Advertisement

05 Mar 2024
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

އަހަރު ތަކަކަށްފަހު މުކޭޝް އަންބާނީގެ ދަރިފުޅަށް ބޭއްވި ޕާޓީގައި ރިހާނާ ޕާފޯމްކޮށްފި

އޭޝިއާގެ އެންމެ މުއްސަނދި މީހާ އަދި ބިލިއަނަރެއް ކަމުގައިވާ، މުކޭޝް އަމްބާނީގެ ފިރިހެން ދަރިފުޅު، އަނަންތު އަންބާނީގެ ކައިވެނީގެ ކުރިން ބޭއްވި ވަރުގަދަ ހަފްލާގައި ގިނަ ދުވަސްތަކަކަށްފަހު ރިހާނާ ޕާފޯމްކޮށްފިއެވެ. މި ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ ގުޖުރާތު ސަރަހައްދުގައި، އަންބާނީގެ ރިޒޯޓެއްގައެވެ. 

މިއަހަރު ޖުލައި މަހު އޮންނަ މި ކައިވެނީގެ ކުރިން، ތިން ދުވަހުގެ މުއްދަތަށް ދެމިގެން ދިޔަ މި ހަފްލާގައި އިންޑިއާގެ ތަރިންގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޝަހްސިއްޔަތުން ވަނީ ބައިވެރިވެފައެވެ. ގާތްގަނޑަކަށް 1،200 އެއްހާ މީހުނަށް ދައުވަތު ދިން މި ހަފްލާގައި ބައިވެރިވި މީހުންގެ ތެރޭގައި ބިލް ގޭޓްސް، މާކް ޒުކަބާގް އަދި އިވަންކާ ޓްރަމްޕް ވެސް ހިމެނެއެވެ.

ހުކުރު ދުވަހު ރިހާނާކުރި ޕާފޯމެންސެއްގެ ތެރެއިން

ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޕާޓީގައި ރިހާނާ ޕާފޯމްކޮށްފައިވަނީ 5 މިލިއަން ޕައުންޑަށެވެ. އަދި މުޅި ހަރަކާތަށް 120 މިލިއަން ޕައުންޑު ހަރަދުކޮށްފައިވާކަމަށް ވާހަކަ ދެކެވޭއިރު، ހަފްލާގެ ކޭޓަރިން ހިދުމަތަށް އެކަނިވެސް 50 މިލިއަން ޕައުންޑު ހޭދަކުރިކަމަށް ރިޕޯޓުތައް ބުނެއެވެ.

ހުކުރު ދުވަހު ބޭއްވި ޕާޓީގައި ރިހާނާ ޝާހްރުކް ހާނާއި އެކު

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން އެނގޭ ގޮތުގައި "އަންބްރެއްލާ" އަދި "ސްޓޭ" އަށް ރިހާނާ ޕާފޯމްކޮށްފައިވެއެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން ރިހާނާގެ ފުރަތަމަ ލައިވް ޕާފޯމެންސެވެ

މިފަދަ ހަފްލާއެއް 2018 ވަނަ އަހަރު ވެސް މުކޭޝް އަންބާނީ ވަނީ ބާއްވާފައެވެ. އެއީ އޭނާގެ އަންހެން ދަރިފުޅު އިޝާ އަންބާނީގެ ކައިވެނީގެ ކުރިންނެވެ. އެ ހަފްލާގައި ލައިވްކޮށް ޕާފޯމްކޮށްފައިވަނީ ބިޔޯންސޭއެވެ

އަނަންތު އަންބާނީ އަދި އޭނާ އެންގޭޖުކޮށްފައިވާ ރަދިކާ މާޗަންޓާއެކު ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގް ނަގާފައިވާ ފޮޓޯއެއް

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.