Advertisement

21 Dec 2023
މުނިފޫހިފިލުވުން

އުފަން މަންމަ ހޯދުމަށް މުމްބާއީގައި

ސްވިޒަލޭންޑުގެ ރަށްވެހިކަން އޮންނަ ވިދްޔާ ފިލިޕޮންގެ މަންމަ ހޯދުމަށް އޭނާ މުމްބާއީގައި މަސައްކަތް ކުރަމުންދާތާ 10 އަހަރު ވެއްޖެއެވެ. ވިދްޔާގެ މަންމަ ހޯދުމަށް އެހީތެރިވެދޭނެ ހަމައެކަނި މައުލޫމާތަކަށް އޭނާގެ އަތުގައި މިވަގުތު އޮތީ މަންމަގެ އާއިލީ ނަމާއި، ގޭގެ އެޑްރެހެވެ. ނަމަވެސް ވިދްޔާއަށް ލިބުނު އެޑްރެސް ހިމެނޭ ސަރަހައްދުން އެ އެޑްރެސް ނުފެނުމުން، މަންމަ ހޯދުމަށް އިތުރު މަސައްކަތްތަކެއް އޭނާއަށް ވަނީ ކުރަންޖެހިފައެވެ.

ވިދްޔާ އުފަންވެފައިވަނީ 1996 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަހުއެވެ. އޭނާ ވިހެއުމަށްފަހު، އޭނާގެ މަންމަ ވަނީ މުމްބާއީގައި ހުންނަ "މިޝަނަރީ އޮފް ޗެރިޓީ" އާ އޭނާ ހަވާލުކޮށްފައެވެ. މި ތަނަކީ ފަގީރުންނަށް އެހީތެރިވުމުގެ ގޮތުން ގިނަ ހިދުމަތްތަކެއް ދެމުންގެންދާ ތަނެކެވެ. މި ތަނުން ވިސްޔާ އެޑޮޕްޓްކޮށްފައިވަނީ ސްވިޒަލޭންޑުގެ ދެމަފިރިއެކެވެ. އެއީ 1997 ވަނަ އަހަރުއެވެ.

އުފަން މަންމަ ހޯދުމުގެ މަސައްކަތުގައި ވިދްޔާވަނީ މުމްބާއީގައި ހުންނަ "މިޝަނަރީ އޮފް ޗެރިޓީ" އަށް ގޮސް، އޭނާގެ މަންމައާ ގުޅޭ މައުލޫމާތު ހޯދުމަށް މަސައްކަތްކޮށްފައެވެ. މަންމަގެ އާއިލީ ނަމާއި، ގޭގެ އެޑްރެހަކީ އެތަނުން ލިބުނު މައުލުމާތެވެ. މަންމަ ހޯދުމުގެ މަސައްކަތް އަދި ކާމިޔާބުވެފައި ނެތަސް، ވިދްޔާ ހުރީ ކޮންމެވެސް ދުވަހަކުން އޭނާގެ އުފަން މަންމައާއި ދިމާވާނެކަމުގެ އުއްމީދުގައެވެ.

ވިދްޔާގެ މަންމަ ހޯދުމަށް އިންޑިއާގެ އެޑޮޕްޓީ ރައިޓްސް ކައުންސިލުން ވެސް އަންނަނީ އެހީތެރިވެދެމުންނެވެ. އެގޮތުން، އެތަނުގެ ޑިރެކްޓަރ އަންޖަލީ ޕަވާ ފާހަގަ ކޮށްފައިވާ ގޮތުގައި "މިޝަނަރީ އޮފް ޗެރިޓީ" އިން ދިން މައުލޫމާތުގެ އަލީގައި ވިދްޔާގެ މަންމަ ހޯދުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ ތަނުން ދިން އެޑްރެސް ހުންނަ "ދެހިސާ" ސަރަހައްދު ހިމެނޭ ސިޓީ ހަލުވިކަމާއެކު ތަރައްގީވަމުން އައުމެވެ. މިކަމުގެ ސަބަބުން އެ ހިސާބުގައި ދިރިއުޅޭ މީހުން ދަނީ އެއްތަނުން އަނެއްތަނަށް އަވަސް އަވަހަށް ބަދަލުވުމުންނެވެ.

އަންޖަލީ އިތުރަށް ބުނެފައިވާގޮތުން، "ދެހިސާ" ދަރަހައްދުގައި އުޅޭ މީހުންގެ އެހީތެރިކަމާއެކު ވިދްޔާގެ މަންމަ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އަދި ވިދްޔާގެ މަންމަ ހޯދުމަށް އެ ސަރަހައްދުގައި މަސައްކަތް ކުރަނީ އާއިލީ ނަން "ކަމްބްލީ" ބޭނުންކޮށްގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.