ ކަމުގެ ބިރު ބޮޑުވަނީ

މޫސުމީ ބަދަލު ތަކާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން މިހާރުވެސް ދުނިޔޭގެ ދިރުންތަކުގެ ތެރެއިން އެތައް ބާވަތެއްގެ ތަކެއްޗެއް ނެތި ހިނގައްޖެއެވެ. އޭގެ ތެރޭގައި ޖަނަވާރާއި ދޫނި ސޫފާ ސޫތްޕާއި، ގަސްގަހާއި ގެއްސާއި، އާދަކާދަތަކާއި ރެސިޕީތައްވެސް ހިމެނެއެވެ.

އިންސާނުންނަށް ޗޮކްލޭޓް ތަޢާރަފްވީ މީލާދުގެ 2000 އަހަރު ކުރިންނެވެ. އެއީ އެމޭޒަން ޖަންގަލިތަކުގައިވާ، ކޮކޯ ގަސްތަކުން ލިބޭ ކޮކޯ ބީންސްގެ އޮށްތަކުން ޗޮކްލެޓް އުފެއްދުމަށް އިންސާނުންނަށް ދަސްވި ހިސާބުންނެވެ. އެހެން ނަމަވެސް މިހާރު އަހަރެމެންނަށް މިފެންނަ ގޮތަށް ފުރަތަމަ ޗޮކްލެޓް ބަރ އެއް އުފައްދާފައި ވަނީ 1876 ގައި، ހެންރީ ނެސްލޭ ކިޔާ ކުންފުންޏަކުންނެވެ. ޗޮކްލެޓްގެ 4000 އަހަރު ވީ ދިގު ތާރީޚެއް އޮތް އިރު، މިއަދު މުޅި ދުނިޔޭގައިވެސް އެންމެ މަޤުބޫލު އެކައްޗަކީ ޗޮކްލެޓާއި ޗޮކްލެޓުން އުފައްދާ ކާބޯތަކެތީގެ ބާވަތްތަކެވެ.

އެހެން ނަމަވެސް ޗޮކްލެޓް ކޮކޯ ގަސްތައް ދުނިޔެއިން މަދުވެ ކޮކޯ ލިބުން ދަތިވަމުންދާ ވަރަކަށް، ކޮންމެ އަހަރުވެސް ދަނީ، ޗޮކްލެޓްގެ އަގުތައް މަތިވަމުންނެވެ.

ކުރިން ދުނިޔޭގަިއ އެންމެ ގިނައިން ކޮކޯ ހައްދަމުން އައި ޤައުމަކީ އިންޑޮނީޝިއާ ނަމަވެސް އެޤައުމުގައި ކޮކޯ އުފެއްދޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީހާރު ދުނިޔޭގައި އެންމެ ގިނައި ކޮކޯ އުފައްދާ ޤައުމަކީ އެފްރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ، އައިވަރީ ކޯސްޓެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ކޮކޯގެ %40 އިންސައްތަ ހިއްސާ ކުރަނީ އައިވަރީ ކޯސްޓުންނެވެ. އެ ޤައުމުން އަހަރެއްގެ މައްޗަށް ދެމިލިއަން ޓަނުގެ ކޮކޯ ބީންސް އުފައްދަައެވެ. ދެވަނަ އަށް އެންމެ ގިނައިން ކޮކޯ އުފައްދާ ޤައުމަކީ އައިވަރީ ކޯސްޓާއި އިންވެގެން އޮތް ގާނާއެވެ. ގާނާއިންވެސް އަހަރެއްގެ މައްޗަށް 8 ލައްކަ ޓަނުގެ ކޮކޯ ބީންސް އުފައްދައެވެ.

ދުނިޔޭގައި އެންމެ ގިނައިން ކޮކޯ އިފައްދާ ދެޤައުމަށް މިފާއިތުވި 3 އަހަރު ކުރިމަތިލާން ޖެހުނު މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް މިލިއަން ކޮކޯ ގަސްތަކެއް ވަނީ ހަލާކުވެފައެވެ. އަދި އަހަރުން އަހަރަށް ކޮކޯ ބީންސް ލިބޭ މިންވަރު މަދުވަމުން ދިޔުމާއި އެކު ދުނިޔޭގެ ބާޒާރުގައި ކޮންމެ އަހަރަކުވެސް ޗޮކްލެޓްގެ އަގުތައް އަންނަނީ ބޮޑުވަމުންނެވެ. 

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ދުރާލައި ފިޔަވަޅު ނޭޅިއްޖެ ނަމަ، ކޮކޯ ގަސްތައް ދުނިޔެއިން ނެތިގޮސް، 2050 ވަނަ އަހަރު އަންނައިރު، ޗޮކްލެޓަކީ ދުނިޔެއިން ނެތި ގޮސްފައިވާ އެއްޗަކަށް ވެދާނެއެވެ. އެހެންވެ މިހާރު ސައިންސްވެރިން ވިސްނަމުން ދަނީ، ޖެނެޓިކް ބަދަލުތައް ގެނެސްގެންވެސް އެހެން މާހައުލުތަކުގައި ކޮކޯގެ ގަސްތައް ހެއްދޭނެ ގޮތެކެވެ. އަންނަ އޮތް ޖީލުތަކަށް ޗޮކްލެޓްގެ ރަހަށް ލިބޭނީ، ކޮކޯ ގަސްތައް ހިމާޔަތް ކުރެވިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.