Advertisement

14 Mar 2024
ލައިފްސްޓައިލް

ހިޖާބު ސްޓައިލްސް: ޓަރބަން އަދި ސިލްކް ސްކާފް ސްޓައިލިންގ

'ޗާލު' ޕްރޮގްރާމަކީ 'ނޫން.ޑޮޓް.އެމް.ވީ' އިން އެކްސްކުލޫސިވް ކޮށް ގެނެސްދޭ ލައިފް ސްޓައިލްސް އަށް ހާއްސަ ޕްރޮގްރާމެކެވެ.  މި ޕްރޮގްރާމްގެ ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ވީޑިއޯތައް ހާއްސަކޮށްލާފައިވަނީ އެކިއެކި މުނާސަބާތަކާއި ގުޅުވައިގެން އަމިއްލައަށް ގޭގައިވެސް ވަރަށް ރީއްޗަށް ހިޖާބު އެޅިދާނެ ސްޓައިލްތަކަކަށެވެ. މަޝްހޫރު މޭކަޕް އާޓިސްޓު ރިޒްނާ އަހުމަދު ހޮސްޓުކޮށްދޭ މި ޕްރޮގްރާމްގެ ތިންވަނަ ވީޑިއޯގައި ހިޖާބު ސްޓައިލް ގެނެސްދޭ ފަރާތަކީ ރާޔާާއެވެ.

ރާޔާއަކީ މަޝްހޫރު މޮޑެލްއެކެވެ. ސްޓައިލިސްޓެކެވެ. އަދި އިންސްޓަގްރާމް އިންފުލުއެންސާއެކެވެ. ގިނަ ފަރާތްތަކަކަށް ރާޔާ އެނގެނީ 'ޕިކުލް ޔޫ' ގެ ނަމުންނެވެ. ފުރަތަމަ ދެ ވީޑިއޯގައި ގެނެސްދީފައިވާ މޮޑެސްޓު ސްޓައިލްތަކާއި ހިލާފަށް ރާޔާ މި ގެނެސްދެނީ ތަފާތު ހިޖާބް ސްޓައިލެކެވެ. އެގޮތުން ރާޔާ ގެނެސްދީފައިވަނީ ޓަރބަން ހިޖާބް ސްޓައިލް އަދި ސިލްކް ސްކާފެއް އަޅާނެ ގޮތެވެ.

މި ސްޓައިލްތައް ގުޅޭނީ ކޮންކަހަލަ އޮކޭޝަންތަކަކަށްތޯ އެހުމުން، ރާޔާ ބުނީ ކެޝުއަލް، އެވްރިޑޭ ވެއަރ، އަދި އޮފީހަށް ދިއުމަށް ވެސް އަސްލު މި ސްޓައިލް ހަމަ ރީތިވާނެކަމަށެވެ. މި ވީޑިއޯގައި މޮޑެލްއެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ސޭމް އެވެ. ސޭމް އަކީ މޮޑެލް އެއްގެ އިތުރުން، ވަރަށް ހުނަރުވެރި އަމިއްލައަށްް ކަންތައްތައް ދަސްކޮށްގެން މަސައްކަތްކުރާ ޓްރެޑިޝަނަލް އާޓިސްޓެއް، ކްރާފްޓާއެއް އަދި އިލުސްޓްރޭޓަރ އެކެވެ.

ޓަރބަން ހިޖާބް ސްޓައިލް ރާޔާ ގެނެސްދީފައިވަނީ ޖާޒީ މެޓީރިއަލްގެ ޝޯލަކުންނެވެ. އެހެންކަމުން، މި ސްޓައިލް ކުރުމަށް އިތުރަށް ޕިނެއް ނުވަތަ ދައްޗެއް ބޭނުމެއްނުވެއެވެ. އަދި ބޭނުންނަމަ ކޮޓޮން ފަދަ މެޓީރިއަލް އަކުން ވެސް މި ސްޓައިލަށް ހިޖާބު އެޅިދާނެކަން ރާޔާ ފާހަގަ ކުރިއެވެ.

ދެވަނައަށް ގެނެސްދިން ސިލްކް ސްކާފް ސްޓައިލާ ގުޅޭގޮތުން ރާޔާ ބުނީ މިއީ ވަރަށް ސިމްޕަލް ސްޓައިލެއް ކަމަށާއި ހަމައެކަނި ދެ ގޮށް ޖަހާލައިގެން މިކަހަލަ ސްކާފް އެޅިދާނެކަމަށެވެ. ރިޒްނާ ފާހަގަ ކުރީ މިހާރު ފެޝަން އިންޑަސްޓްރީގައި މިއީ ވަރަށް މަޝްހޫރު ސްޓައިލެއްކަމަށެވެ. ރާޔާ ފާހަގަކުރީ މި ސްޓައިލް ފަހަކަށް އައިސް މަޝްހޫރުވީ 'ދަ ބަބުޝްކާ' ޓްރެންޑާއި ގުޅިގެން ކަމަށެވެ. އެއީ ރަޝިއާގައި ކުރީގެ އަންހެނުން ސްކާފް އައްސާ ސްޓައިލެކެވެ. މި ދެ ސްޓައިލަކީ ވެސް ޒުވާން އުމުރުފުރައިގެ ކުދިންނާއި ގުޅޭނެ ގޮތަށް ގެނެސްދީފައިވާ ދެ ސްޓައިލެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.