Advertisement

މޫން ސްޓަރ ޝޫޒް --

14 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ބޭނުމެއް ނުކުރެވޭ އަގުބޮޑު ތަކެތި، 20 މިލިއަން ޑޮލަރުގެ ފައިވާނެއް!

އާއްމު ދިރިއުޅުމުގައި މީހުން ބޭނުންކުރާ ފައިވާނަކީ މާ އަގުބޮޑު އެއްޗެއް ނޫނެވެ. އޭގެ ސަބަބަކީވެސް އޭގެ ދަރަޖަ އާއި ހައިބަތު ދަށްކަމެވެ. އެކަން ދަލީލުކޮށްދޭ ކަމަކީ، އަހަރެމެން ގެއަށާއި މިސްކިތަށް ނުވަތަ އަޅުކަންކުރާ ތަންތަނަށް ވަންނައިރު ފައިވާ ބޭރަށް ދޫކޮށްލާފައި ވަނުމެވެ. އެކަމުން ދޭހަކޮށްދެނީ ފައިވާނަށް އާއްމު ދިރިއުޅުމުގައި މާބޮޑު އަހައްމިއްޔަތުކަމެއް ދެވިފައި ނެތްކަމެވެ. އޭގެ ޤަދަރެއް ނެތްކަމެވެ.

އަހަރެމެން އާއްމު މީހުންނަށް ފައިވާނަކީ މާބޮޑު ލޯތްބެއް ނެތް އެއްޗެއް ނަމަވެސް ދުނިޔޭގެ ބައެއް މީހުންނަށް ފައިވާނެއް ވެފައި ވަނީ އެމީހުންގެ އެންމެ އަގުބޮޑު މުދަލަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ފައިވާނަކީ، މޫން ސްޓަރ ގެ ނަންދީފައިވާ ފައިވާނެކެވެ. މިފައިވާނަކީ، މިހާތަނަށް ދުނިޔޭގެ އެންމެ އަގުބޮޑު ފައިވާނަށް ވާއިރު، މިފައިވާނުގެ އަގު ޖުމުލަ 19.9 މިލިއަން ޑޮލަރަށް އަރައެވެ.

މޫން ސްޓަރ ޝޫޒް

މޫން ސްޓަރ ގެ ނަންދީފައިވާ މިފައިވާން ތައްޔާރު ކުރީ އިޓަލީގެ ޑިޒައިނަރެއް ކަމުގައިވާ އެންޓޯނިއޯ ވިއެޓްރީއެވެ. އޭނާ އަކީ އެންމެ ފުރަތަމަ ދުނިޔޭގައި 24 ކެރެޓްގެ ރަން ފައިވާނެއްވެސް ހެދި ފުރަތަމަ މީހާއެވެ.

މޫން ސްޓަރ ފައިވާނުގައިވާ ހީލް ހަދާފައިވަނީ ގަނޑު ރަނުންނެވެ. އަދި މި ފައިވާނުގައި 30 ކެރެޓްގެ އަލިމަހާއި، 1576 ވަނަ އަހަރު ދުނިޔެއަށް ވެއްޓުނު ގިނި ހިލައަކުން ނަގާފައިވާ މައުދަންތައްވެސް ބޭނުންކޮށްފައި ވެއެވެ.

މިފައިވާނަކީ ކިތަންމެ އަގުބޮޑު ފައިވާނެއް ނަމަވެސް މިއީ، ފައިވާނެއްގެ އަސްލު މަޤުޞަދުގައި ބޭނުން ކުރުން އެކަށީގެންވާ ފައިވާނެއް ނޫނެވެ. ސަބަބަކީ މިފަދަ އަގުބޮޑު ފައިވާނަކަށް އަރައިގެން އުޅުމަކީ އެއްވެސް މީހަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ވާކަމެވެ. އެހެންވީމާ 20 މިލިއަންޑޮލަރުގެ އަގުބޮޑު ފައިވާނަކަށް އަރާނެ މީހަކު އޮތީ ނުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.